އަދުގެ ހާލަތު ޔޫސޭގެ ޑްރާމާއިން!

17 Sep 2019 | 12:02

މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ)އަކީ ގިނަ ދިވެހިންނަށް ފަރިތަ މޫނެކެވެ. ދިރިއުޅުމަކީ މިއީބާގެ އެޕިސޯޑްތަކުން ދިވެހިން ހެއްވާލިއިރު، އެއިން ކޮންމެ އެޕިސޯޑަކީ ދިވެހި މުޖުތަމައުގައި ހިނގާ ސީރިއަސް މައްސަލަތައް ހެއްވާމަޖާ ނަޒަރަކުން ގެނެސްދޭ އެޕިސޯޑެކެވެ. ނަމަވެސް ފާހަގަކޮށްލެވޭ އާދަޔާ ޚިލާފު ކަމަކީ ޔޫސޭގެ ކުރީގެ އެޕިސޯޑްތަކުން މިއަދުގެ ހާލަތު ގެނެސްދީފައިވާ ކަމެވެ.

ދާދިފަހުން މީޑިޔާތަކުގެ ފަލަ ސުރުހީއަށް އެރި ޚަބަރަކީ ގަވާއިދާއި ޚިލާފަށް އުޅުނު ދެ ބިދޭސީއަކު ދިވެހިރާއްޖެއިން ޑިޕޯޓްކޮށްލި ވާހަކައެވެ. އެއް ބިދޭސީއަކީ އިންސާނީ ވަގުފާރި ތުހުމަތުކުރަމުންދިޔަ ކަމުގެ ތުހުމަތު ކުރެވުނު ފަރާތެކެވެ. އަނެކަކަކީ މަނީ ލޯންޑްރިންގ ކުރާކަމުގެ އަޑުފެތުރިފައިވާ ފަރާތެކެވެ.

ބިދޭސީން ދިވެހިރާއްޖޭގައި ގިނަވެއްޖެނަމަ އޭގެ ނުރަނގަޅު އަސަރު ކުރާނެ ވާހަކައަކީ ޔޫސޭގެ ޑްރާމާތަކުގައި އަބަދުވެސް ހިމެނޭ ވާހަކައެކެވެ.

އެގޮތުން އިއްޔެ ސޯޝަލް މީޑިޔާގައި ޔޫސޭ އާންމުކުރި ކުރީގެ ޑްރާމާ އެޕިސޯޑަކުންެވެސް ވަނީ މިއަދުގެ ހާލަތު ދައްކައިދީފައެވެ. ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަން އޮފިސަރަކު އައުމުން އެ ބިދޭސީން ފިލަން އުޅުމުން ޔޫސޭ އެމީހުން ހިފަހައްޓާ މަންޒަރެވެ. ނަމަވެސް އެ އޮފިސަރަށް ފުރަތަަމަ ބިދޭސީއެއް ކަމަށް ހީކޮށް ވޯކް ޕާމިޓް ދެއްކުމަށް އެދެެވެނީ ޔޫސޭގެ ގާތުންނެވެ.

މިއީ އަދުގެ ހާލަތެވެ. ދިވެހިންގެ ފަރުވާކުޑަކަމާއި، އިންސާނީ ކަރާމާތަށް ގަދަރުނުކުރުމުގެ ސަބަބުން ގަވާއިދާއި ޚިލާފަށް ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އިތުރުވެއްޖެއެވެ. އެ ޑްރާމާގައި ބުނާ ފަދައިން މިކަމަށް ހައްލެއް ލިބެވޭނީ އާންމުންގެ އެއްބާރުލުމާއި އެކުގައެވެ.

Advertisement

ކޮމެންޓް

Advertisement