02 Sep 2019 | 09:45
މިއަދު ސްޓްރޯބެރީ ކައިފިންތަ؟ މިއީ ފައިދާއިން ފުރިގެންވާ މޭވާއެއް

ސްޓްރޯބެރީ ކައި އުޅެންހެއްޔެވެ؟ ގިނަ މީހުންނަށް މީރު މި މޭވާ އަކީ ހުތްފޮނި ރަހައެއްދޭ، ބަލާލަންވެސް ރީތި މޭވާއެކެވެ.

މިއީ ރާއްޖޭގައި ހައްދާ އުޅޭ މޭވާއެއް ނޫންނަމަވެސް، ގިނަ މޭވާ ވިއްކާ ފިހާރަތަކުން ސްޓްރޯބެރީ ލިބެން ހުރެއެވެ. ދިވެހިންގެ ތެރޭގައިވެސް ސްޓްރޯބެރީގެ މަޤްބޫލްކަން ވަކި ކުޑައެއް ނޫނެވެ. މިއީ ވަރަށް ގިނަ ފައިދާތަކެއްވެސް ހަށިގަނޑަށް ލިއްބައިދޭ މޭވާއެކެވެ.

ބެރީ ފްރުޓްތަކުގެ ތެރެއިން އެންމެ ގިނަ މީހުންނަށް ކަމުދާ އެއް މޭވާ އަކީ ސްޓްރޯބެރީއެވެ. އެންޓި އޮކްސިޑެންޓުތަކުން މުއްސަނދިކަން ލިބިފައިވާ ސްޓްރޯބެރީއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދީ، ބަލިތަކުން ރައްކާތެރި ކޮށްދިނުމަށް އެހީވެދޭ މޭވާއެކެވެ.

ސްޓްރޯބެރީއަކީ ލޮލަށް ވަރަށް ފައިދާކުރުވަނިވި މޭވާއެއް ކަމަށް ސިއްހީ މާހިރުން މައުލޫމާތުދެއެވެ. ލޮލުގެ ފެނުމަށް މައްސަލަ ކުރިމަތި ކުރުވުމުން އެކަމަށް ހައްލު ގެނެސްދޭ މާއްދާތައް ކަމަށްވާ ފްލެވޮނޮއިޑްސް، ފެނޮލިކް ފައިޓޯކެމިކަލްސް، އަދި އެލެޖިކް އެސިޑް ފަދަ މާއްދާތައް ވަރަށް ގިނަ އަދަދަކަށް ސްޓްރޯބެރީގައި އެކުލެވިގެންވެއެވެ.

ސްޓްރޯބެރީއަކީ ހަށިގަނޑުގެ ދިފާއީ ނިޒާމްވެސް ވަރުގަދަ ކޮށްދޭ މޭވާއެކެވެ. ސްޓްބެރީ ކެއުމުން ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދެނީ އޭގައި އެކުލެވޭ ވިޓަމިން ސީގެ ސަބަބުންނެވެ. އެންމެ ސްޓްރޯބެރީއަކުން ދުވާލެއްގެ މައްޗަށް ހަށިގަނޑަށް ބޭނުންވާ ވިޓަމިން ސީގެ 150 އިންސައްތަ ލިއްބައިދޭނެއެވެ.

ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކުން އަބަދުވެސް ބަރުދަން ލުއި ކުރަން ކެވިދާނެ ކެއުންތަކަކީ ކޮބައިތޯ ބަލައެވެ. ތިބާއަކީ ބަރުދަން އިތުރުކަމުން، ބަރުދަން ލުއި ކުރަން ބޭނުންވާ މީހެއްނަމަ ސްޓްރޯބެރީ ކާން ފަށާށެވެ. މިއީ ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭނެ މޭވާއެކެވެ. ސްޓްރޯބެރީގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން އެ ކެއުމަށްފަހު ކާހިތް ކުޑަ ކޮށްދޭ ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ.

ސްޓްރޯބެރީއަކީ މާބަނޑު ދުވަސްވަރު ކެއުން އެދެވިގެންވާ މޭވާއެކެވެ. އެގޮތުން މާބަނޑު ދުވަސްވަރު މި މޭވާ ކެއުމުން އުފަންވާ ކުދިން އައިބު ވުމުން ސަލާމަތް ކޮށްދޭނެ ކަމަށް ސިއްހީ މާހިރުނން ބުނެއެވެ. ސްޓްރޯބެރީގައި މާބަނޑު އަންހެނުންނަށް ބޭނުންވާނެ ފައިދާ ހުރި ގިނަ މާއްދާތަކެއް އެކުލެވިގެންވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.