10 Sep 2019 | 18:35
މޫނު ނިވާކޮށްގެން ތިބި ފުލުހުން ނިކުމެ ބޮޑު އޮޕަރޭޝަނެއް ފަށައިފި

މޫނު ނިވައިކޮށްގެން ތިބި ފުލުހުން ނިކުމެ މާލޭގެ އެކި ސަރަހައްދުތައް ބަލައި ފާސްކުރަމުން އެބަދެއެވެ.

އެގޮތުން ސީކްރެޓް ރެސިޕީއާއި، ސޯސަންމަގުގައި ހުރި ގެއަކަށްވެސް ފުލުހުން ވަދެ އަންނަނީ ހަރަކާތްތެރިވަމުންކަން "ވޮއިސް"އަށް ވަނީ އެނގިފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މިހާރު ކުރިއަށްގެންދާ އޮޕަރޭޝަަަނަކީ މަރާލާފާއިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަަ މައްސަލަތަކާ ގުޅިގެން އެކޮމިޝަނުން ބަލާ ފާސްކުރަން ބޭނުންވާ ތަންތަނާއި މީހުން ބަލާ ފާސް ކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

އެގޮތުން މޫނު ނިވައިކޮށްގެން ތިބި ފުލުުހުން ނުކުމެ، ތަންތަން ބަލައި ފާސްކުރަމުން ދަނީ މަރުތައްބަލާ ކޮމިޝަނުގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތަކުގެ ދަށުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މި އޮޕަރޭޝަނުގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓާއި، ސްޕެޝަލިސްޓް އޮޕޕަރޭޝަން ޑިޕާޓްމެންޓާއި، ޑިވިޝަނަލް ޕޮލިސިން ކޮމާންޑުގެ ފުލުހުން މި އޮޕަރޭޝަނުގައި ބައިވެރިވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، ބަލައިފާސް ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދާއިރު، މާލޭ އަދި އައްޑޫ ސިޓީގެ އާންމު ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން މމިކަމަށް އެހީތެރިވެދިނުމަށް މައުލޫމާތެއް ހިއްސާ ކުރަން ބޭނުންވާނަމަ، 3322111 ނުވަތަ 119އަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރަންވެސް ފުލުހުން ވަނީ އެދިފައެވެ.

މަރުކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކާއި ގުޅުންހުރި ތަހުގީގަށް ފުލުހުން ނުކުމެ ބަލައި ފާސް ކުރަމުން އަންނައިރު، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރުގެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.  

ފޮޓޯ:އެމްވީ ކްރައިސިސް

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޙޫޘީންގެ ހަމަލާތަކާ ދެކޮޅަށް ސަޢޫދީ ދިފާޢުކުރުމަށް ކުއްލި ބައްދަލުވުމެއް
ޙޫޘީންގެ ހަމަލާތަކާ ގުޅިގެން ސަޢޫދީ އާއި ތުރުކީ އާއި ޕާކިސްތާނުން ގުޅިފައިވާ ދިފާޢީ އެއްބަސްވުމުގެ ދަށުން ސަޢޫދީއަށް އެހީތެރިވެވޭނެ ގޮތްތައް މަޝްވަރާކުރުމަށް ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.