16 Sep 2019 | 14:56
ރީތިވާން ބޭނުންވަންޏާ ކާންވީ ކިވީ!

ވިޓަމިން ސީ، ވިޓަމިން ކޭ، ފޮލޭޓް، ޕޮޓޭސިއަމް މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. މިއީ މުޅިންވެސް ހިތްގައިމު ފެހި ކުލައެއްގައި، އަދި ކުދި ކަޅު އޮށްތަކެއް ހުންނަ ކިވީގައި ހިމެނޭ ފައިދާ ހުރި މާއްދާތަކެވެ.

ގިނަ ބާވަތުގެ ރީތިވާ ސާމާނު އުފެއްދުމުގައިވެސް މިމޭވާ ބޭނުންކޮށްފައިވާކަން އެނގޭހެއްޔެވެ؟ އެއީވެސް އެ މޭވާއިން ލިބޭ ފައިދާތައް ގިނަވީމައެވެ. ކޮންމެ ދުވަހަކުވެސް ކެއުމުގައި ކިވީ ހިމަނަންޖެހޭ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގައި ވިޓަމިން ސީ، ވިޓަމިން ކޭ އަދި ވިޓަމިން އޭ އެކުލެވިގެންވެއެވެ. އެއީ އޮމެގާ 3 ވެސް ގިނަ އަދަދަކަށް އެކުލެވިގެންވާ މޭވާއެކެވެ.

އޮމެގާ3އަކީ ދުޅަހެޔޮ އިސްތަށިގަނޑަކަށް އެންމެ މުހިންމު އެއް ފަރުވާއެވެ. އެހެންކަމުން، ތިބާގެ ރީތި އިސްތަށިގަނޑަށް އިތުރު ރީތި ކަމެއް ގެންނަން ބޭނުންވަންޏާ ކިވީ އަކީ ހަމަ ކޮންމެހެންވެސް ތިޔަކާ މޭވާތަކުގެ ލިސްޓަށް އިތުރު ކޮށްލަންޖެހޭ މީރު މޭވާއެކެވެ.

ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކުރަން ބޭނުންވާ ފަރާތްތަކުން ކޮންމެހެންވެސް ކިވީ ކާންޖެހެއެވެ. މިއީ އެކި އިންފެކްޝަންތަކުން އިންސާނާގެ ހަށިގަނޑު ސަލާމަތް ކޮށްދިނުމަށް އެހީތެރިވެދޭ މޭވާއެކެވެ. ހަކުރު ބައްޔަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް އާންމު ބައްޔެކެވެ. ކިވީ ކާނަމަ، މިބަލި ކޮންޓްރޯލް ކުރަން އެހީތެރިވެދޭ ކަމަށް ކަމާބެހޭ އިލްމު ހުރި މީހުން ބުނެއެވެ.

ކިވީގެ އެންމެ ފާހަގަކޮށްލެވޭ އެއް ފައިދާއަކީ ނުރައްކާތެރި ކެންސަރު ބަލިން ދުރުކޮށްދިނުމެވެ. ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރާ މާއްދާތައް ކިވީގައި އެކުލެވިގެންވެއެވެ. ޗައިނާގައި ވަރަށް އިހު ޒަމާނުއްސުރެ އެކި ބާވަތްތަކުގެ ކެންސަރަށް ފަރުވާ ކުރުމަށް ކިވީ ބޭނުން ކޮށްފައިވެއެވެ. ކިވީގައި ފައިޓޯކެމިކަލްސް ލުޓެއިން އަދި ޒިއަންޒަންތިން އެކުލެވިގެންވެއެވެ. މިއީ ލޮލުގެ ފެނުން ރަނގަޅުކޮށްދޭ މާއްދާތަކެވެ.

އެކި ބާވަތްތަކުގެ ރީތިވާ ސާމާނު އުފެއްދުމަށް ކިވީ އަކީ ވަރަށް ގިނައިން ބޭނުންކުރާ މޭވާއެކެވެ. ވަކިން ޚާއްސަކޮށް، ގަިއގެ ހަން ރީތި ކުރުމަށް މިމޭވާ އަކީ ވަރަށް ބޮޑަށް އެހީތެރިވެދޭ އެއްޗެކެވެ. އެހެންކަމުން ގުދުރަތީ ގޮތުން ރީތިކަން ލިބިގަތުމަށްޓަކައިވެސް ކިވީ މިއީ ނުކައި ދޫކޮށްލެވޭ ވަރު އެއްޗެއް ނޫންކަން އެނގިއްޖެދޯއެވެ! 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ