14 Sep 2019 | 19:02
ގޮވީ "ލާދީނީ" އަށް. ކުޅުނީ "ނާޗަރަންގީ"

ސިޔާސީ ޕާޓީތަކުގެ ޒިންމާ އަކީ، އެ އިރެއްގައި އޮންނަ ސަރުކާރެއް ޒިންމާދާރު ކުރުވުމެވެ.

އިންތިހާބުގެ ތެރޭގައި ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައިދޭތޯ ބަލައި، އެކަން ސަރުކާރުން ނުކުރާނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވައި، ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަކީވެސް، ސަރުކާރާ އިދިކޮޅުގައި މަސައްކަތް ކުރާ ޕާޓީތަކުގެ މައިގަނޑު މަސައްކަތެވެ.

އަދި ވަކީން ހާއްސަކޮށް، ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި، އިސްލާމީ ރިވެތި އުސޫލުތަކާއި، ދީނުގެ ހަމަތަކާ ހިލާފަށް ސަރުކާރުން ކަމެއް ކުރާނަމަ، އެކަމެއް ހުއްޓުުވުމުގެ މަސައްކަތް ކުރަނީވެސް މި ދެންނެވި ޕާޓީތަކުންނެވެ.

ރޭގައިވެސް ކާނިވާ ސަރަހައްދުން ފެނިގެންދިޔަ ޖަލްސާއިންވެސް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ފާޑުކީ މަންޒަރު ފެނިގެންދިޔައެވެ.

ލާދީނީ ފިކުރަށް ސަރުކާރުން ހިތްވަރުދޭ ވާހަކައާއި، ދީނީ ހަރުކަށި ފިކުރުގެ ނަމުގައި އިލްމުވެރިންގެ ދޫތަކުގައި ތަޅު އަޅުވަން އުޅޭ ވާހަކަ، ރޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ޖަލްސާގައި ވާހަކަ ދެއްކެވި ކޮންމެ ބޭފުޅަކުވެސް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ރޭގެ ޖަލްސާގެ ތެރެއިން، ދޭތެރެ ދޭތެރެއިން ފެނުނީ "ނާޗަރަންގީ" ކުޅޭ މަންޒަރެވެ.

ދެ ބޭފުޅެއްގެ ވާހަކައެއްގެ ތެރެއިން ކޮންމެވެސް ލަވައެއް ޖަހާލައި، ނަށާލައެވެ.

މިއީ ލާދީނީ ފިކުރާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު ދެއްކުން އެންމެ ރީތި މަންޒަރުތޯއެވެ؟ އެފަދަ ކަންކަމުން އެހިތްވަރު ދެވެނީ އެބުނާ "ލާދީނީ" ކަންކަމަށް ނޫންބާއެވެ؟ މި ހުންނަނީ މުޅިންވެސް ސުވާލެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ