29 Sep 2019 | 23:05
މަހްލޫފް މިނިސްޓަރ އޮފް ބޮލީވުޑް؟

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އިންޑިއާގެ ސެލެބްރިޓީންނާ ބައްދަލު ކުރައްވައި، ސެލްފީ ނަންގަވަމުންދާތީ، މިނިސްޓަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެއްޖެއެވެ.

އަމިއްލަ ދަތުރުފުޅެއްގައި މިނިސްޓަރު އިންޑިއާއަށް ވަޑައިގެން ބޮލީވުޑްގެ އެތައް ތަރިންނާ ބައްދަލު ކުރައްވައި، ސެލްފީތައް ހިއްސާ ކުރައްވަމުން އަންނައިރު، މީސްމީޑިއާ ގައި މަހުލޫފަށް ފާޑު ކިޔާ ފަރާތްތަކުން ބުނަނީ އޭނާ އަކީ "މިނިސްޓަރ އޮފް ބޮލީވުޑް"ކަމުގައެވެ. އަދި މިނިސްޓަރުގެ ދަތުރަށް ހަރަދު ކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.

ޔޫތު މިނިސްޓަރ ވަނީ އެފަދަ ތުހުމަތު ކުރާ ރައްޔިތުންނަށް ރައްދުވެސް ދެއްވައިިފައެވެ. އެގޮތުން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރަކީ މިނިސްޓަރުގެ އަމިއްލަ ޖީބުން ކުރައްވާ ހަރަދެއް ކަމަށާއި، އެދަތުރުގެ ވާހަކަ އެކި ގޮތްގޮތަށް ދައްކައިގެން މިނިސްޓަރުގެ އިިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވަނީ "ހަސަދަވެރި" ވާ ބައެއް ކަމަށްވެސް މިނިސްޓަރު ތުހުމަތު ކުރައްވައެވެ.

ކޮންމެއަކަސް، ބޮލީވުޑްގެ ފުންނާބު އުސް ތަރިންނާއެކު ސެލްފީ ނެންގެވުމަކީ މިނިސްޓަރު މަހުލޫފުގެ "ވިޝްލިސްޓް"ގައި އޮތް މުހިންމު ކަމަކަށްވެސް ވެދާނެއެވެ. އެއީ ގޯސްކަމެއްވެސް ނޫނެވެ. ތިޔައިގެ ތެރެއިން ގިނަ މީހުންވެސް ބޮލީވުޑްގެ ތަރިންނާ ބައްދަލުކޮށް، ފޮޓޯ ނަގާހިތްވާނެ ކަން ޔަގީނެވެ.

އެހެންނަމަވެސް ދައުލަތުގެ ވަޒީރަކު އެފަދަ ކަމެއް ކުރައްވަމުން ގެންދަވާނަމަ، އެކަމާބެހޭ މައުލޫމާތު ސާފުކޮށް، އެ ހަރަދުތައް އެކުރަނީ ކިހިނެއް ކަމާމެދު، ޑިމޮކްރަސީ ފައްކާވެފައިވާ ގައުމެއްގެ ރައްޔިތުން ސުވާލު އުފައްދާނޭ ކަމީ އެއްވެސް ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

މިނިސްޓަރު މަހުލޫފު އެހުންނެވީ މި ގައުމުގެ އެންމެ ބޮޑު ރައުސުލްމާލު ކަމުގައިވާ ޒުވާނުންގެ ވުޒާރާއާ ހަވާލުވެވަޑައިގެންނެވެ. ހަމަ ޔަގީނުންވެސް ޒުވާނުންގެ އުއްމީދުތައް ނުހހަނު ގިނައެެވެ. އެ ޒުވާނުން ބޭނުންވާ ކިތަންމެ ކަމެއް އެބަހުއްޓެވެ. އެހެންކަމުން އެކަންކަމަށް ވަގުތު ދެއްވުމުގެ ބައްދަލުގައި ބީރައްޓެހި ގައުމަކަށް ވަޑައިގެން، މިނިސްޓަރުގެ އަމިއްލަ މުހުތާދުތަކެއް ފުއްދަވަމުން ގެންދަވާ ކަމަށް ވާނަމަ، ޒުވާނުންވެސް އެކަންކަމާމެދު ސުވާލު އުފައްދާނެއެވެ.

ގައުމުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. އެކަމުގެ ސަބަބުން އެތައް އާއިލާއަކަށް ހިތްދަތިކަން ލިބުނެވެ. "ކޮމިއުނިޓީ އެމްޕޕަވަރމެންޓް"ވެސް މިނިސްޓަރު މަހުލޫފުގެ ޒިންމާތަކުގެ ތެރެެއަށް އަންނަ ހިނދު، މި ދަނޑިވަޅުގައި މަޝްހޫރު ސެލެބްރިޓީންނާއެކު ސެލްފީ ނަންގަވަމުން، އެއީ އާދައިގެ ކަމެއްގެ ގޮތަށް ރައްޔިތުންނަށް ދައްކަވަމުންދާއިރު، އެކަމުގެ ސަބަބުން ރައްޔިތުންނަށް އެދެވެނީ އެންމެ ރަނގަޅު މެސެޖު ކަމާމެދު ސުވާލު އުފެދެއެވެ.

އަޅުގަނޑަކީވެސް ޒުވާނަކީމެވެ. ޒުވާނެއްގެ ހައިސިއްޔަތުން، އެފަދަ ސުވާލުތަކެއް އަޅުގަނޑުގެ ހިތުގައިވެސް އުފެދެއެވެ. ޒުވާނުންނަށް މިއަދު އެންމެ ބޮޑަށް ބޭނުންވަނީ އިންޑިއާގެ ރިއަލިޓީ ޝޯތައް ހެއްޔެވެ؟ ނޫންނަމަ، މަތީ ތައުލީމު ގެ ފުރުސަތާއި، އަމިއްލަ ވިޔަފާރިއެއް ފެށުން ފަދަ ކަމެއް ކުރުމަށް ސަރުކާރުގެ ފަރާތުންދޭ ލުއި ލޯނެއް ނޫންހެއްޔެވެ؟ މިކަންކަމާއިމެދު މިނިސްޓަރު މަހުލޫފުވެސް ފުންކޮށް ވިސްނަވާލެއްވުން މުހިންމެެވެ.

ޒުވާނުންނަކީ ހަމައެކަނި ކުޅިވަރާ މަޖަލުގައި މަޝްއޫލުވެގެން އުޅޭ ބަޔަކަށް ނުހަދައި، ޒުވާނުންގެ މުސްތަގްބަލު އުޖާލާ ކޮށްދޭނެ ފަދަ މަޝްރޫއުތައް ފެށުމަކީ މުހިންމު ކަމެއްކަން މިނިސްޓަރު ހަނދުމަފުޅު ބެހެއްޓެވުން މުހިންމެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Sep 2026
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
28 Sep 2026
ނޮވެންބަރުގެ ނިޔަލަށް ހުރިހާ ޑްރަގް ކެފޭތައް ބަންދުކުރެވޭނެ: އިހްސާން
މި ވޭތުވެދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ޑްރަގް ކެފޭގެ ގޮތުގައި ހިންގަމުންދާ 17 ތަނެއް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
އީޝާގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލައިފި
އެކަން ޕީޖީ އޮފީހުން ވަނީ ވޮއިސްއަށް ޔަގީންކޮށްދީފަ އެވެ. އީޝާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ ދަށުން ގަޒުފުގެ ދައުވާ އެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ