މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
24 Aug 2026 | 13:08
ޑޮލަރުން މުސާރަދިނުން ހުއްޓުވައި، ހުރިހާ މުޢާމަލާތެއް ރުފިޔާއިން ކުރާގޮތް ހަދަނީ

ރާއްޖޭގެ އެތެރޭގައި ޑޮލަރުން މުސާރަ ދިނުމާއި ޚިދުމަތްތަކަށް ޑޮލަރުން އަގު ނެގުން ހުއްޓުވައި 2030 ވަނަ އަހަރާ ހަމައަށް އެންމެހައި މުއާމަލާތްތައް ދިވެހި ރުފިޔާއިން ހިންގާ ނިޒާމަކަށް ބަދަލުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަމާޒެއް ކަމަށް ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.

ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލައާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު ވިދާޅުވީ، ރާއްޖޭގެ އެތެރޭގެ މާކެޓުގައި ބޭރު ފައިސާ ބޭނުންކުރާ ނިސްބަތް ހުރީ %40 އިން މަތީގައި ކަމަށެވެ. އަދި އެމްއެމްއޭގެ ތަސައްވަރަކީ، ދިވެހި ރުފިޔާގެ ޑިމާންޑް އިތުރުކޮށް، ދިވެހި ރުފިޔާ އަށް ރާއްޖޭގެ އެތެރޭގެ ހުރިހާ މުއާމަލާތެއް ބަދަލުވުން ކަމަށެވެ.

"މުސާރަތައް ވެސް މިހާރު މިސާލަކަށް މި ދެނީ ޓީއެމްއޭ އަށް ބެލި ނަމަވެސް ރިސޯޓުތަކަށް ބެލި ނަމަވެސް ޑޮލަރުން. އެހެންވީމާ ޑޮލަރުން މުސާރަ ދިނުމުގެ ކަންތަކަށް ވެސް ބަދަލެއް އަންނަން ޖެހޭނެ. އޭރުން ދިވެހި ރުފިޔާ އަށް އޮންނަ ޑިމާންޑު އިތުރުވެގެން ދާނީ،" 

ގަވަރުނަރު އަޙްމަދު މުނައްވަރު

ގަވަރުނަރު އަޙްމަދު މުނައްވަރު

މުނައްވަރު ވިދާޅުވީ 40 ނުވަތަ 50 އަހަރު ދެމިގެން އައި ނިޒާމަކަށް ގެންނަ މި ފެންވަރުގެ ބަދަލެއް ކުއްލިއަކަށް ތަންފީޒު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ދުރު ރާސްތާ ތަސައްވުރެއްގެ ގޮތުން 2030 އާ ހިސާބަށް ދާއިރު ރާއްޖޭގެ އެތެރޭގެ މުޢާމަލާތްތައް ފުރިހަމައަށް ރުފިޔާއަށް ބަދަލުވެ ނިމެންވާނެ ކަމަށް ވިދާޅުވިއެވެ.

"އެމްއެމްއޭގެ ވިޒަން އަކީ 2030 ހާ ހަމައަށް މި ބަދަލުތައް ގެނެވިގެން ދިޔުން." 

ގަވަރުނަރު އަޙްމަދު މުނައްވަރު

މި ބަދަލުގެ ދާއިރާ ވަރަށް ފުޅާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިން އެއާޕޯޓުތަކަށާއި ސަރުކާރަށް ކުލީގެ ގޮތުގައި ދައްކާ ޑޮލަރު ފައިސާގެ އިތުރުން ރިސޯޓުތަކާއި އަމިއްލަ ކުންފުނިތަކުން މުވައްޒަފުންނަށް ޑޮލަރުން ދެމުން އަންނަ މުސާރަތައް ވެސް ރުފިޔާއަށް ބަދަލުކުރަން ޖެހޭނެއެވެ. މި ބަދަލުތައް ނުގެނެސް ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރުކުރެވެން ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް
ާއަހްމަދު
ކިހިނެއް ވެފަތަ މިތިބެނީ . ޑޮލަރަރުން މުއަަާމަލާތް ކިރަނީ ބޭރުގެ ކަންކަމުގައޭ
24 Aug 2026
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.