N/A
N/A
ހަބަރު 29 Sep 2019 | 14:06

ދަރުމަންތަ ހޮސްޕިޓަލް ރަސްމީކޮށް ނުހުޅުވާނެ، އެއީ އައިޖީއެމްއެޗް ގެ ބައެއް: އައިޖީއެމްއެޗް

25 ބުރީގެ ޒަމާނީ ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ނުހުޅުވާނެކަމަށާއި، އެއީ އިންޑިއާ ސަރުކާރުން އަޅާދީފައިވާ އައިޖީއެމްއެޗް ގެ ބައެއްގޮތުގައި ހަމަ ޖައްސާފައިވާކަމަށް އައިޖީއެމްއެޗްއިން ހާމަކުރައްވައިފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމާއި ގުޅިގެން "ވޮއިސް" އިން ކުރި ސުވާލަކަށް އައިޖީއެމްއެޗްގެ މާކެޓިންގ މަލާހާ ވިދާޅުވިގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްއަކީ އައިޖީއެމްއެޗް ގެ ބައެއްކަމަށް ހަމަޖައްސާފައިވާކަމަށާއި އެހެންކަމުން ދަރުމަވަންތަ ރަސްމީކޮށް ނުހުޅުވާނެކަމަށެވެ.

މަލާހާ އިތުރަށް ވިދާޅުވިގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު އަންނަނީ އައިޖީއެމްއެޗްގެ ބައެއް ޑިޕާޓްމަންޓްގެ މަސައްކަތްތައް ބަދަލުކުރަމުންކަމަށެވެ.

އެގޮތުން ފުރަތަމަ ފަންޖިފިލާއިން ރޭޑިއޮލޮޖީ، ދެވަނަ ފަންގިފިލާއިން ކުޑަކުދިންގެ ޑިޕާޓްމަންޓާއި، ނާރުގެ ބަލިތައް، ތިންވަން ފަންގިފިލާއަށް ފިޒިއޯތެރަޕީއާއި ހައިޑްރޯ ތެރަޕީ، ފަސްވަން ފަންގިފިލާއިން ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ހަވަނަ ފަންގިފިލާއިން ލޮލާއި ކަރުންމަތީގެ ޑިޕާޓްމަންޓް ބަދަލުކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ އައިޖީއެމްއެޗް ގެ ބައެއްގޮތުގައި ހަމަ ޖެހުމާއެކު ކުރީގެ ނަން "ދަރުމަންތަ ހޮސްޕިޓަލް" ގެ ބަދަލުގައި މިހާރު އެ ހޮސްޕިޓަލްގެ ނަންވަނީ "ދަރުމަވަންތަ ހޮސްޕިޓަލް ކޮންޕްލެކްސް" އަށް ބަދަލުކޮށްފައެވެ.

ސިއްހީ ޚިދުމަތް ކުރިއަރުވައި ތަރައްގީ ކުރަން ހުރި ގޮންޖެހުންތަކަށް ހައްލު ހޯދަން ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރަން ފެށީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.

ރާއްޖޭގެ އެންމެ އަގު ބޮޑު އިމާރާތް، ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ހަވާލުކޮށް ޖޫން، 5، 2016 ގައި މަސައްކަތް ފެށީ ދެ އަހަރުން ނިންމުމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް ފުނަދޫއަށް ދަނީ
25 Oct 2026 ހަބަރު

ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް ފުނަދޫއަށް ދަނީ

އަދި 18 މީހަކަށް އަނިޔާވެގެންނާއި ސިއްހީ ފަރުވާ ބޭނުންވެގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.

ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާ: 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
25 Oct 2026 ހަބަރު

ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާ: 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

މިއަދުގެ ހާދިސާގައި ލިބުނު ގެއްލުންތައް އެ އޮތޯރިޓީން ދަނީ ވަޒަން ކުރަމުންނެވެ.

ކަސްޓަމަށް ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދިއުމުގެ މައްސަލަ ބޮޑުވެފައި
25 Oct 2026 ހަބަރު

ކަސްޓަމަށް ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދިއުމުގެ މައްސަލަ ބޮޑުވެފައި

އޮޑިޓްގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް 461.01 މިލިއަން ރުފިޔާގައި ހުރިއިރު، މީގެ ތެރެއިން 160.5 މިލިއަން ރުފިޔާ އަކީ ހުކުމް ތަންފީޒް ކުރުމުގެ މަރުހަލާގައި ހުރި ދައުލަތަށް ނުލިބި ގިނަދުވަސްތަކެއް ވެފައިވާ ފައިސާ ކަމަށެވެ.

ވަޓްސްއެޕުން ވާހަކަދައްކައި، މަކަރާއި ހީލަތުން 32،000ރ ފޭރިގެންފި، ތިން މީހަކު ހައްޔަރު
25 Oct 2026 ހަބަރު

ވަޓްސްއެޕުން ވާހަކަދައްކައި، މަކަރާއި ހީލަތުން 32،000ރ ފޭރިގެންފި، ތިން މީހަކު ހައްޔަރު

މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައި، މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ ކަމަށް، އޮކްޓޫބަރު 13 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައެކެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގައި އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ބާއްވަނީ
25 Oct 2026 ހަބަރު

ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގައި އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ބާއްވަނީ

އެގޮތުން، މި ހާއްސަ ދުވަހާ ގުޅުވައިގެން މާލެއާއި އަތޮޅުތަކުގައި ދީނީ، އަސްކަރީ އަދި އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ށ. ފުނަދޫ އަލިފާނުގެ ހާދިސާ؛ އެހީތެރިވި ފަރާތްތަކަށް ރައީސްގެ ޝުކުރު
25 Oct 2026 ހަބަރު

ށ. ފުނަދޫ އަލިފާނުގެ ހާދިސާ؛ އެހީތެރިވި ފަރާތްތަކަށް ރައީސްގެ ޝުކުރު

ރައީސް މުޢިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އަޑުއެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ.

ވިލިމާލެ ފިނިމައިޒާން ކައިރިން ހޮވައިގެން ގެނެސްފައިވާ 1100 ރުފިޔާގެ ވެރިފަރާތް ހޯދަނީ
25 Oct 2026 ހަބަރު

ވިލިމާލެ ފިނިމައިޒާން ކައިރިން ހޮވައިގެން ގެނެސްފައިވާ 1100 ރުފިޔާގެ ވެރިފަރާތް ހޯދަނީ

ފުލުހުން މިއަދު ވަނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން އިއުލާނުކޮށްފަ އެވެ.

އަންހެނަކު ރޭޕްކުރި މައްސަލަ: ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފި
25 Oct 2026 ހަބަރު

އަންހެނަކު ރޭޕްކުރި މައްސަލަ: ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފި

އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފިއެވެ.