12 Sep 2019 | 10:51
ހުޅުމާލޭ އަމީން އެވެނިއު ފްލެޓްގެ ބޯޑް އެކުލަވާލުން މިމަހު 16 ވަނަދުވަހު

އަމީން ކޮންސްޓްރަކްޝަން ކުންފުނިން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ އަމީން އެވެނިއުގެ އަމީން އެވެނިއު އޯކް، ޓީކް އަދި މޭޕަލްގެ ބޯޑު އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން އެކަމަށްޓަކައި ޚާއްސަ ބައްދަލުވުމެއް މިމަހުގެ 16ވަނަ ދުވަހުގެ ރޭ އަށެއް ޖަހާއިރު ހުޅުމާލެ ޔޫތު އިންޑޯ ކޮމްޕްލެކްސްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބޯޑަކީ އިމާރާތުގައި ފްލެޓްތަކުގެ ވެރިންގެ ތެރެއިން 8 މެންބަރުންނާއި އެ އިމާރާތް ތަރައްގީކުރި އަމީންގެ ފަރާތުން އެއް މެންބަރަކު ހިމެނޭ ގޮތަށް އިންތިޚާބުކުރެވޭނެ ބޯޑެކެވެ. މި ބޯޑުގައި ހިމެނޭ މެންބަރުން ހޮވުމަށް ވޯޓުލެވެނީ ފްލެޓްގެ ވެރިންނަށް އެކަންޏެވެ.

އަމީން އެވެނިއުގެ ފްލެޓްތަކުގެ ކޮންޓްރެކްޓްގައިވާ ގޮތުގައި މި ބޯޑަކީ އެޕާރޓްމެންޓްގެ މެނޭޖްމަންޓާއި މެއިންޓްނެންސްގެ ކަންކަން އޮންނާނެގޮތް ނިންމާނެ ފަރާތެވެ. އެގޮތުން އިމާރާތުގެ ގަވާއިދުތަކާއި، އެ ގަވާއިދުތަކަށް ޚިލާފްވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެގޮތް ކަނޑައަޅާނީ މި ބޯޑުންނެވެ.

މިވަގުުތު އަމީން އެވެނިއުގެ ބިލްޑިންގ މެއިންޓްނެންސް މަސައްކަތް ކުރަމުންދަނީ ޕްރީމިއަރ ޕްރޮޕަޓީގެ ފަރާތުންނެވެ. މިއީ ޕްލެޓިނަމް ރެޒިޑެންސްގެ މެނޭޖްމަންޓްވެސް ކުރަމުންދާ ފަރާތެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ
21 Sep 2026
ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި 6 މީހުންނަށް ދައުވާކުރަން ފޮނުވައިފި
ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ) ފޮނުވައިފިއެވެ.
21 Sep 2026
ޣައްޒާގައި ނުރައްކާތެރި އިމާރާތްތައް ތަޅައިލަން ފަށައިފި
އިސްރާއީލުގެ ހަމަލާތަކުގައި ބޮޑެތި ގެއްލުން ލިބި ވެއްޓުމުގެ ބިރު ހީވެފައިވާ 255 އިމާރާތެއް ތަޅައިލުމުގެ މަޝްރޫޢެއް ޣައްޒާގައި ފެށީ ރައްޔިތުންގެ ފުރާނައަށް އޮތް ނުރައްކާ ކުޑަކުރުމަށެވެ.
21 Sep 2026
ޓެކުސް ނުދައްކާ 33 ފަރާތެއްގެ ނަން މީރާއިން ޢާންމުކޮށްފި
ދައުލަތަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް ނުދައްކައި ހުރި 33 ފަރާތެއްގެ މަޢުލޫމާތު މީރާއިން ހާމަކޮށްފިއެވެ.
21 Sep 2026
އަތުލިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
ޢަލީ ފަހުމީގެ ވާދައިގެ ތައްޓަށް ބާއްވާ އަތުލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފައިވާއިރު، ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 8 ވަނަ ދުވަހެވެ.