ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ކުޑަހުވަދުއަށް ޝެޑިއުލް ދަތުރުތައް ފަށަން ނިންމައިފި އެވެ.
ކުޑަހުވަދޫގައި އޮންނަ ދާލު އެއާޕޯޓަކީ އަމިއްލަ ކުންފުންޏެއްގެ އެއާޕޯޓެކެވެ. އެ އެއާޕޯޓަށް އުދުހެނީ އެއާޕޯޓް ހިންގާ އަމިއްލަ އެއާލައިނެއް ކަމަށްވާ މަންތާ އިންނެވެ. ނަމަވެސް މަންތާގެ ދަތުރުތައް މިހާރު ވަނީ މަދުކޮށްފަ އެވެ. އަދި މުޅި އޮޕަރޭޝަން ހުއްޓުމަކަށް ގެނެސް އެ އެއާލައިން ހުއްޓާލަން ނިންމާފައިވާ ކަމަށް ވެ އެވެ.
ކުޑަހުވަދޫ ކައުންސިލުން ބުނި ގޮތުގައި ގައުމީ އެއާލައިންގެ ދަތުރުތައް ވަރަށް އަވަހަށް ފަަށާނެކަން މަތާއިން ވަނީ ކައުންސިލަށް އަންގާފަ އެވެ. މިއީ މަންތާއާ މޯލްޑިވިއަން ދެމެދު ވެވުނު އެއްބަަސްވުމެއްގެ ދަށުން ފެށޭ ދަތުރުތަކެކެވެ.
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަން އަންގާފައިވާ ކަމަށެވެ.
މޯލްޑިވިއަނުން ވެސް ވަނީ އެ އެއާލައިންގެ އޮޕަރޭޝަންތަކާއި ގުޅޭގޮތުން ތަފްސީލު ހާމަކޮށްފަ އެވެ. އެ ކުންފުނިން މިރޭ ބުނީ މި މަހުގެ 17 ވަނަ ދުވަހު ކުޑަހުވަދޫ ދަތުރުތައް ފަށާނެ ކަމަށެވެ. ޕްރޮމޯޝަނަލް ފެއާގައި 1,111ރ އަށް ޓިކެޓް ލިބޭނެ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists