12 Sep 2019 | 11:25
ލޯ-ކާބްސް ޑައިޓް: ބައެއް ކުށްހީތައް!

ލޯ-ކާބްސް ޑައިޓް، ނުވަތަ ކާބޯހައިޑްރޭޓް މަދުން ހިމެނޭ ޑައިޓަކީ ބަރުދަން މަދު ކުުރުމަށް އެންމެ ރަނގަޅު ޑައިޓްކަމަށް ގިނަ މީހުން ގަބޫލު ކުރެއެވެ. އެގޮތުން، ހިކެން މަސައްކަތް ކުރާ މީހުންގެ މެދުގައި ލޯކާބް ޑައިޓްތައް ވެފައިމިވަނީ ޓްރެންޑަކަށެވެ. އެފަދަ ޑައިޓެއްގައި ގްރެއިންސް، އަދި ކާބްސް ހިމެނޭ ތަރުކާރީއާއި މޭވާތަކެއް ނުހިމަނައެވެ.

ލޯކާބް ޑައިޓާ ބެހޭ ގޮތުން ގިނަ މީހުންނަށް ލިބިފައިވަނީ އެންމެ ރަނގަޅު މައުލޫމާތު ނޫން ކަމަށް ސިއްހީ މާހިރުން ބުނެއެވެ. ބައެއް މީހުން އެފަދަ ޑައިޓެއް ފޮލޯ ކުރުމަކީ ހިކެން އެންމެ ރަނގަޅު ގޮތް ކަމަށް ބުނާއިރު، އެއީ ހަށިގަނޑަށް ގެއްލުން ހުރި ކަމެއް ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

މި ލިޔުމުގައި މި ބަލާލަނީ "ލޯ-ކާބް" ޑައިޓާ ބެހޭ ގޮތުން، މީހުން ގަބޫލު ކުރާ ބައެއް، ގަބޫލު ކުރުން ތަކަށެވެ.

ކާބްސް ނުހިމެނޭ ޑައިޓަކަށް ހިތަށް ގެއްލުން ލިއްބައިދޭނެ ޑައިޓެއް ކަމަށް ބައެއް މީހުން ދެކެއެވެ. އެއީ ކާބޯހައިޑްރޭޓުން ލިބޭ ކޮލެސްޓްރޯލް، އަދި ފެޓްސް ނުލިބުމުގެ ސަބަބުންނެވެ. ލޯ-ކާބް ޑައިޓެއް ފޮލޯ ކުރާނަމަ، ލޭގައި ހުންނަ ކޮލެސްޓްރޯލް ލެވެލް އިތުރުވާނެ ކަމަށް ބައެއް މީހުން ދެކެއެވެ. އެހެންނަމަވެސް، ފަހުގެ ދިރާސާއަކުން ދައްކާ ގޮތުން، ޑަައިޓްރީ ކޮލެސްޓްރޯލް، އަދި ފެޓްސްއަކުން ހިތުގެ ސިއްހަތަށް މާބޮޑު އަސަރެއް ނުކުރެއެެވެ.

ދެން އޮތް ގަބޫލު ކުރުމަކީ ލޯ-ކާބް ޑައިޓަކުން ހަށިގަނޑަށް އެކަށީގެންވާ ފައިދާތަކެއް ނުލިބޭނެ ކަމަށް ބުނާ ބުނުމެވެ. ލޯ-ކާބް ޑައިޓެއްގައި ފަތްޕިލާވެލީގެ ބާވަތްތައް މަދުވުމުން، ހަށިގަނޑަށް ލިބެން ޖެހޭ ބައެއް ނިއުޓްރިއެންޓްސް ނުލިބޭ ކަމަށްވެސް ބުނެވެއެވެ. އެކަމަކު އެއީ ކުށްހީއެކެވެ. ހަށިގަނޑަށް ދުވާލަކު، 50 ގްރާމަށްވުރެ ކާބްސް އިތުރު ނުކޮށްވެސް، ތަރުކާރީއާއި ނަޓްސް، އަދި ބެރީސް ކެވިދާނެ ކަމަށް ދިރާސާއަކުން ދައްކައެވެ.

ލޯ-ކާބް ޑައިޓެއްގެ ސަބަބުން ޖިސްމާނީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެހެންނަމަވެސް ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫނެވެ.

ޕްރޮޓީން އަކީ ހަށިގަނޑަށް ވަރަށް މުހިންމު މާއްދާއެކެވެ. އެހެންނަަމަވެސް ލޯ-ކާބް ޑައިޓެއްގައި ޕްރޮޓީން މާ ގިނަވާ ކަމަށް ބައެއް މީހުން ބުނެއެވެ. އެއީވެސް ކުށްހީއެކެވެ. ކޮންމެ ލޯ-ކާބް ޑައިޓެއްގައި ޕްރޮޓީން ގިނަ އެއް ނުވާނެއެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.