12 Sep 2019 | 21:58
ޓެރަރިޒަމްގެ ގާނޫނުގެ ބޭނުމަކީ ދީނީ ދަރުސްދޭ މީހުން ހައްޔަރު ކުރުން- އިދިކޮޅު

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޓެރަރިޒަމްގެ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހަކީ ދީނީ ދަރުސް ދޭ މީހުން ހައްޔަރު ކުރަން ހުށަހެޅި އިސްލާހެއް ކަަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވާގޮތުން، އެހެން ގާނޫނުތަކުގައި ކޯޓު އަމުރެއް ހޯދައިގެން މީހުން ހައްޔަރު ކުރަން އޮތަސް، ބިލުގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރަން އުޅޭ މީހަކު އުޅޭ ކަން ބުއްދިއަށް ގަބޫލު ކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެ ނަމަ، ނުވަތަ ހެކި ނައްތާލަފާނެ ކަމަށް ތުހުމަތުކުރެވޭ މީހާ، ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރެވިދާނެއެވެ.

ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ އަށް ޑިމޮކްރެސީ ގެނައުމަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން، އެތަކެއް ރައްޔިތުންގެ މިންނެތް މަސައްކަތާއި ގުރުބާނީން ގެނެވެނު އެންމެ މުހިންމު ބަދަލަކީ ރައްޔިތުންގެ އަސާސީ އެންމެހާ ހައްގުތަކެއް ކަށަވަރުކުރެވިގެންދާނެ ގޮތަށް އެކުލަވާލާފައިވާ ޒަމާނީ ގާނޫނުއަސާސީއެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން، އިސްލާމް ދީނުގެ އެއްވެސް އަސްލަކާއި ހިލާފު ނުވާ ގޮތަށް ހިޔާލު ފާޅު ކުރުމުގެ ހައްގާއި، ކުށެއްގެ ތުުހުމަތު ކުރެވުމުން، އެމީހަކަށް ލިބިދޭ އިންސާނީ ހައްގުތައް، އެންމެ އަސާސީ ހައްގުގެ ތެރޭގައި ހިމެނޭ ކަމަށް އެ ކޯލިޝަނުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޕީޕީއެމް އަދި ޕީއެންސީން ބުނީ އެފަދަ އިސްލާހެއް ގެނައުމަކީ ރާއްޖޭގެ ގާނޫނު އަސާސީގެ އިތުރުން ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި ކުރިއަރާފައިވާ ތަހުޒީބީ މުޖްތަމައުތަކުގައި ކަންކަން ކުރަމުން އަންނަ އުސޫލުތަކާ ހިލާފު ޖަރީމާއެއް ކަމަށެވެ.

ޕީޕީއެމް-ޕީއެންސީން ބުނީ، ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަންނަން ކުރާ ކޮންމެ ކަމަކާ ދެކޮޅަށް އެކޯލިޝަނުން ތެދުވާނެ ކަމަށެވެ. އަދި އެހައްގުތައް ކަށަވަރު ކޮށްދިނުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއްވެސް އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ ބާ ކައުންސިލާއި އެނޫންވެސް ހަމައާއި އިންސާފަށް ލޯބިކުރާ ފަރާތްތަކުން ފާހަގަކުރަމުން އަންނަ ފަދައިން، ސަރުކާރުގެ އެ އަމަލަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އިތުރަށް، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކުރިއަރާފައިވާ ތަހުޒީބު މުޖްތަމައުތަކުގައި ކަންކަން ކުރަމުން އަންނަ އުސޫލުތަކާއި ހިލާފު، ދިވެހި ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
މައިކްރޯސޮފްޓަށް ބަރޯސާވުން ކުޑަކުރުމަށް ސްވިޒަލޭންޑުގައި މަޝްރޫޢެއް
ބޭރުގެ ޓެކްނޮލޮޖީ ކުންފުނިތަކަށް ބަރޯސާވުން ކުޑަކޮށް، ޑިޖިޓަލް މިނިވަންކަން (ޑިޖިޓަލް ސޮވަރިންޓީ) ކަށަވަރުކުރުމުގެ ގޮތުން، ސަރުކާރުގެ އިދާރާތަކުގައި އޯޕަން ސޯސް ސޮފްޓްވެއާ ބޭނުންކުރުމަށް ސްވިޒަލޭންޑް ސަރުކާރުން 11 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު (9 މިލިއަން ސްވިސް ފްރޭންކް) ޚަރަދުކުރުމަށް ފާސްކޮށްފިއެވެ.
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.