ރީތި ފޮޓޯ އިންސްޓެގްރާމް ކުރުމަކީ ވަރި ގިނަވާ ކަމެއް؟

24 Sep 2019 | 00:05

މީސްމީޑިއާއަކީ ލޯބިވެރިން ނުވަތަ ދެމަފިރިއެއްގެ ގުޅުމަށް އަސަރު ކުރުވާ އެއްޗެއް ކަމަށް ގިނަ މީހުން ގަބޫލު ކުރެއެވެ.

އެގޮތުން، ސޯޝަލް މީޑިއާގައި ގިނައިން ފޮޓޯ ހިއްސާ ކުރާ ލޯބިވެރިން ނުވަތަ ދެމަފިރިންގެ މެދުގައި މައްސަލަތައް ގިނަ ކަމަށް ދިރާސާތަކުން ދައްކައެވެ. މިކ ދިރާސާކޮށްފައިވަނީ ނިއު މެކްސިކޯ ޔުނިވާސިޓީއިން ކުރި ދިރާސާއަކުންނެވެ. އެގޮތުން، މާ ގިނައިން ފޮޓޯ އިންސްޓެގްރާމް ކުރާ މީހުންގެ މެދުގައި ވަރި ގިނަވާ ކަމަށްވެސް ދިރާސާއިން ދައްކައެވެ.

މީސްމީޑިއާގައި އެންމެ ގިނައިން ފޮޓޯ ހިއްސާ ކުރަނީ "އިންސްޓެގްރާމް"ގައެވެ. ރާއްޖޭގައިވެސް އިންސްޓެގްރާމް މޮޑެލުން ނުހަނު ގިނައެވެ. އެފަދަ ފަރާތްތަކުގެ ތެރޭގައި "ސިންގަލް" މީހުންނާއި، "މެރީޑް" މީހުންވެސް އުޅެއެވެ. ގިނައީ "ސިންގަލް"މީހުންނެވެ. ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި ބައިވެރިޔާ އިންސްޓެގްރާމަށް ރީތި ފޮޓޯތައް ލާނަމަ، ޝައްކު ކުރުމުގެ ފުރުސަތު ބޮޑުވެ، "އިންސެކުޔަރ" ވުމަށް މަގުފަހި ކުރުވައެވެ.

އެހެންވާން ދިމާވަނީ މާރީއްޗަށް ނަލަ ހެދިގެން މީސްމީޑިއާއަށް ފޮޓޯ ލުމުން، އެހެން މީހުންގެ ސަމާލުކަން އެފަރާތަކަށް ލިބޭތީކަމަށްވެއެވެ. އަދި ސަމާލުކަން ލިބި ބައިވެރިޔާއަށް ވުރެ މާ ރަނގަޅުވާނެހެން ހީވާ މީހުން ފެންނާތީ ކަމަށްވެސް ދިރާސާއަކުން ދައްކައެވެ.

"ބައިވެރިޔާ އިންސްޓެގްރާމަށް ނޫނީ އެހެން އެޕަކަށްވެސް ފޮޓޯލުމަކީ ރަނގަޅު ކަމެއް ނޫން. މައްސަލަ ޖެހޭ ކަމެއް" ވޮއިސްއަށް މައުލޫމާތު ދިން ޒުވާނަކު ބުންޏެވެ.

"އެއީ ޝައްކު ކުރެވެންވެސް ހުޅުވޭ ދޮރެއް" އިތުރު ޒުވާނަކު ބުންޏެވެ.

ދިރާސާއަކުން ދައްކާ ގޮތުން، އެންމެ ހަމަޖެހިގެން ދިރިއުޅެނީ މީސްމީޑިއާގައި އެހާ "އެކްޓިވް" ނޫން މީހުން ކަމަށެވެ. އެގޮތުން އެފަދަ މީހުންގެ މެދުގައި މައްސަލަތައްވެސް މަދު ކަމަށް ދިރާސާއިން ދައްކައެވެ. 

Advertisement

ކޮމެންޓް