އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ -- ފޮޓޯ: ވޮއިސް
ހަބަރު
04 Jul 2025 | 17:23
ކައުންސިލް އިންތިހާބު: އެމްޑީޕީ ޓިކެޓްގެ 33 ޕަސެންޓް ޒުވާނުންނަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު މައި ޕާޓީ -- އެމްޑީޕީން ޓިކެޓް ދިނުމުގައި 33 ޕަސެންޓް ޒުވާނުންނަށް ހާއްސަ ކުރުމަށް ނިންމައިފި އެވެ.

އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ކައުންސިލް އިންތިހާބަށް ޕާޓީން ވަމުންދާ ތައްޔާރީތަކާއި އެ ޕާޓީގެ ނިންމުންތައް ހިމަނާ ރިޕޯޓެއް ހިއްސާކޮށްފަ އެވެ. އެ މަސައްކަތަށް އެކުލަވާލި ކޮމެޓީގެ މުގައްރިރު, ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ވަކި ޕަސެންޓް އެއީ ޒުވާނުން ކަމުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ 33 ޕަސެންޓަކީ ޒުވާނުން ކަމަށް ވިދާޅުވި އެވެ. ޒުވާނުން ކަމަށް ބަލާނީ އުމުރުން 18 އަހަރު ފުރި 35 އަހަރުން ދަށުގެ މީހުންނަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ -- ފޮޓޯ: ވޮއިސް

ޔައުގޫބް އިތުރަށް ވިދާޅުވީ ޓިކެޓަށް ހުޅުވާލާއިރު އެކަމަށް ހާއްސަ ބައެއް ހިމަނާނެ ކަމަށެވެ. އަދި އެއް ދާއިރާއަކަށް އިންތިހާބު ކުރަން ޖެހޭ އަދަދަށް ވުރެ އިތުރަށް ޒުވާނުން ކުރިމަތިލައިފިނަމަ ޕްރައިމަރީއެއް ބާއްވާނެ ކަމަށެވެ.

މިއީ އެމްޑީޕީން ޒުވާނުންނަށް އަބަދުވެސް އޮންނަ ހާއްސަ ފުރުސަތުތަކުގެ ތެރެއިން ކަނޑައެޅި ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ޕާޓީން ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވެސް އެ ޕާޓީން ވާދަކުރާ ކެންޑިޑޭޓުންގެ 33 ޕަސެންޓް ޒުވާން އަންހެނުންނަށް ހާއްސަ ކުރުމަށް ނިންމާފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ -- ފޮޓޯ: ވޮއިސް

އެމްޑީޕީން ނިންމާފައި ވަނީ އެ ޕާޓީގެ ޓިކެޓަށް އެދޭ ކެންޑިޑޭޓުންނަށް ތަމްރީން ޕްރަގްރާމެއްވެސް ބާއްވާށެވެ. އެ ޕްރަގްރާމްގައި ހުރިހާ ކެންޑިޑޭޓުން ވެސް ބައިވެރިވާން ޖެހެ އެވެ.

އަންނަ އަހަރު ކުރީކޮޅު އޮންނަ އިންތިހާބަށް ޕާޓީތަކުން މިހާރު ދަނީ ތަައްޔާރުވަމުންނެވެ. ކައުންސިލްް އިންތިހާބަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އިންތިހާބެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.