16 Sep 2018 | 18:09
ީޕީއެމްގެ ބޮޑު ޖަލްސާ އަންގާރަ ދުވަހަށް ފަސްކޮށްފި

ސަރުކާރުގެ މައި ޕާޓީ ޕީޕީއެމް އިން އަސްލު ސައިޒު ދައްކާލުމަށް ބާއްވާ ބޮޑު ޖަލްސާ ފަސްކޮށްފި އެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، މާދަމާރެޔަށް ތައްޔާރުވަމުން ދިޔަ ޖަލްސާ ފަސްކުރަންޖެހުނީ، އަތޮޅުތަކުން އަންނަން ބޭނުންވާ ސަޕޯޓަރުންގެ އަދަދު ގިނަކަމުން، ދަތުރުފަތުރުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ދަތިތަކެއް ދިމާވި ނަމަވެސް އެބޭފުޅުންނާ އެކީގައި ނޫނީ އެ ޖަލްސާ ބާއްވަން ޕީޕީއެމް އިން ހިތްހަމަ ނުޖެހޭތީ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީނަށް އޮތް ތާއީދު ދައްކާލުމަށް އެބޭފުޅުން ނުހަނު ބޭނުންވާކަމަށާއި، އެހެންކަމުން 18 ވާ އަންގާރަ ދުވަހުގެ ރެޔަށް ޖަލްސާ ފަސްކޮށްފައިވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ފަސްކުރަން ޖެހުމުން ރައްޔިތުންގެ އަރިހުން ވަރަށް ބޮޑަށް މައާފަށް އެދޭކަމަށެވެ.

ޕީޕީއެމްގެ ބޮޑު ޖަލްސާއަށް މީހުން ގެންނަނީ ލާރި ދީގެން ނޫން ކަމަށާއި، އަތޮޅުތަކުގައި ދިރިއުޅުއްވާ ސަޕޯޓަރުން ޖަލްސާއަށް ވަޑައިގަންނަވަނީ އަމިއްލަ ޚަރަދުގައި އަމިއްލައަށް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަފާނެ ކަމަށާއި، އެހެންނަ ނަމަވެސް ޕީޕީއެމްގެ ބޮޑު ޖަލްސާއަކީ އަތޮޅުތަކުން މީހުން ގެންނަކަން އާއްމުކޮށް އިއުލާންކޮށްގެން ބާއްވާ ޖަލްސާއެއް ކަމަށެވެ. އަދި މީޑީއާގެ ކުރިމަތީގައި، އަތޮޅުތަކުން ވަޑައިގަންނަވާ ބޭފުޅުންނަށް މަރުޚަބާ ދެންނެވުމަށްޓަކައި ލަފާ ގަޑީގައި ޕީޕީއެމެގް ޓީމުތައް ދާނެ ކަމަށާއި، އެ މަންޒަރުތައް ލައިވްވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jul 2026
ހަމަދު ސްކޫލްގެ ހިދުމަތްތެރި ޓީޗަރު، ސަތީޝްގެ ކުއްލި މަރު: ސްކޫލާއި ދަރިވަރުންނަށް ބޮޑު ހިތާމައެއް
ސަތީޝް އަކީ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެކެވެ
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ
04 Jul 2026
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ