10 Sep 2019 | 17:25
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވާ ފޯކަލް ޕޮއިންޓުންނަށް ތަމްރީންދެނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ވިލަރެސްކުރުމަށް ޓަކައި ދައުލަތުގެ އިދާރާތަކުން ކަނޑައަޅުއްވައިފައިވާ ފޯކަލް ޕޮއިންޓުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ އިފްހާމް ޙުސައިން ވިދާޅުވީ މިއީ މި ދާއިރާގެ ފޯކަލް ޕޮއިންޓުން ތަމްރީނުކުރުމުގެ ގޮތުން ބޭއްވޭ ފުރަތަމަ ޕްރޮގްރާމް ކަމަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައި ބަޔާންކުރާ ޙައްޤުތައް ކަށަވަރުކުރުމަށް ޓަކައި ދައުލަތުގެ އެންމެހައި ވުޒާރާތަކާއެކު ގުޅިގެން މަސައްކަތްކޮށް، ޤާނޫނުގައި އިދާރާތަކާ ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބާރުއެޅުން ކަމަށް އިފްހާމް ވިދާޅުވިއެވެ.

ޖުމުލަ 15 އިދާރާއަކުން ބައިވެރިވި މި ތަމްރީނު ޕްރޮގްރާމްގައި ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސް (ސީ.އާރު.ޕީ.ޑީ)އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނާއި މި ދާއިރާއާ ގުޅޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވިފައިވެއެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވި އިދާރާތަކަކީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، ވަޒީފާއާބެހޭ ޓްރައިބިއުނަލް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، ސިވިލް ސަރވިސް ކޮމިޝަން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، އެޓަރނީ ޖެނެރަލްގެ އޮފީސް އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Aug 2026
ހޯރަފުށީ ދަރިވަރުންނަށް ކަރަންޓުގެ ރައްކާތެރިކަން ދަސްކޮށްދީފި
ހއ. ހޯރަފުށީ ސްކޫލުގެ ގްރޭޑް 9 އިން 11 ގެ ދަރިވަރުންނަށް ގޭތެރޭގައި ކަރަންޓު ރައްކާތެރިކަމާ އެކު ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމުގެ ސެޝަންތަކެއް ފެނަކައާ ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.
28 Aug 2026
އެމްޑަބްލިޔުއެސްސީގެ އައު އޮޑިޓޯރިއަމް ހުޅުވައިފި؛ އެމްޑީގެ ޝުކުރު މުވައްޒަފުންނަށް
އެމްޑަބްލިޔުއެސްސީން ބުނީ، މި އައު އޮޑިޓޯރިއަމަކީ އެއްފަހަރާ 425 މީހުންނަށް އިށީނދެވޭނެ ޖާގައިގެ ތަނެއް ކަމަށެވެ. އަދި މިތަނުގައި ޚާއްޞަ ބޯޑްރޫމަކާއި، ކޭޓަރިންގ ފެސިލިޓީސްގެ އިތުރުން އެންމެ ޒަމާނީ ވަޞީލަތްތައް ޤާއިމުކޮށްފައިވާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
28 Aug 2026
މައިންބަފައިންނަށް އިހްސާންތެރިވުމަކީ ޢުމުރުގައި ބަރަކާތް ލެއްވޭ ކަމެއް
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައިވަނީ، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި މިސްކިތުގެ ޙުރުމަތް ހިފެހެއްޓުމާއި ވިޔަފާރީގައި ތެދުވެރިވުމާއި ނިކަމެތިންނަށް އެހީތެރިވުން ފަދަ ކަންކަމަށް ބާރު އަޅައި މުޖުތަމަޢު އިޞްލާޙުކުރުމުގެ ޒިންމާ އަދާކުރުމުގެ މައްޗަށެވެ.
28 Aug 2026
”ޑޮލަރުން މުސާރަ ދިނުމަށް ހުރަހެއް ނެތް“
ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން އިސްލާހު ކުރި ނަމަވެސް ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.
28 Aug 2026
ފަލަސްޠީނުގެ ޙައްޤުތައް ހޯދުމުގެ މަސައްކަތް ވަރުގަދަކުރުމަށް ރާއްޖެއިން ގޮވާލައިފި
އިސްތިއުމާރީ އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ހިޞާރުކުރަމުންދާ މައްސަލަ ކުށްވެރިކުރައްވައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުން ފަލަސްޠީނުގެ ޙައްޤުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
28 Aug 2026
ސެޕްޓެމްބަރު މަހުގައި މުޅިރާއްޖޭގެ ހޫނުމިން އާއްމުކޮށް ހުންނަ ވަރަށްވުރެ މަތި ވާނެ
ކުރިއަށް އޮތް ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް މުޅި ރާއްޖޭގެ ހޫނުމިންވެސް އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ލަފާކޮށްފިއެވެ.
28 Aug 2026
ފުރާވަރުގެ ކުދިންނަށް ފޭސްބުކާއި އިންސްޓަގްރާމްގައި ގިނަ ލިމިޓްތަކެއް
މި އައު ޚިދުމަތްތަކުގެ ތެރެއިން ގިނަ ކަންކަން ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ޑިފޯލްޓްކޮށް ނުވަތަ އިޚްތިޔާރީ ފީޗާއެއްގެ ގޮތުގައި ފުރާވަރު ކުދިންނަށް ލިބެން ފަށާނެއެވެ. އެހެންނަމަވެސް، ޕްލެޓްފޯމް ބޭނުންކުރަނީ ކުޑަކުދިންތޯ ދެނެގަތުމަށް މެޓާއިން އަޅާ އައު ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރަން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ.
27 Aug 2026
ގޭސް ލީކުވެ މީހަކު ނިޔާވި ހާދިސާ: ހާލު ދެރަވި ޒުވާނާ އަންނަނީ ރަނގަޅުވަމުން
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށެވެ.