މަތީ މަގާމުތަކުގައި ތިބޭ ފަރާތްތައް މަސްތުވާތަކެއްޗަށް ހިތްވަރުދޭތީ ހިތާމަ ކުރަން: އުމަރު

01 Sep 2019 | 11:29

ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސްތުވާތަކެއްޗަށް ހިތްވަރު ދެއްވަމުން ގެންދަވާތީ ހިތާމަ ކުރައްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ހޯމް މިނިސްޓަރު ވިދާޅުވީ ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަސްތުވާތަކެއްޗަށް ހިތްވަރު ދެއްވާ ކަމަށާއި، ބާރު ގަދަ މަސްތުވާ އެއްޗިއްސާ، ބާރު ދެރަ މަސްތުވާ އެއްޗިއްސާ، ހިކި މަސްތުވާ އެއްޗިއްސާ، ދިޔާ މަސްތުވާ އެއްޗެހި ބޮއެގެން މި ގގައުމުގެ އެތައް އާއިލާއެއް ރޫޅިފައިވާ ކަމަށެވެ. އަދި ގައުމުގެ އުފެއްދުންތެރިކަން ދަށްވެ، ގައުމުގެ އެތައް މަސައްކަތެއް ބިދޭސީން ނަގާ، ގައުމުގެ މިނިވަންކަމާ އަމިއްލަވަންތަކަން ގެއްލި މަގުމަތީގެ އަމާންކަން ގެއްލިފައިވާ ކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

"އިސްލާމް ދީނާ ކައިރިއަށް މި ގައުމު ޖެހިގެން މެނުވީ މި ގައުމުގައި ހުރި ބޮޑެތި މމައްސަަލަތަކަށް ހައްލެއް ނެތް" އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރު އެހެން ވިދާޅުވިއިރު، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ބޮޑު ހަރަދެއް ކޮށްގެން އޮޕަރޭޝަނެއް ހިންގެވި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމމަދު ނަޝީދު އިއްޔެ ވަނީ ފުލުހުންނަށް ފާޑު ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement