Advertisement

މުށު ތެރެއަށް ބާރު ލާން އުޅެނިކޮށް އެމްޑީޕީގެ ޕީޖީ ދެބައި ވެއްޖެ: މެންބަރު މުހައްމަދު

20 Aug 2019 | 15:16

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް ނަޝީދުގެ މުށު ތެރެއަށް ބާރުތައް ލާން އުޅުމުގެ ތެރޭގައި އެމްޑީޕީގެ ޕާލިމެންޓް ގްރޫޕް ބައިބައި ވެއްޖެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަމިއްލަ މެންބަރެއް ގޮތުގައި މަޖިލީހަށް އިންތިހާބުވެފައިވާ މުހައްމަދު މިފަދައިން ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.

”އަންނިގެ މުށުތެރެއަށް ބާރުތައް ލާން ވެގެން ހަދަން އުޅުނު ސްޕަރ ކޮމިޓީ ކަންތަކުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް ދެބައިވެ، ރައީސް ނަޝީދު އަތަށް ގޮވާ“ މެންބަރު މުހައްމަދުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މެންބަރު މުހައްމަދުގެ ޓުވީޓު އަމާޒު ކުރައްވާފައި މިވަނީ މަޖިލީހުގައި ރައީސް ނަޝީދު އިސްވެ ހުންނަވައި ހައްދަވަން އުޅުއްވި ސްޕަރ ކޮމިޓީގެ މައްސަލައިގައި އެމްޑީޕީގެ ގިނަ މެންބަރުގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދި އެމައްސަލަ އަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނޫނެކޭ ބުނެފައިވަނިކޮށެވެ.

މިއަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައެވެ. ނަމަވެސް މިއާއެކު ވެސް މަޖިލީހުގައި އެދެވޭ މަސައްކަތްތަކެއް ނުކުރެވޭކަމަށް ބުނެ ގިނަ ރައްޔިތުން އަންނަނީ ފާޑުކިޔަމުންނެވެ.

Advertisement

ކޮމެންޓް