އެމްއެމްއޭ
ހަބަރު
24 Aug 2026 | 17:30
ބޭރުފައިސާ ގަނެވިއްކުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކުރަނީ

ބޭރުފައިސާ ލިބުން ދަތިވެފައިވާ މައްސަލަ ހައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ބޭރުފައިސާ ގަނެވިއްކުމުގެ އުސޫލްތައް އިތުރަށް ހަރުދަނާކުރުމަށް ނިންމަވާފައިވާކަމަށް މަރުކަޒީ ބޭންކްގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަނީ ޗޭންޖަރުންގެ ދައުރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގަވަރުނަރު ވަނީ ބޭރުފައިސާ ގަނެވިއްކުމުގެ ދާއިރާއަށް ގެނައުމަށް ތައްޔާރުވަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން ދިވެހިރާއްޖޭގައި ބޭރު ފައިސާ މާރުކުރާ ނުވަތަ މަނީ ޗޭންޖަރުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އެ ޚިދުމަތް ދިނުމުގެ ގަވާއިދުތަކަށް ބޮޑެތި އިސްލާޙުތަކެއް ގެނައުމަށް ނިންމަވާފައިވާކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މީގެ އަހަރުތަކެއް ކުރިން ބޭރިފައިސާ ގަނެވިއްކާ ފަރާތްތަކުގެ ލިސްޓް 400 ގައި އުޅުނު ނަމަވެސް، ބޭރުފައިސާ ގަނެވިއްކުމުގެ އުސޫލަށް ގެންނަންފެށި އިސްލާހުތަކާއެކު މިހާރު އެ އަދަދު ވަނީ ވަރަށްބޮޑަށް މަދުވެފައެވެ. ގަވަރުނަރު މުނައްވަރު ވިދާޅުވީ، ރާއްޖޭގައި ހިންގަމުންދިޔަ މަނީ ޗޭންޖަރުންގެ އަދަދު މިހާރު 58 އަށް މަދުކުރެވިފައިވާކަމަށެވެ.

މަނީ ޗޭންޖަރުންގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ގެންނަ ބަދަލުތަކުގެ ތެރޭގައި، މަނީ ޗޭންޖިންގ ވިޔަފާރިއަކީ ސީދާ ފައިނޭންޝަލް ސާވިސްއެއްގެ ގޮތުގައި ހިންގުމަށް މަގުފަހިކުރުން ހިމެނޭ. މިގޮތުން މި ހަފުތާގެ ތެރޭގައި ބޯޑާއެކު މަޝްވަރާކޮށް، ގަވާއިދު އިސްލާޙުކުރުމަށް ވަނީ ހަމަޖެހިފައި

ގަވަރުނަރު މުނައްވަރު

ގަވަރުނަރު ވިދާޅުވީ، އަލަށް ގެންނަ އިސްލާޙުތަކުގެ ތެރޭގައި، މި ވިޔަފާރި ކުރާ ފަރާތްތަކުގެ ކެޕިޓަލް (ރައުސްމާލު) އިތުރުކުރުމާއި، އެ ފަރާތްތަކުގެ ޑިޕޮސިޓްތައް ރައްކާތެރިކޮށް (ސެކިއުއަރ) ދެމެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށެވެ. މީގެއިތުރުން، އެ ފަރާތްތަކުގެ މާލީ ހަރަކާތްތައް އިތުރަށް މޮނިޓަރކޮށް، ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ބައިނަލްއަޤްވާމީ ދުނިޔޭގެ މާލީ ބާޒާރަށް އަންނަމުންދާ އާ ހާލަތްތަކާ ގުޅިގެން، ރާއްޖޭގެ މާލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކަމާބެހޭ އިދާރާތަކުން ކުރިއަށްގެންދާ ތަޙުޤީޤުތަކާއި ފިޔަވަޅުތައް ސަރުކާރުން ވަރަށް ސާފުކޮށް އަދި ހަރުދަނާކަމާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަންދޭކަމަށްވެސް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.