ބިދޭސީންގެ މައްސަލަ ހައްލުނުވެއްޖެނަަމަ މަގާމުގައި ނުހުންނާނަން: ފައްޔާޒު

18 Sep 2019 | 22:39

ދިވެހިރާއްޖޭގައި ގަވާއިދާއި ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުނުވެއްޖެނަމަ މަގާމުގައި ދެމި ނުހުންނަވާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ އެ މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ އަމިއްލަ އަށް ކޯޓާ ވިއްކާ ވާހަކަ އެކި މީހުން ދައްކާ ވާހަކަކަމަށާއި އެބޭފުޅާގެ ފަރާތުން އެކަހަލަ އެއްވެސް ކަމެއް ނުހިނގާނެކަމަށެވެ.

"އަޅުގަނޑު މިކަން ހައްލު ކުރާނަން. ހައްލު ނުވެއްޖެ ނަމަ އަޅުގަނޑު މި މަގާމުގައި ނުހުންނާނަން"، ފައްޔާޒު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިބްރާހިމް ވިދާޅުވީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ މުއްދަތަށް ބަންގްލަދޭޝްގެ މަސައްކަތު މީހުން ނުގެނެވުނަސް، އެހެނިހެން ވަޒީފާތަކަށް ބަންގްލަދޭޝް މީހުން ގެނެވޭނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އަދި މީގެ ފަހުން އެއްވެސް މަޝްރޫއަކަށް ބިދޭސީން ގެންނަން ކޯޓާއަށް އެދޭނަމަ އެ ބަޔަކަށް ކޯޓާ ދޫކުރާނީ އެ މަޝްރޫއުއެއް ކޯޓުގައި ރަޖިސްޓްރީކޮށް އެ ލިޔެކިޔުންތައް ހުށައެޅުމުން ކަމަށެވެ.

Advertisement

ކޮމެންޓް