އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިޔަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ.
2026 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާ މި ޚާއްޞަ ޕްރޮމޯޝަންގެ ދަށުން ފާތުމަތު އަޒުމާއަކީ މި އަގުހުރި އިނާމު ކާމިޔާބުކުރި ހަތަރުވަނަ ކަސްޓަމަރެވެ.
މި ޕްރޮމޯޝަނަކީ ޑިސެމްބަރު 20، 2025 ގައި ފެށިގެން، 2026 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަނެކެވެ. ކޮންމެ ދެ މަހަކުން އެއްފަހަރު ބާއްވާ ގުރުއަތުލުމުން، ކޮންމެ ފަހަރަކު ވެސް އެއް ނަސީބުވެރި ކަސްޓަމަރަކަށް އޭޓީވީއެއް ލިބިގެންދެއެވެ. އެހެންކަމުން، މި ޕްރޮމޯޝަންގެ ދަށުން އަދި އިތުރު ދެ އޭޓީވީ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ކެމްޕޭނަކީ ކަސްޓަމަރުން ދުވަހުން ދުވަހަށް ބޭނުންކުރާ އުރީދޫގެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ގުރުއަތުލުމުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ މޮބައިލް (ޕްރިޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަނެޓް، ފަސޭހަ، ނުވަތަ 5ޖީ އެއާ ފައިބާ ފަދަ ޚިދުމަތްތައް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް ލިބެއެވެ. މީގެ އިތުރުން މި ޕްރޮމޯޝަން ފަރުމާކޮށްފައިވަނީ މިހާރު އުރީދޫގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ އިތުރުން އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ.
ގުރުއަތުގައި ބައިވެރިވުމުގެ ޝަރުތަކީ، ގުރުއަތުލުމުގެ ކުރިން ފާއިތުވާ 60 ދުވަހުގެ ތެރޭގައި މަހަކު މަދުވެގެން 400 ރުފިޔާ އުރީދޫގެ ޚިދުމަތްތަކަށް ޚަރަދުކޮށްފައިވުމާއި، ގުރުއަތުލާ ދުވަހާ ހަމައަށް އެ ކަސްޓަމަރެއްގެ ޚިދުމަތް މެދުކެނޑުމެއްނެތި އެކްޓިވްކޮށް ބެހެއްޓުމެވެ.
އުރީދޫން މަޢުލޫމާތު ދޭ ގޮތުގައި، ކުރީގެ ގުރުއަތުތަކުން އޭޓީވީ ކާމިޔާބުކޮށްފައިވާ ފަރާތްތަކަށް ވެސް މި ޕްރޮމޯޝަންގެ އެންމެ ފަހު އިނާމު ނުވަތަ 'ގްރޭންޑް ޕްރައިޒް' (6 ވަނަ ގުރުއަތު) ގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.
މިފަދަ ހަރަކާތްތަކުގެ ތެރެއިން، އުރީދޫ މޯލްޑިވްސްއިން ދަނީ ކަސްޓަމަރުން އެ ކުންފުންޏަށް ކުރާ އިތުބާރާއި ދޭ ލޯތްބަށް ޝުކުރު އަދާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް އިތުރު އުފާވެރިކަމާއި ފައިދާ ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists