17 Sep 2019 | 19:02
ކުޅުދުއްފުށީ ސްކޫލްގައި ހިންދޫ ދީނުގެ ހަފްލާއެއް ބޭއްވި މައްސަލައެއް ފެންމަތިވެއްޖެ

ހދ.ކުޅުދުއްފުށީގެ އަމީރު އަމީން ސްކޫލްގައި އިންޑިއާގެ ދީނީ މުނާސަބަތެއް ފާހަގަކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެކަން ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު، އެ ސްކޫލުގައި ކިޔަވާދޭ އިންޑިއާގެ ޓީޗަރުންތަކެއް އިސް ނަގައިގެން، އެއީ ގެޓް ޓުގެދާއެއް ކަމަށް ބުނެއެވެ. އެ ހަރަކާތުގެ ގިނަ ފޮޓޯތަކެއް މީސް މީޑިއާގައި ވައިރަލް ވަމުން އަންނައިރު، އެކަން މީހުންގެ ސަމާލުކަމަށް ގެންނެވީ، އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއއުޓީ މިނިސްޓަރު އަލީ އާދަމެވެ.

އޭނާ ވިދާޅުވެފައިވަނީ މިދިޔަ ހުކުރު ދުވަހު މެންދުރު އަމީރު އަމީން ސްކޫލުގެ ތެރޭގައި އިންޑިޔާގެ ހިންދޫ ދީނު އިހްތިފާލެއް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައިވާ ކަމަށެވެ.

އަދި އެ ސްކޫލްގައި ބިދޭސީ ޓީޗަރުން ފާހަގަކުރި "އޯނަމް" އަކީ، ހިންދޫއިންގެ ދީނީ ފެސްޓިވަލެއް ކަންވެސް ހަގީގަތް ބަލައިފިނަމަ، އެނގޭނެ ކަމަށްވެސް ކުރީގެ ޑެޕިއުޓީ ވަނީ ވިދާޅުވެފައެވެ.

އާދަމް ވިދާޅުވެފައިވަނީ އަމީރު އަމީން ސްކޫލުގައި އޯނަމް ފާހަގަކުރި ހަފްލާގައި ދިވެހިންވެސް ބައިވެރިވެފައިވާކަން ފާހަގަކުރެވޭކަމަށެވެ. އަދި އެހެން ދީންތަކުގެ އިހުތިފާލުތައް ރާއްޖޭގައި ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، އެހަފްލާގެ ފޮޓޯތައްވެސް މީސް މީޑިއާގައި ދައުރު ނުކުރަން އޭނާ އިލްތިމާސް ކުރެއްވިއެވެ.

އަލީ އާދަމްގެ އެ ވާހަކަތައް ދޮގުކޮށް ކުޚުދުއްފުށީ ކައުންސިލުންގެ ފަސް މެމްބަރުން ސޮއިކުރައްވާ، އިއްޔެ ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. އެނޫސްބަޔާނުގައި ބުނެފައިވަނީ އެފަދަ ދީނާ ހިލާފު އެއްވެސް ކަމެއް ސްކޫލުގައި ހިނގާފައިނުވާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ފެތުރުމުގެ ކުރިން އެކަމެއްގެ ތެދު ދޮގު ސާފުކކުރެއްވުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jun 2026
"ލޭ އެޕް"އިން އިސްނަގައިގެން ނެރޭ ލަވަ މާދަން ރިލީސް ކުރަނީ
މި ލަވަ ނެރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު، ޓީވީއެއްގެ ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ.
25 Jun 2026
މާލެ އޭރިއާގެ 84 ފުލުހަކަށް ޝަރަފުގެ ނިޝާން
މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 84 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެ އެވެ.
25 Jun 2026
ޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި
މިއީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި ހަދިޔާ ކުރި ސިސްޓަމެކެވެ.
25 Jun 2026
އެމްއެންޔޫގެ ޢަރަބި ބަހުގެ ކްރޭޝް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
އެމްއެންޔޫއިން ބުނީ މި ކޯހަކީ ޢަރަބި ބަހުގެ އަސާސްތައް ދަސްކޮށްދިނުމަށާއި، އެ ޔުނިވަރސިޓީން ކުރިއަށްގެންދާ ޢަރަބި ބަހުގެ އެކި ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ކޯހެއް ކަމަށެވެ.
25 Jun 2026
ޓޫރިޒަމް އޯފް ސީޒަނުގައި ބޭންކްތަކަށް އެމްއެމްއޭއިން ވިއްކާ ޑޮލަރު އިތުރުކުރަން ނިންމައިފި
ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ
25 Jun 2026
ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒެޕް
މިޕަރޓްނަރޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒެޕްމެދުވެރިކޮށް %5 އިން %15 އާ ހަމައަށް ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.
25 Jun 2026
އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ގެއްލުންދެނީ
މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ތާރީޚީ ބިނާއަށް ބަޔަކު ގަސްދުގައި ގެއްލުންދެމުންދާކަން މިހާރު ވަނީ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައެވެ.
25 Jun 2026
ޤަތަރަށާއި ޔޫއޭއީއަށް ސަފީރުން އައްޔަނު ކުރައްވައިފި
އެގޮތުން ރައީސުލްޖުމްހޫރިއްޔާ، ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަން ކުރެއްވީ، ކުރީގެ ސިޓީތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.