N/A
N/A
ހަބަރު 06 Sep 2019 | 05:46

ޕީޕީއެމްއަކީ އެންމެ ޑިމޮކްރެޓިކް ޕާޓީ: ރައީސް ޔާމީން

ޕީޕީއެމްއަކީ ރާއްޖޭގައި އޮތް އެންމެ ޑިމޮކްރެޓިކް ޕާޓީ ކަމަށް އެޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އެހެން ވިދާޅުވީ އދ.މަހިބަދޫގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްއަކީ ވަކި މީހެއްގެ ފިކުރެއްގެ ޕާޓީއެއް ނޫން ކަމަށާއި، ކޮންމެ މީހަކަށްވެސް އެޕާޓީއާ ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން އޮތީ، އުމަރު ނަސީރަށްވެސް އަދި ނާޒިމްއަށްވެސް މި ޕާޓީއާ ގުޅިވަޑައިގަންނަވާށޭ" ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ، ދިވެހި ރައްޔިތުން ދެކެ ލޯބިވާ ބަޔަކަށް އެބޭފުޅުން ވާނަމަ، ޕީޕީއެމްއާ ގުޅިވަޑައިގަންނަަވަން ޖެހޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ލީޑަރު ކަމަކީ، ނުވަތަ ގައުމުގެ ވެރިޔާގެ މަގާމަކީ ރައީސް ޔާމީންގެ ނަމުގައި ލިޔެވިފައިވާ އެއްޗެއް ނޫން ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް އެ ހިސާބަށް ވާސިލުވާން، ޕާޓީއާއި ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕީޕީއެމްއިން ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އަތޮޅުތެރެއަށް ދަތުރު ފަށާފައިވާއިރު، އިއްޔެ އެޕާޓީން ވަނީ އދ އަތޮޅުގެ ރަށްތަކަށް ދަތުރު ފަށާފައެވެ. މި ދަތުރު ތަކުގައި ކުރީގެ ނައިބު ރައއީސް، އަދި ޖުމްހޫރީ ޕާޓީގެ މެމްބަރު، ޑރ.މުހައްމަދު ޖަމީލު އަހުމަދު ބައިވެރިވެވަޑައިގަންނަވައެވެ. ޑރ.ޖަމީލު އެދަތުރުތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ޕާޓީގެ ސުލޫކާ ހިލާފަށް ކަމަށް ޖޭޕީން ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މަސްތުވާތަކެއްޗާއެކު ފިލްމުކުޅޭ ބަޔަކު ހައްޔަރުކުރި މައްސަލަ: ތިން މީހުން ދޫކޮށްލައިފި
22 Oct 2026 ހަބަރު

މަސްތުވާތަކެއްޗާއެކު ފިލްމުކުޅޭ ބަޔަކު ހައްޔަރުކުރި މައްސަލަ: ތިން މީހުން ދޫކޮށްލައިފި

ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދިވެހި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބަޔަކު ހައްޔަރުކުރި މައްސަލާގައި ހިމެނޭ ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ
22 Oct 2026 ހަބަރު

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ

އެފްޑީސީން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މިއަދު ސޯޝަލް މީޑިއާގައި ނެރުނު ތަފާސްހިސާބުތަކުންނެވެ.

އޮނަރަރީ ޑޮކްޓަރޭޓަކީ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތް ބަލައިގަންނަ ކަމުގެ ހެއްކެއް: ޕީއެންސީ
22 Oct 2026 ހަބަރު

އޮނަރަރީ ޑޮކްޓަރޭޓަކީ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތް ބަލައިގަންނަ ކަމުގެ ހެއްކެއް: ޕީއެންސީ

ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތު ރަނގަޅުކުރެއްވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅު ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް ކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް )ޕީއެންސީ( އިން ބުނެފިއެވެ.

ޕީއެޗްޕީ ވެބް ޓެކްނޮލޮޖީއަށް ދިމާވި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި
22 Oct 2026 ހަބަރު

ޕީއެޗްޕީ ވެބް ޓެކްނޮލޮޖީއަށް ދިމާވި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފި

ވެބް ޓެކްނޮލޮޖީތަކުގައި ބޭނުންކުރާ ޕީއެޗްޕީ ނިޒާމަށް ދިމާވި ނުރައްކާތެރި ސަލާމަތީ މައްސަލަތަކަކާ ގުޅިގެން، ރާއްޖޭގެ ރަސްމީ ޑިޖިޓަލް ޚިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

މެޑަމް ސާޖިދާ، ޕާކިސްތާނުގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި؛ އަންހެނުން ބާރުވެރިކުރުވުމަށް މަޝްވަރާކުރެއްވި
22 Oct 2026 ހަބަރު

މެޑަމް ސާޖިދާ، ޕާކިސްތާނުގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި؛ އަންހެނުން ބާރުވެރިކުރުވުމަށް މަޝްވަރާކުރެއްވި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއާ ބައްދަލުކުރައްވައިފިއެވެ.

ގްރޭޓާ މާލެ ސަރަޙައްދުގައި ފެންބޮޑުވި ސަރަޙައްދުތަކުން 367 ޓަނަށް ވުރެ ގިނަ ފެން، އެމްޓީސީސީން ހިންދައިފި
22 Oct 2026 ހަބަރު

ގްރޭޓާ މާލެ ސަރަޙައްދުގައި ފެންބޮޑުވި ސަރަޙައްދުތަކުން 367 ޓަނަށް ވުރެ ގިނަ ފެން، އެމްޓީސީސީން ހިންދައިފި

މިދިޔަ ދެ ދުވަހު ވެހުނު ބޯވިއްސާރައިގައި ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި، އެކި ސަރަޙައްދުތަކުން 367.82 ޓަނުގެ ފެން ހިންދާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ )އެމްޓީސީސީ( އިން ބުނެފިއެވެ.