26 Sep 2019 | 16:46
ޔޫއެންޕީން ލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނީ ސަޖިތު ޕްރޭމަދާސަ

ސްރީލަންކާގެ ބޮޑުވަޒީރު ނިސްބަތްވެވަޑައިގަންނަވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓަކަށް އެޕާޓީގެ ނައިބު ލީޑަރ އަދި މަޖިލިސް މެންބަރު ސަޖިތު ޕްރޭމަދާސަ ހަަމަޖައްސައިފިއެވެ.

މިގޮތަށް ހަަމަޖަައްސާފައިވަނީ މިއަދު މެންދުރުފަހު ބޭއްވުނު އެޕާޓީގެ އިސްވެރިންގެ މަޖިލީހުގެ ޚާއްސަ ބައްދަލުވުމެއްގައެވެ.

މިއާއި އެކު މާދަމާގެ ވަގުތެއްގައި ޔޫއެންޕީން ސަޖިތު ޕްރޭމަދާސައިގެ ނަންފުޅު މަތީގައި ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހުށައަޅަންޖެހޭ ފައިސާގެ އަދަދު ހުށައަޅާާނެކަމަށް ވަނީ ބުނެފައެވެ. ސަޖިތުގެ ބައްޕާފުޅު ރަނަސިންގަ ޕްރޭމަދާސައަކީ ސްރީލަންކާގެ ރައީސްކަން މީގެ ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ.

ޔޫއެންޕީގެ ފަރާތުން ރިޔާސީ ކެނޑިޑޭޓެއްގެ ގޮތަށް ސަޖިތު ޕްރޭމަދާސަ ނެރުމަށް ނިންމާފައިވަނީ ގިނަ ދުވަސްތަކެއްގެ މަޝްވަރާއާއި ނުތަނަވަސްކަމަށް ފަހުގައެވެ. ފާހަަގަކޮށްލެވޭ ގޮތުގައި އެޕާޓީގެ ލީޑަރު އަދި މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަަމަސިންހަ އަދި ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސުރިޔާވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް މީގެ ކުރިން ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ސަޖިތަކީ މިވަގުުތު ސްރީލަންކާގެ ހައުސިންގ މިނިސްޓަރގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ފަރާތެކެވެ. އެބޭފުޅާ ވަނީ ޔުނިވަރސިޓީ އޮފް ލަންޑަނުން އިކޮނޮމިކް، ޕޮލިޓިކްސް އަދި އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ޑިގްރީއެއް ހޯއްދަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
8 ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރަންސް ފަށައިފި
މި ކޮންފަރެންސްގެ ސަބަބުން ކިޔަވައިދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގެ އައު މައުލޫމާތާއި، ކިޔަވައިދިނުމުގެ ޒަމާނީ އުކުޅުތައް ދަސްވެ، ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.