Advertisement

އިމްތިހާނު ސުވާލެއްޖެ ޖަވާބުގައި ރޮނާލްޑޯއަކީ 'ގޯޓް' ކަމުގައި ބުނެ ދަރިވަރަކު ޖަވާބުދީފި

25 Aug 2019 | 08:03

ޝައްކެއްވެސް ނެތް ގޮތުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ދުނިޔެ މިހާތަނަށް ދުއް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާއެވެ. އުމުރުން 34 އަހަރުގެ ރޮނާލްޑޯ ވަނީ ކްލަބް ފެންވަރުގައި ހޯދެން ހުރި ހުރިހާ ކާމިޔާބެއް ހާސިލްކޮށްފައެވެ. ރޮނާލްޑޯ އަދި މެސީގެ ވާދަވެރިކަމަކީ ފުޓްބޯޅައިގެ ތާރީހުގައި ދެމިގެންގޮސްފައިވާ އެންމެ ދިގު ވާދަވެރިކަން ކަމުގައި ފުޓްބޯޅައަށް ލޯބިކުރާ ގިނަބަޔަކު ގަބޫލުކުރެއެވެ.

ކުޅިވަރުގެ ދުނިޔޭގައި، ހާއްސަކޮށް ފުޓްބޯޅައިގެ ދުނިޔޭގައި 'ގޯޓް' މާނަ ކުރަނީ 'ގްރޭޓަސްޓް އޮފް އޯލް ޓައިމް' ގެ ގޮތުގައެވެ. އެގޮތުން ރޮނާލްޑޯ އަދި މެސީގެ ސަޕޯޓަރުން އެންމެ ގިނައިން ދެބަސްވާކަމަކީ މިދެކުޅުންތެރިންގެ ތެރެއިން 'ގޯޓް' އަކީ ކޮބާ ކަމާމެދުއެވެ.

ރޮނާލްޑޯ އަދި މެސީއައި ގުޅުވައިގެން ދެކެވޭ ވާހަކަތަކަކީ އަބަދުވެސް އެންމެންގެ ސަމާލުކަން ދަމައިގަންނަ ވާހަކަ ތަކެކެވެ.

ރޮނާލްޑޯއައި ގުޅުވައިގެން މީޑިއާގައި މިހާރު އެންމެ ވައިރަލް ވެފައިވާ އެއް ވާހަކައަކީ ފްރެންޗް އިމްތިހާނެއްގެ ސުވާލުގެ ޖަވާބުގައި ރޮނާލްޑޯއަކީ 'ގޯޓް' ކަމުގައި ބުނެ ދަރިވަރަކު ޖަވާބުދިން ވާހަކައެވެ.

އިމްތިހާނު ކަރުދާހުގައި ޖަނަވާރުތަކެއްގެ ނަން ޖަވާބުގެ ގޮތުގައި ދިނުމަށް އޮތް ސުވާލުގައި 'ގޯޓް' ގެ ފޮޓޯ އިންތާނުގަ އުމުރުން 15 އަހަރުގެ އަހްމަދް ނަބީލް ޖަވާބުގެ ގޮތުގައި ޖެހީ ރޮނާލްޑޯއެވެ.

އެގޮތަށް އެކަން ކުރީ ކީއްވެތޯ މީޑިއާއަކުން ކުރި ސުވާލަށް ޖަވާބުދެމުން ނަބީލް ބުނީ އޭނާ އެކަން ކުރީ މީގެ ދެއަހަރު ކުރިން ހެދި ފްރެންޗް އިމްތިހާނެއްގަ ކަމަށައި، ފްރެންޗް ބަހުން ގޯޓް ލިޔަން ނޭންގުމުން ޖަވާބުގައި ރޮނާލްޑޯ ޖެހީ ކަމުގައެވެ. އޭނާ އެގޮތަށް އަމަލުކުރީ ސުވާލަށް ޖަވާބު ނުދީ ނުބާއްވަން ކަމަށްވެސް އޭނާ ބުންޏެވެ.

ދުނިޔޭގެ ސަމާލުކަމަށް މިކަން އައިސްފަ މިވަނީ ނަބީލްގެ ޓްވިޓާ އެކައުންޓުގައި ސުވާލަށް ދިން ޖަވާބު ޕޯސްޓްކުރުމާ ގުޅިގެންނެވެ. 

Advertisement

ކޮމެންޓް