މެންބަރު ސައީދު އިސްގާޒީ ހައިލަމަށް ފާޑުވިދާޅުވެއްޖެ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށްގެންދަވާ ގޮތާއި ގުޅިގެން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމަށް، މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެއެވެ.
ވޮއިސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ސައީދު ވިދާޅުވީ ދައުލަތުގެ ފަރާތުން ދެއްކެވި ބައެއް ވާހަކަތަކުގައި މަދުވާ ޕޮއިންޓްތަކަށް ރައީސް ޔާމީންގެ ވަކީލުން ރައްދު ދެއްވަމުން ދިޔައިރުވެސް، އެކަމަށް އިސްގާޒީ ހައިލަމް ސަމާލުކަމެއް ދެއްވާފައިނުވާކަމަށެވެ.
"ގާނޫނީ ގޮތުން ފުންނާބުއުސް ބޭފުޅުން ވިދާޅުވާ ގޮތުގައި ޕްރޮސެކިއުޓް ކުރުމުގެ ފަންނު ގާޒީ ބޮޑަށް އެކްސަސައިޒް ކުރެއްވި ތަން ފެނިގެންދިޔަކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިގެންދަނީ" އެބޭފުޅާ ވިދާޅުވިއެވެ.
ސައީދު އިތުރަށް ވަނީ ރައީސް ޔާމީންގެ ޝަރީއަތް އެންމެ ގާޒީއަކު ބައްލަވަމުން ގެންދަވާތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މެންބަރު ސައީދު ވިދާޅުވީ މިފަދަ ހައްސާސް މައްްސަލައަކީ އެންމެ ގާޒީއަކު އިނދެގެން ބެލުމަށް އެކަށީގެންވާ މައްސަލައެއްތޯ ސުވާލުއުފެދޭ ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists