އިންޑިއާ އެމްބަސީގެ ބިންގާ ހުޅުމާލޭގައި އަޅައިފި
 
                            އިންޑިއާ އެމްބަސީގެ އާ އިމާރާތުގެ ބިންގާ ހުޅުމާލޭ ފޭސް ދޭއްގައި މިއަދު އަޅައިފިއެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެމްބަސީގެ ބިންގާ އަޅުއްވައި ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރެވެ.
ބޭރު ގައުމުތަކުގެ އެމްބަސީތައް އެޅުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން 30،000 އަކަފޫޓުގެ ސަރަހައްދެއް ކަނޑައަޅާފައިވާއިރު، ފޮރިން މިނިސްޓްރީން ބުނެފައިވަނީ ބޭރުގެ ހުރިހާ އެމްބަސީތައް އެސަރަހައްދަށް ބަދަލުކުރަން ނިންމާފައިވާކަމަށެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި، ހުޅުމާލޭގައި ހަދާ ޑިޕްލޮމެޓިކް އެންކްލޭވުގައި އިންޑިއާ އެމްބަސީ އެޅުމަށް ދިން ބިމުގައި އިމާރާތް އެޅުމަށްޓަކައި މިއަދު ވަނީ ބިންގާ އަޅާފަ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ މިހާރު ހިންގަނީ ކުރީގެ ރައީސް މުހައްމަދު އަމީންގެ ގެކޮޅު ކަމަށްވައި، ހ. އަތިރީގޭގެ އިމާރާތެއްގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists
 
           
           
           
           
           
           
           
           
           
           
           
           
           
           
           
           
          