18 Aug 2019 | 17:48
މި ސަރުކާރަށް ބަޖެޓްގެ ދައްޗެއް ދިމާނުވޭ: ނިޔާޒު

މި ސަރުކާރަށް ބަޖެޓްގެ ދައްޗެއް ދިމާވެފައި ނުވާކަމަށް ހުުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

މެންބަރު ނިޔާޒު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ސަރުކާރަށް ބަޖެޓްގެ ދައްޗެއް ދިމާވެފައިނުވާ ކަމަށާއި ފާއިތުވި ދުވަސްތަކުގައި ގިނަ އަދަދަކަށް ބޭރުގެ ފަރާތްތަކުގެ ކިބައިން އެހީތައް ލިބިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމުގައި ހުރީ އެ ފައިސާތައްވެސް ބަޖެޓްގައި ހިމެނުންކަމަށް ނިޔާޒް ވިދާޅުވިއެވެ.

މިހާތަަނަށް ސަރުކާރުން ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލްތަކަށް ބައްލަވާލައްވަމުން ނިޔާޒް ވިދާޅުވީ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ކަނޑައަޅާފައިވާ ހަތް ބިލިޔަން ރުފިޔާގެ ތެރެއިން މިހާތަނަށް ބޭނުންކުރެވިފައިވަނީ އެކެއް ޕޮއިންޓު ފަހެއް ބިލިޔަން ރުފިޔާ އެކަނިކަމަށެވެ.

އަދި ބާކީ ހުރި ފައިސާތައް ޚަަރަދުކުރާނީވެސް ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށްވެސް ފާހަަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ނަތަންޔާހޫ ތަޤުރީރު ފެށުމުން ޔޫއޭއީގެ ވަފުދު މަޑުކުރި
އދ. ގެ ޢާންމު މަޖިލީހުގައި އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމާއެކު، ދުނިޔޭގެ 70 އަށްވުރެ ގިނަ ޤައުމެއްގެ ވަފުދުތަކުން ހޯލު ދޫކޮށް ނުކުމެ އިހުތިޖާޖުކުރި ނަމަވެސް، މި ދަނޑިވަޅުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވަފުދު ހޯލުން ނުނިކުމެ މަޑުކުރިކަން ހާމަވެއްޖެއެވެ.
25 Sep 2026
އައިޖީއެމްއެޗްގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ގދ. ތިނަދޫގައި އަންހެނުންގެ ޞިއްޙަތާ ގުޅޭ ކޭމްޕެއް ބާއްވަނީ
އަންހެނުންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ޚާއްޞަ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޚާއްޞަ ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.
25 Sep 2026
ނަތަންޔާހޫ އދ. ގައި ވާހަކަދައްކަން ފެށުމުން ގިނަ ގައުމުތަކުން ހޯލުން ނުކުމެއްޖެ
އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ކުރިއަށްދިޔަ އާންމު މަޖިލީހުގެ ޖަލްސާގައި ނަތަންޔާހޫ ވާހަކަދައްކަން ޕޯޑިއަމަށް އެރުމާ އެކު، ގިނަ އަދަދެއްގެ ގައުމުތަކުގެ ވަފުދުތަކުން ވަނީ ހޯލުން ނުކުމެ، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ވަރުގަދަ މެސެޖެއް ދީފައެވެ.
25 Sep 2026
ޒުވާނުންނަށް ސްޓްރޯކް ޖެހުމުގެ ނުރައްކާ ބޮޑުތަނުން އިތުރުވެއްޖެ
ސިކުނޑިއަށް ލޭ ފޮނުވައިދޭ ހޮޅިއެއް ބެދުން ނުވަތަ ފަޅައިގެން ދިއުމުގެ ސަބަބުން ކުރިމަތިވާ ސްޓްރޯކް 1990ގެ އަހަރުތަކުގެ މެދުތެރޭގައި ޖެހެމުން އައީ ކޮންމެ 100,000 ޒުވާނުންގެ ތެރެއިން 33.9 މީހަކަށެވެ. ނަމަވެސް 2020 ވަނަ އަހަރާ ހަމައަށް އައިއިރު އެ ޢަދަދު ވަނީ 62.2 އަށް އުފުލިފައެވެ.
25 Sep 2026
ޙޫޘީންގެ ހަމަލާތަކާ ދެކޮޅަށް ސަޢޫދީ ދިފާޢުކުރުމަށް ކުއްލި ބައްދަލުވުމެއް
ޙޫޘީންގެ ހަމަލާތަކާ ގުޅިގެން ސަޢޫދީ އާއި ތުރުކީ އާއި ޕާކިސްތާނުން ގުޅިފައިވާ ދިފާޢީ އެއްބަސްވުމުގެ ދަށުން ސަޢޫދީއަށް އެހީތެރިވެވޭނެ ގޮތްތައް މަޝްވަރާކުރުމަށް ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.