އާ ސްޓޭޑިއަމެއް އެޅުމަށް ފައިސާ ހޯޯދަނީ

10 Sep 2019 | 11:25

ގަލޮޅު ފުޓްބޯޅަ ދަނޑު ތަޅާލައި، އާ ދަނޑެއް އެޅުމަށް ފައިސާ ހޯދުމުގެ މަަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް ވިދާޅުވެއްޖެއެވެ.

މަޚުލޫފް މިހެން ވިދާޅުވީ ވޯލްޑް ކަޕް ކޮލިފައިންގގައި މިރޭ ދިވެހިރާއްޖެއާއި ޗައިނާ ކުޅޭ މެޗަށް ސަޕޯޓަރުން ވެއްދުމަށް ގަލޮޅު ދަނޑުގެ ބަންދުކޮށްފައިވާ ސިޑިބަރި ހުޅުވާލަން ޖެހޭނެކަަމަށް މަޝްހޫރު ފުޓްބޯޅަ ކޯޗު އަލީ ސުޒޭން ބުނުމުން ރައްދު ދެއްވަމުންނެވެ.

މަޚުލޫފް ވިދާޅުވީ ދަނޑުގެ ސިޑިބަރި ބޭނުން ނުކުރަން ޕްލޭނިންގ މިނިސްޓްރީން އަންގާފައި ވަނިކޮށް، އެކަމަށް ހުއްދައެއް ނުދެވޭނެކަމަށެވެ.

އެބޭފުޅާ ވިދާޅުވީ ރައްޔިތުންގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ކަމަކަށް ހުއްދަ ނުދެވޭނެކަމަށާއި ގަލޮޅު ދަނޑު ތަޅާލަން ޖެހޭކަމަށެވެ. އަދި ސްޓޭޑިއަމެއް އެޅުމަށް ފައިސާ ހޯދުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މަސައްކަތް ކުރައްވާ ކަމަށް މަޚުލޫފް ވަނީ ހާމަކުރައްވާފައެވެ.

Advertisement

ކޮމެންޓް