25 Sep 2019 | 11:25
ހުއްޓުވަންވީ ހަރުކަށި ފިކުރު އެކަނިތޯއެވެ

މި ސަރުކާރު އައި ފަހުން "ހަރުކަށި" ފިކުރު ރާއްޖޭގައި ފެތުރެމުން އަންނަ ވާހަކަ ދައްކާ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. މުޅިއަކުން ގޯހެއް ނޫނެވެ. އެކަންވެސް މައްސަލައަކަށްވާއިރު ހައްލު ކުރެވޭނީ އެވާހަކަ ދެކެވިގެންނެވެ.

"ހަރުކަށި" ފިކުރު ކަމުގައި މި ބުނެވޭ ފިކުރަކީ ދީނީ ކަންކަމުގައި ހައްދު ފަހަނައަޅައިދިއުމަށެވެ. އެގޮތުން ދީނީ ގޮތުން ހައްދު ފަހަނައަޅައި ދިއުމޭ ކިޔަނީ ޖިހާދު ކުރުން ފަދަ ކަންކަން ކުރުމަށް ހިތްވަރުދޭ މީހުންނަށެވެ.

އެކަމުގެ ވާހަކަ ސަރުކާރުން އަޑު ހަރުކޮށް ދައްކަމުން އަންނައިރު، އެ ކިޔާ "ލާދީނީ" ފިކުރުގެ މީހުން ހިތުހުރި އެއްޗެއް ގޮވަމުން ދަނީއެެވެ. ފޭސްބުކް ޕޭޖުތަކުގައި އިސްލާމް ދީނަށާއި، ރަސޫލާއަށް ފުރައްސާރަ ކުރަމުން އެދަނީއެވެ. އެވާހަކަ ސަރުކާރުގެ އިސްވެރިއަކު ނުދައްކަވައެވެ. ޓެލެކޮމް މިނިސްޓްރީންވެސް ބުނީ އެފަދަ ޕޯސްޓުތައް ކުރާ ޕޭޖުތަކުގެ މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ. ނުއެއް ބެލެއެވެ. ބައެއް ފަހަރު ޕޭޖެއް ބްލޮކް ކުރި ވާހަކަ ބުނާއިރު، އެ ޕޭޖަކަށް ވަދެވޭތީ ރައްޔިތުން އެބަ ކަންބޮޑުވުން ފާޅު ކުރެއެވެ. މިއީ ކަންބޮޑުވުން ހުރި ކަންތައްތަކެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ "ސިރޫ އާޓްސް"ފަދަ ޕޭޖުތައް ސަރުކާރަށް ހުއްޓުވޭ ކަމަށެވެ. އެހެންނަަމަވެސް "ޖުހާ"ފަދަ އިސްލާމް ދީނަށް ހަޖޫ ޖަހާ ޕޭޖުތަކެއް ނުހުއްޓުވޭ ކަމަށެެވެ.

ރައީސް ސޯލިހު އދއަށް ވަޑައިގެންވެސް ދެއްކެވީ ހަރުކަށި ދީނީ ފިކުރު އޮންލައިން ޕްލެޓްފޯމްތަކުގައި ފަތުރަމުން އަންނަ ވާހަކައެވެ. "މިނިވަން" ފިކުރުގެ އެއްވެސް ވާހަކަފުޅެއް އެމަނިކުފާނު އަދި މިހާތަނަށް ބައިނަލްއަގްވާމީ ޕޯޑިއަމެއްގައި ނުދައްކަވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް