N/A
N/A
ހަބަރު 11 Sep 2019 | 14:04

150 މީހުން ރަޖިސްޓްރީ ކުރާ ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނަން- އީސީ

2020 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބުގައި، ބޭރު ގައުމެއްގައި 150 މީހުން ވޯޓު ލާން ރަޖިސްޓްރީ ކޮށްފިނަމަ، އެގައުމެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކައުންސިލު އިންތިހާބުގައި 50 މީހުން ރަޖިސްޓްރީ ކުރާ ރިސޯޓްތަކާއި، ސިނާއީ ރަށްތަކުގައި އަދި 25 މީހުން ރަޖިސްޓްރީ ކުރާ ޖަލުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަަހައްޓާފައިވަނީ ސްރީލަންކާގައި އެކަންޏެެވެ. އެގައުމުގައި ވޯޓު ފޮށި ބެހެއްޓީ ވޯޓުލާން 1،000އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރުމުންނެވެ.

ކައުންސިލު އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އެހެންނަމަވެސް އިންތިހާބު ބާއްވަނީ އެމަހުގެ ކޮން ތާރީހެއްގައި ކަމެއް އީސީން ހާމައެއް ނުކުރެެއެވެ. އެ އިންތިހާބު ބޭއްވުމަށް، ގާތްގަނޑަކަށް 70 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އީސީން މީގެ ކުރިން ވަނީ ބުނެފައެވެ.

2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި225،987 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަސްމާލޭ މަޝްރޫޢު ހިންގާ ކުންފުންޏަށް ލިބޭ އާމްދަނީންވެސް 3.1 ބިލިއަން ޑޮލަރު ލިބޭނެ
18 Oct 2026 ހަބަރު

ރަސްމާލޭ މަޝްރޫޢު ހިންގާ ކުންފުންޏަށް ލިބޭ އާމްދަނީންވެސް 3.1 ބިލިއަން ޑޮލަރު ލިބޭނެ

ބިމުގެ ޕްރިމިއަމްގެ ގޮތުގައި ޑިވެލޮޕަރުގެ ޖުމްލަ އާމްދަނީގެ %10 ދައުލަތަށް ދައްކަންޖެހޭނެ ކަމަށާއި، އެއީ 10 އަހަރުދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ކަމަށް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ. ބާޒާރުގައި ޕްރޮޕަޓީގެ އަގު މައްޗަށް ދާއިރު އެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރާއިރު، އޭގެ ތެރެއިން، 500 މިލިއަން ޑޮލަރު އެޑްވާންސްކޮށް ހައުސިން މަޝްރޫއަށް ދައްކަން ކޮމާޝަލް ޓާމްސްގައި އެއްބަސްވެފައިވެއެވެ.

ތަކުރާރުކޮށް އާއްމުންނަށް ގޯނާކޮށް، އުނދަގޫ ކުރާ މީހާ 15 ދުވަހަށް ބަންދުކޮށްފި
18 Oct 2026 ހަބަރު

ތަކުރާރުކޮށް އާއްމުންނަށް ގޯނާކޮށް، އުނދަގޫ ކުރާ މީހާ 15 ދުވަހަށް ބަންދުކޮށްފި

ތަކުރާރުކޮށް މީހުންނަށް ގޯނާކޮށް، ބިރުދައްކައި، އުނދަގޫތައް ކުރަމުންދާ މައްސަލާގައި އިއްޔެ ހައްޔަރު ކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ޕެންޝަން ނިޒާމު ދެނެގަތުމަކީ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް: ޑރ. ވަހީދު
18 Oct 2026 ހަބަރު

ޕެންޝަން ނިޒާމު ދެނެގަތުމަކީ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް: ޑރ. ވަހީދު

ޕެންޝަން ނިޒާމާ މެދު ހޭލުންތެރިވުމަކީ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް ކަމަށް ކުރީގެ ރައީސް ޑރ. ވަހީދު ވިދާޅުވެ، ޕެންޝަން އޮފީހުގެ ވެބްސައިޓުން މަޢުލޫމާތު ހޯދުމަށް ގޮވާލައްވައިފިއެވެ.

އެމްއެންޔޫން ޕޮލިސިންގ ކޮލެޖުގެ މުވައްޒަފުންނަށް ކަރިކިއުލަމް ތައްޔާރުކުރުމުގެ ވޯކްޝޮޕެއް ބާއްވައިފި
18 Oct 2026 ހަބަރު

އެމްއެންޔޫން ޕޮލިސިންގ ކޮލެޖުގެ މުވައްޒަފުންނަށް ކަރިކިއުލަމް ތައްޔާރުކުރުމުގެ ވޯކްޝޮޕެއް ބާއްވައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ )އެމްއެންޔޫ( އިން ނެރުނު ބަޔާނުގައިވާ ގޮތުން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް )އެންސީޕީއެލްއީ( އަށް ހާއްސަކޮށް ބޭއްވި އެ ވޯކްޝޮޕުގައި 35 ބައިވެރިއަކު ބައިވެރިވިއެވެ. ބައިވެރީން ވޯކްޝޮޕުގައި ބައިވެރިވީ ސީދާ ހާޒިރުވެ، އަދި އޮންލައިންކޮށް ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

އަލީ ރަމީޒުގެ ސުވާލެއް އިޙްސާނަށް؛ މަގުތަކުގައި ބިރުވެރިކަން އުފައްދާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ޤާނޫނެއް ނެތްތޯ
18 Oct 2026 ހަބަރު

އަލީ ރަމީޒުގެ ސުވާލެއް އިޙްސާނަށް؛ މަގުތަކުގައި ބިރުވެރިކަން އުފައްދާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ޤާނޫނެއް ނެތްތޯ

އާންމު މަގުތަކުގައި ހުތުރު އެއްޗެހި ގޮވައި، މައިންނާއި ކުޑަކުދިންނަށް އުނދަގޫކޮށް ބިރުވެރިކަން އުފައްދަމުންދާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ޤާނޫނެއް މި ޤައުމުގައި ނެތްތޯ، މަންފާ ޖަމިއްޔާގެ ރައީސް އަލީ ރަމީޒު، ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާނަށް ސުވާލެއް އަމާޒުކޮށްފިއެވެ.

ދެ ފްލެޓެއް ހުސްކުރަން އެންގުމާ އެކު، ކުލި ދައްކަން އެތައް ބަޔަކު ގުޅަން ފަށައިފި
18 Oct 2026 ހަބަރު

ދެ ފްލެޓެއް ހުސްކުރަން އެންގުމާ އެކު، ކުލި ދައްކަން އެތައް ބަޔަކު ގުޅަން ފަށައިފި

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިންގ ފްލެޓުތަކުގެ ތެރެއިން ގަވާއިދުން ކުލި ނުދައްކާ ހުރި ދެ އެޕާޓްމަންޓެއްގެ އެއްބަސްވުން ބާތިލުކޮށް ހުސްކުރަން އެންގުމާ އެކު، ކުލި ދެއްކުމަށް އެދި އެތައް ބަޔަކު ގުޅަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން )އެފްޑީސީ( އިން ހާމަކޮށްފިއެވެ.

ފުރާނައަށް ނުރައްކާވާފަދަ ހާދިސާއެއް؛ މަތިން ވެއްޓުނު ވެލި ބަސްތާ ބޮލަށް ނުވެއްޓި މީހަކު ސަލާމަތްވީ ކިރިޔާ
18 Oct 2026 ހަބަރު

ފުރާނައަށް ނުރައްކާވާފަދަ ހާދިސާއެއް؛ މަތިން ވެއްޓުނު ވެލި ބަސްތާ ބޮލަށް ނުވެއްޓި މީހަކު ސަލާމަތްވީ ކިރިޔާ

މާލޭގައި، ހަދަމުންދާ އިމާރާތެއްގެ މަތިން މަގުމައްޗަށް ވެލި ބަސްތާއެއް ވެއްޓި، ހިނގި ނުރައްކާތެރި ހާދިސާއެއްގައި ސައިކަލެއްގައި ދިޔަ މީހަކު ކިރިޔާ ސަލާމަތްވެއްޖެއެވެ. މި ހާދިސާގައި އެ މީހާގެ ބޮލަށް ބަސްތާ ނުވެއްޓި ސަލާމަތްވީ ސިކުންތު ކޮޅެއްގެ ލަސްވުމަކުންނެވެ.

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ރަސްދޫއިން ހައްޔަރުކޮށްފި
18 Oct 2026 ހަބަރު

މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ރަސްދޫއިން ހައްޔަރުކޮށްފި

ހައްޔަރުކުރި މީހުންގެ ތެރޭގައި އއ. ރަސްދޫގެ ހަތް މީހަކާއި، ހދ. ކުމުންދޫގެ އަންހެނަކާއި، އއ. ތޮއްޑޫގެ މީހަކާއި، ބަންގްލަދޭޝްގެ ރައްޔިތެއް ހިމެނެއެވެ. މި މީހުންގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުމާއި، ބޭނުންކުރުމާއި، އެ ތަކެތި ވިއްކުމުގެ ކުށުގައެވެ.