18 Sep 2019 | 15:46
ރާއްޖޭގައި އާ މަސް ފެކްޓްރީއެއް އަޅަނީ

ރާއްޖޭގައި އާ ބޮޑު މަސް ފެކްޓްރީއެއް އެޅުމަށް މިފްކޯއިން ނިންމައިފިއެވެ.

މިފްކޯއިން މިކަން ނިންމިކަން އިއުލާންކުރައްވާފައިވަނީ އެ ކުންފުނި ހިންގަމުންދާ އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން އަމްރުއެވެ.

ފެލިވަރު މަސް ފެކްޓްރީގެ މަސައްކަތްތައް މީޑިޔާތަކަށް ދައްކާލުމަށްފަހު އަމްރު ވިދާޅުވީ އާ ބޮޑު މަސް ފެކްޓްރީއެއް އެޅުމަށް ނިންމާފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. އަދި އެތަން އެޅުމަށް ރަނގަޅު ތަނެއް ބަލަމުން އަންނަކަމަށް އަމްރު ވިދާާޅުވިއެވެ.

" އޭގަ ދެ ކަމެއް އެބައޮތް. އެއް ކަމަކީ މިހާރު ހުރި ފެކްޓަރީ އެކްސްޕޭންޑް ކުރަންޏާ ފަސޭހަތަކެއް އެބަހުރި. އެއީ މިހާރު ވެސް ލައިސަންސްތަކާއި އޮޑިޓްތައް އިންޓަނޭޝަނަލް ސްޓޭންޑަޑަށް ހެދިފައި ހުރި ފެކްޓްރީއެއް ވީމަ. އެހެންވީމަ، މި ތަން [ފެލިވަރު] އެކްސްޕޭންޑް ކުރީމަ އޮޑިޓްކުރުމާއި ކަންކަމަށް ފަސޭހަވާނެ. މުޅިން އަލަށް ފެކްޓަރީއެއް ހަދާ ނަމަ ވަރަށް ދުވަސް ނަގާނެ ހުރިހާ ކަމެއް ކުރަން"، އެބޭފުޅާ ވިދާޅުވިއެވެ.

އަމްރު ވަނީ މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް، ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ ގިނަ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ބާބުލް މަންދަބު ކަނޑުއޮޅިއަށް އިޓަލީން މަނަވަރެއް ފޮނުވަނީ
ބާބުލް މަންދަބު ކަނޑުއޮޅީގައި ނުރައްކާ ބޮޑުވާތީ އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރަން ކަނޑުގެ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިޓަލީން ވަނީ ބުނެފައި
19 Sep 2026
ޕީއެންސީ ޓޫރިޒަމް ކޮމިޓީގެ ރައީސާކަމުގެ މަގާމަށް އަލައިކާ
އަލައިކާ އަކީ މިހާރުވެސް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ
19 Sep 2026
ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުން 341 ޒުވާނުން ތަމްރީނު ފުރިހަމަކޮށްފި
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތު ބާއްވާފައިވަނީ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ. ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާ އެކު ޝަރަފުގެ ހިނގާލުންވެސް އެ ރަސްމިއްޔާތުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
19 Sep 2026
ލ.ގަމުގައި ބޭއްވި ރޭސިން މުބާރާތެއްގ ެތެރެއިން ނުަރއްކާތެރި އެކްސިޑެންޓެއް
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލް ކޮންޓްރޯލުން ނެއްޓި ގޮސް މޫދަށް ވެއްޓިގެންނެވެ.
19 Sep 2026
ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން: ޣައްސާން
‏ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
19 Sep 2026
ބްރެންޓްފޯޑް އަތުން ބަލިވެ، ޗެލްސީއަށް އިތުރު ނުތަނަވަސްކަމެއް
މި ނަތީޖާގެ ސަބަބުން ޗެލްސީގެ ކޯޗް ޒަބީ އެލޮންސޯއަށް އިތުރު ފިއްތުންތައް ވަނީ ކުރިމަތިވެފައެވެ. މި ނަތީޖާއާއެކު ޗެލްސީ ވެފައިވަނީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކޮޅަށް ވަން ޓީމަށެވެ. އެ ޓީމުން ކުޅުނު ފަސް މެޗުގައި 12 ލަނޑު ވަދެފައިވާއިރު، އެއްވެސް މެޗެއްގައި ކޮޅަށް ލަނޑެއް ނުވަދެ ހިފަހައްޓާލެވިފައެއް ނުވެއެވެ.
19 Sep 2026
ޕީއެންސީ މެންބަރުންގެ އަދަދު 80،000 އަށް އަރައިފި: ރައީސް
މިވަގުތު އެ ޕާޓީގައި 80,083 މެންބަރުން އެބަ ތިބި ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަމާޒަކީ ޕާޓީގެ މެންބަރުންގެ އަދަދު 100,000 ގެންދިއުން ކަމަށެވެ.
19 Sep 2026
ބަންގްލަދޭޝްއަށް ފުރަންގޮސް ތިބި ހަ މީހެއްގެ އަތުން 3.8 މިލިއަން ރުފިޔާ
ހުއްޓުވި ބަންގްލަދޭޝްގެ ހަ މީހެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ވަނީ ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.