28 Aug 2019 | 23:22
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑްކޮށްފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އެދުމުގެ މަތިން އެގައުމުގެ ގާނޫނު ހަދާ މަޖިލިސް، ރާނީ އެލިޒަބަތު 2 ސަސްޕެންޑްކުރައްވައިފިއެވެ.

މަޖިލިސް ސަސްޕެންޑްކުރެއްވުމަށް ރާނީ އެލިޒަބަތު ނެރުއްވި އަމުރުފުުޅުގައި ވާގޮތުގައި ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހާއި ބާރަ ވަނަ ދުވަހާއި ދެމެދުގެ ތާރީޚެއްގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ސަސްޕެންޝަން ހިނގުން ފަށަން ޖެހޭނެެއެވެ.

އަދި މި ސަސްޕެންޝަން އުވިގެންދާނީ އޮކްޓޯބަރު 14 ވަނަ ދުވަހުގައި ރާނީ އެލިޒަބަތު ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގައި ދެއްވާ ޚާއްސަ ތަގުރީރަކުންނެވެ. މި ތަގުރީރުގައި ސަރުކާރުގެ އެޖެންޑާތައް ހާމަކުރެވިގެންދާނެކަމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ވިދާޅުވެފައެެވެ.

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މިވަގުތު ތިއްބެވީ ޗުއްޓީއެއްގައެވެ. އެބޭފުޅުން އަނބުރާ މަސައްކަތަށް ނުކުންނަވަން ހަަމަޖެހިފައި އޮތް ތާރީޚަކީ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހެވެ.

ބޮޑުވަޒީރު ބޮރިސް މިކަން ކުރައްވާފައި މިވަނީ ޑީލެއް ނެތި ޔޫރަޕްގެ އިއްތިހާދުން އިނގިރޭސިވިލާތް ނުކުތުން ހުއްޓުވާނެކަމަށް އިނގިރޭސިވިލާތުގެ ސިޔާސީ ޕާޓީތަކުން ބުނެފައިވާ ދަަނޑިވަޅެއްގައެވެ. ބޮރިސް ޖޯންސަން އަމާޒު ހިއްޕަވާފައިވަނީ ޑީލެއް ނެތި ނަމަވެސް އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ޔޫރަޕްގެ އިއްތިހާދުން އިނގިރޭސި ވިލާތް ވަކިވުމަށެވެ.

މިކަމާއި ގުޅިގެން ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލިސް ހުޅުވުމުން ނަގާނެކަމަށް އިދިކޮޅު ލޭބަރ ޕާޓީގެ ލީޑަރ ޖެރެމީ ކޯރބިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.