N/A
N/A
ހަބަރު 11 Aug 2019 | 23:40

ޤިބްލަ ޢުމްރާ ކުންފުނީގެ އެޑްވައިޒަރަކަށް ޑރ ޝަހީމް

ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ޙިދުމަތްދޭ ޤިބްލަ ޙައްޖު އެންޑް ޢުމްރާ ކުންފުނީގެ އެޑްވައިޒަރަކަށް ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސައިފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޤިބްލަ ޢުމްރާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޔާމިން އިދްރީސް ވިދާޅުވީ ޑރ ޝަހީމް ކުންފުނީގެ އެޑްވައިޒަރަކަށް ހަމަޖެއްސީ ޑރ ޝަހީމްއަކީ ޙައްޖާއި ޢުމްރާގެ ކަންކަމުގެ ޢިލްމާއި ތަޖުރިބާ ހުންނެވި ބޭފުޅަކަށް ވުމުން ކަމަށާއި ކުރިއަށް އޮތްތަނުގައި ކުންފުނީގެ ފަރާތުން ޢުމްރާވެރިންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރުމަށް ޑރ ޝަހީމްގެ އިރުޝާދާއި ލަފާ ލިބިގެންދާނެ ކަމަށެވެ.

"ޑރ ޝަހީމްއަކީ ޙައްޖާއި ޢުމްރާގެ ކަންކަމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާ ތަޖުރިބާތަކެއް ލިބިފައިވާ ފަރާތެއް. އަޅުގަނޑު ޔަޤީންކަންދެން ޑރ ޝަހީމްގެ އިރުޝާދުގެ ދަށުން މިކުންފުންޏަކީ ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅު ޢުމްރާގެ ޚިދުމަތްދޭ ކުންފުނި ކަމުގައި ވެގެންދާނެ ކަމަށް" ޔާމިން ވިދާޅުވިއެވެ.

ޑރ މުހައްމަދު ޝަހީމް އަލީ ސައީދަކީ އޯއައިސީގެ ސެކްރެޓްރީ ޖެނަރަލްގެ ޔޫސު ބިން އަހުމަދު އަލް އޮތައިމީންގެ ހާއްސަ އެޑްވައިޒަރެވެ. އަދި ދާދިފަހުން އެމަނިކުފާނުވަނީ އޯއައިސީގެ ފިކުރީ ގޮފީގެ އިސްވެރިޔާގެ މަޤާމަށްވެސް އައްޔަން ކުރައްވާފައެވެ. ޑރ ޝަހީމްވަނީ ކުރީގެ ރައީސުން ކަމުގައިވާ ޑރ ވަހީދާއި އަބްދުﷲ ޔާމިންގެ ކެބިނެޓްގައި އިސްލާމިކް މިނިސްޓަރުގެ މަޤާމު ފުރުއްވާފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އުފައްދަވާ އެޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ކަމާއި ޗާންސެލަރ ކަންވެސްވަނީ ކުރައްވާފައެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަކީ ޑރ ޝަހީމްގެ މިނިސްޓަރ ކަމުގައި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން އުފެއްދެވި ކުންފުންޏެކެވެ. ޑރ ޝަހީމްވަނީ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރސް އަދި ޕީއެޗްޑީ ފުރިހަމަ ކުރައްވާފައެވެ.

ޤިބްލަ ޙައްޖު އެންޑް ޢުމްރާ ކުންފުންޏަކީ ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހުއްދަ ދީފައިވާ ޖަމާއަތެކެވެ. މިޖަމާޢަތުގެ ފަރާތުން މިއަހަރުގެ ޑިސެމްބަރ މަހު ޢުމްރާއަށް ދާން ބޭނުން ފަރާތްތަކަށް މިހާރުވަނީ އެފުރުޞަތު ހުޅުވާލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުލް ކޮންޓެއިނަރު ކާގޯ ކްލިއަރެންސްގެ ޚިދުމަތް ތިލަފުށީގައި ފަށައިފި
27 Oct 2026 ހަބަރު

ފުލް ކޮންޓެއިނަރު ކާގޯ ކްލިއަރެންސްގެ ޚިދުމަތް ތިލަފުށީގައި ފަށައިފި

ތިލަފުށީގައި މި ޚިދުމަތް ފަށާފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ހަދާފައިވާ 100 މީޓަރުގެ ކީ ވޯލްގެ ސަރަހައްދުގައެވެ

ޓެކްސް އެޕީލް ޓްރިބިއުނަލްގެ މިދިޔަ އަހަރުގެ ހަރަދުތަކުގައި މައްސަލައެއް ނެތް: އޮޑިޓް
27 Oct 2026 ހަބަރު

ޓެކްސް އެޕީލް ޓްރިބިއުނަލްގެ މިދިޔަ އަހަރުގެ ހަރަދުތަކުގައި މައްސަލައެއް ނެތް: އޮޑިޓް

ޓެކްސް އެޕީލް ޓްރިބިއުނަލަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރަށް 13.4 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްދީފައެވެ. މީގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 12.03 މިލިއަން ރުފިޔާ ހޭދަވިއިރު، ކެޕިޓަލް ހަރަދަކީ 342،791 ރުފިޔާއެވެ.

ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަށް ބަނޑޭރިކޮށި ތަރައްގީ ކުރަނީ
27 Oct 2026 ހަބަރު

ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަށް ބަނޑޭރިކޮށި ތަރައްގީ ކުރަނީ

ފުރަތަމަ ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ބަނޑޭރިކޮށި 1 ތަރައްޤީ ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ.

ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި
27 Oct 2026 ހަބަރު

ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

އެމްއެމްބީސީ އިން ބުނީ ނޫސްމަޖައްލާތަން ރީ ރަޖިސްޓްރީކުރަން ދިން މުއްދަތު އަންނަ އަހަރުގެ ޖެނުއަރީމަހުގެ 28 ވަނަ ދުވަހަށް އިތުރުކޮށްފައިވާކަމަށެވެ. މި ބަދަލާ ގުޅިގެން، ނޫސްތައް ރީ ރަޖިސްޓްރީކުރަން ދިން މުހުލަތު ހަމަވާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުގެރޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ބާރަށުގައި ފުރަތަމަ ފަހަރަށް ބަނދަރެއް ހަދަނީ، ޖެޓީވެސް ތަރައްގީ ކުރާނެ
27 Oct 2026 ހަބަރު

ބާރަށުގައި ފުރަތަމަ ފަހަރަށް ބަނދަރެއް ހަދަނީ، ޖެޓީވެސް ތަރައްގީ ކުރާނެ

މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.

ތިލަމާލެ ބްރިޖުގެ %80 ނިމި، ވިލިމާލެއިން ގުޅީފަޅަށް މިމަހު ގުޅާލަނީ
27 Oct 2026 ހަބަރު

ތިލަމާލެ ބްރިޖުގެ %80 ނިމި، ވިލިމާލެއިން ގުޅީފަޅަށް މިމަހު ގުޅާލަނީ

އެ ވުޒާރާއިން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު، ތިލަމާލެ ބްރިޖް މަޝްރޫޢުގެ އެންމެ މުހިންމު އެއް މަރުޙަލާ ކަމުގައިވާ ވިލިމާލެއާއި ގުޅީފަޅު ގުޅުވައިލާ ބްރިޖުގެ ބައިގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ
27 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢާ ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

ޕާޓީގެ 60 އަށް ވުރެ ގިނަ މެންބަރުން އެދިވަޑައިގެންނެވި މި މުހިންމު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 20:30 ގައެވެ.

ބްރެޒިލްގެ އައު ރައީސް ލުލާއަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި
27 Oct 2026 ހަބަރު

ބްރެޒިލްގެ އައު ރައީސް ލުލާއަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބްރެޒިލްގެ ރައީސަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ އަދާކުރައްވާފައިވެއެވެ. އަދި އިންތިޚާބުގައި ލިބުނު މި ބޮޑު ކާމިޔާބީއަކީ ބްރެޒިލްގެ ރައްޔިތުންގެ ހިތްތަކުގައި އެމަނިކުފާނުގެ ޒައާމަތަށް އޮތް އިތުބާރާއި ޔަގީންކަން ހާމަކޮށްދޭ ކަމެއްކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.