11 Sep 2019 | 10:39
ނިދުމާއި ބަރުދަން ލުއިކުރުން: ކޮބާ ގުޅުމަކީ؟

ހަށިގަނޑުން ބަރުދަން ލުއި ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަށްޓަކައި ގައިން ދާ އޮހޮރުވަން ޖެހެއެެވެ. މީރު ކާތަކެއްޗަށް ނޫނެކޭ ބުނަން ޖެހެއެވެ.

ބަރުދަން ލުއި ކުރުމަށްޓަކައި ކެއުމަށް ބަލައިގެން އުޅުމުގެ އިތުރުން، ޓްރެޑްމިލްއަށް އަރައިގެން ދުވެ ދުވެވެސް، އެކަމަށް އެދެވޭ ބަދަލެއް ނާދޭ ހެއްޔެވެ؟ ތިޔަ މައްސަލައެއް ހައްލެއް އެބައޮތް ކަމަށް ސިއްހީ މާހިރުން މިހާރު އެބަ ބުނެއެވެ.

އެއީ ރަނގަޅަށް ނިދުމެވެ. ނިދި ހަމަ ކުރުމަކީ، ބަރުދަން ލުއި ކުރުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. ނިދުމުގެ ތެރެއިން، އިންސާނާގެ ހަށިގަނޑުން "އިތުރު ކިލޯތައް"ދުއްވާލަން އެހީތެރިވެދެއެވެ.

ނިދުމުގެ ތެރެއިން، ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭނެ ބައެއް ކަންކަން މި ލިޔުމުގައި ކިޔުންތެރިންނާއި ހިއްސާ ކޮށްލެވޭތޯ ބަލާނަމެވެ.

ހަނދާން ކުރާށެވެ. ނިދާ ވަގުތު ފޯނުގެ އަލި މޫނަށް އެޅުނަ ނުދޭށެވެ. އެއީ އަރާމު ނިންޖަކަށް ހުރަސް އަޅާނެ ކަމެކެވެ. ނޫކުލައިގެ އައްޔަކީވެސް ހަމަ ނިންޖަށް ހުރަސްއަޅާ އެއްޗެކެވެ.

ސިއްހީ މާހިރުން ލަފާދޭ ގޮތުގައި އަނދިރީގައި ނިދުމަކީ މެޓަބޮލިޒަމްއަށް، އެކަމުގެ އެދެވޭ އަސަރުތައް ކުރާ ކަމެކެވެ. އެހެންކަމުން، ތިބާ އަކީ އަލިގަދަކޮށްލައިގެން ނިދާ މީހަކަށްވާނަމަ، އެ އާދަ ބަދަލު ކޮށްލާށެވެ.

ދެން އޮތް ކަމަކީ ކުދި ކުދި ނެޕް ނުނެގުމެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި ފަސްވަރަކަށް ގަޑިއިރަށް ނިދުމަކީވެސް ހަށިގަނޑު ބަރުހެލިވެ، ފަލަވެދާނެ ކަމެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ޕީއެންސީ އަންހެނުންގެ މަޖިލީހަށް 10 މެމްބަރުން އިންތިޚާބުކޮށްފި،
ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީހުގައި (ސެނެޓް) އަންހެނުންނަށް ޚާއްޞަކޮށްފައިވާ 10 ގޮނޑިއަށް ބޭފުޅުން އިންތިޚާބުކޮށްފިއެވެ.
16 Sep 2026
އިސްރާއީލުގެ އަސްކަރިއްޔާއަށް ފޮނުވާ މުދާ މެލޭޝިޔާ މަގުން ގެންދިޔުން ހުއްޓުވާނަން
އިސްރާއީލުގެ އަސްކަރިއްޔާއަށް ފޮނުވާ އެއްވެސް މުދަލެއް މެލޭޝިޔާ މަގުން ގެންދިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މިހެން ވިދާޅުވީ އިސްރާއީލަށް ގެންދަން އުޅުނު ކާގޯ ކޮންޓޭނަރުތަކެއް މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ހިފެހެއްޓުމާ ގުޅިގެންނެވެ.
16 Sep 2026
ހޫތީން މައްކާއަށް ޑްރޯން ހަމަލާއެއް އަމާޒު ކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
ހޫތީންގެ ސިޔާސީ ބިއުރޯގެ މެންބަރު ޙިޒާމް އަލް އަސަދު ވަނީ ރިޔާޛުން ކުރާ ތުހުމަތު ސިފަކޮށްފައިވަނީ ބޮޑު ދޮގެއް ކަމުގައެވެ. މައްކާގެ ވައިގެ ސަރަޙައްދާ ދިމާއަށް ހޫތީންގެ ޑްރޯންއެއް ދަތުރުކުރި ކަމަށް ސަޢޫދީން ބުނެފައިވެއެވެ.
16 Sep 2026
ގެއަށް ރަނގަޅީ ހުދު ލައިޓުތޯ ރީނދޫ ލައިޓުތޯ؟
ލައިޓުގެ ކުލަ ކަނޑައެޅެނީ ކެލްވިން (ކޭ) އިން މިންކުރާ ކަލާ ޓެމްޕެރެޗާ އިންނެވެ. ރީނދޫ ލައިޓް ނުވަތަ ވޯމް ލައިޓްގެ ކެލްވިން 2700 އާއި 3000 އާ ދެމެދުގައި ހުންނައިރު އެ ލައިޓުން ފެންނާނީ އިރުއޮއްސޭ ވަގުތު ނުވަތަ އުއްބައްތިއެއްގެ ހޫނު ރީނދޫ ކުލައެވެ. ހުދު ލައިޓް ނުވަތަ ކޫލް ލައިޓުގެ ކެލްވިން 4000 އާއި 6500 އާ ދެމެދުގައި ހުންނައިރު އެއިން ދޭ އައްޔަކީ ސާފު ހުދު ނޫ ކުލައެއްގެ ތޫނު އައްޔެކެވެ. އެހެންކަމުން ކެލްވިން ދަށްވާ ވަރަކަށް އަލި ހޫނު ރީނދޫކުލައަކަށް ބަދަލުވެ މައްޗަށް ދާ ވަރަކަށް ހުދު ނީލާ ކުލައަކަށް ބަދަލުވެއެވެ.
16 Sep 2026
ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް އިލްތިމާސްކޮށްފި
ޑިވިޑެންޑް ޓެކުހާ ގުޅޭ ޤާނޫނީ ލާޒިމުކުރުންތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ބެލުމަށްފަހު އެ މަޢުލޫމާތު އަޕްޑޭޓުކުރުމަށް ދިރާގުން މިއަދު އިލްތިމާސްކޮށްފިއެވެ.
16 Sep 2026
ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
އެ ސަމާލު ނެރެފައިވަނީ ފަތިހު 5:30 އިން ހެނދުނު 11:30 އާ ހަމައަށެވެ. މެޓުން ބުނީ އެ ވަގުތުތަކުގައި ބޯކޮށް ވާރެވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލާ ހަމައަށް ވައިގަދަވެދާނެ ކަމަށެވެ.
16 Sep 2026
ސަޕްލައި ދޯންޏެއް އަރިއަޅާލައި ކާށިދޫ ކަނޑަށް ދިޔަވަނީ
ފުލުހުން ބުނީ "ސީލައިން 3" ނަމަކަށް ކިޔާ ސަޕްލައި ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތައް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެން ދިޔުމުގެ ސަބަބުން އެ ދޯނި އަރިއަޅާލައި ދިޔަވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:57 އެހައިކަންހާއިރު ކަމަށެވެ.
16 Sep 2026
ޕީއެންސީގެ ނައިބު ރައީސްކަމަށް 6 ބޭފުޅަކު އިންތިޚާބުވެއްޖެ
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަގާމަށް ހަ ބޭފުޅަކު އިންތިޚާބުކޮށްފިއެވެ. މި އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ މަޖިލިސް މެންބަރު އަސްމާ ރަޝީދު އަދި މުހައްމަދު ނިމާލަށެވެ.