އަލްޖީރިއާގެ ރައީސް-
ދުނިޔެ
11 Sep 2026 | 11:13
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.

އަލްޖީރިއާގެ ފޮރިން މިނިސްޓްރީން ބުނީ ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހު ވެސް ޔޫއޭއީގެ އަމަލުތައް ބަލައިނުގަނެވޭ މިންވަރަށް ގޮސްފައިވާ ކަމަށާއި، ދެޤައުމުގެ ގުޅުން ދެމެހެއްޓުމަށް ކުރި ހުރިހާ މަސައްކަތެއް މިހާރު ނާކާމިޔާބުވެފައިވާ ކަމަށެވެ.

މި ނިންމުމާ ގުޅިގެން ޔޫއޭއީގެ ސަފީރު ޚާރިޖިއްޔާއަށް ހާޒިރުކޮށް، 48 ގަޑިއިރުގެ ތެރޭގައި ޤައުމުން ފޭބުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން، އަލްޖީރިއާގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ އެޤައުމުގެ އެންނަހާރު ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހުން ފެށިގެން ޔޫއޭއީގެ ހުރިހާ މަދަނީ އަދި އަސްކަރީ މަތިންދާބޯޓުތަކަށް އަލްޖީރިއާގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. ނަމަވެސް، މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާ ދުވަހުގެ ނިޔަލަށް، ޔޫއޭއީގެ ވިޔަފާރި ފްލައިޓުތައް އަލްޖިއާސްއަށް ދަތުރުކުރުމަށް ވަނީ އިސްތިސްނާ ދީފައެވެ.

މި ނިންމުމާ ގުޅިގެން ޔޫއޭއީގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލްޖީރިއާގެ މި ނިންމުމަކީ "ވަގުތީ" ނިންމުމަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ޔޫއޭއީގައި ދިރިއުޅޭ އަލްޖީރިއާގެ ރައްޔިތުންނާއި ދެޤައުމުގެ ދެމެދުގައިވާ އަޚުވަންތަ ގުޅުން އަގުވަޒަންކުރާ ކަމަށްވެސް ބުނެފައިވެއެވެ.

ޔޫއޭއީގެ ރައީސްގެ ޑިޕްލޮމެޓިކް އެޑްވައިޒަރު އަންވަރު ގަރްގާޝް ސޯޝަލް މީޑިއާގައި ވިދާޅުވީ، ޚާރިޖީ ގުޅުންތައް ބިނާވާންވާނީ "ހައްލުކުރަން އުނދަގޫ އިޝާރާތްތަކެއްގެ" މައްޗަށް ނޫން ކަމަށާއި، ބުއްދި އިސްކުރުމާއި މުވާސަލާތު ކުރުމުގެ މައްޗަށް ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި ދެޤައުމުގެ ގުޅުން ވަރަށް ބޮޑަށް ވަނީ ގޯސްވެފައެވެ. މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އިސްރާއީލާ ގުޅުން ޤާއިމުކުރުމާ އަލްޖީރިއާއިން ދެކޮޅުހަދަމުންދަނިކޮށް، 2020 ވަނަ އަހަރު ޔޫއޭއީ އާއި އަލްޖީރިއާގެ ވާދަވެރި މޮރޮކޯއިން އިސްރާއީލާއެކު ގުޅުން ޤާއިމުކުރުން ހިމެނެއެވެ. އަދި ހުޅަނގު ސަހަރާގެ މައްސަލައިގައި ޔޫއޭއީން މޮރޮކޯއަށް ތާއީދުކުރާއިރު، އަލްޖީރިއާއިން ތާއީދުކުރަނީ މިނިވަންކަމަށް މަސައްކަތްކުރާ ޕޮލިސާރިއޯ ފްރަންޓަށެވެ.

އަލްޖީރިއާގެ ރައީސް އަބްދުލްމަޖީދު ތެބޫން ވަނީ ޔޫއޭއީއަކީ ސަރަހައްދުގެ ހަމަޖެހުން ނަގާލަން އުޅޭ ޤައުމެއްގެ ގޮތުގައި ތަކުރާރުކޮށް ސިފަކުރައްވާފައެވެ. އަދި އެޤައުމުން ފައިއަޅާ ކޮންމެ ތަނެއްގައި ލޭއޮހޮރުވުން ހިނގާ ކަމަށާއި، އަރަބި ދުނިޔޭގެ ބައިބައިވުން ބޮޑުވެދާނެތީ މީގެ ކުރިން ގުޅުން ކަނޑާނުލައި މަޑުކުރީ ކަމަށްވެސް ރައީސް ތެބޫން މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
11 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.
11 Sep 2026
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން ފަށައިފި
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ.
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.