ދެން އޮންނަ މަޖިލިސް ޖަލްސާގައި އަބުރުގެ ގާނޫނޫ ބާތިލް ވެގެން ދާނެ - އިބޫ

27 Oct 2018 | 13:42

ގުޅިފައިވާ އިއްތިހާދުގެ މަޖިލިސް މެންބަރުން މަޖިލީހުގެ ރައީސް އަކު ކަނޑައެޅުމަށް ބޭއްވި ބައްދަލު ވުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން "އަބުރު ރައްކާތެރި ކުރުމާއި ހިޔަލު ފާޅުކުން: ގާނޫނު އުވާލުމަށް މިއަދު މަޖިލީހަށް ހުށަހަޅާނެ ކަމަށް އިންތިހާބީ ރައީސް އަދި އެމްޑީފީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް މި ގާނޫނު އުވާލުމަށް ވައުދު ވެވަޑައިގެންފައެވެ. އަދި އައު ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ކުރައްވާނެ ކަމެއް ކަމުގައި ވެސް މި ގާނޫނޫ އުވާލުމަށް ވަނީ ކަނޑަ އަޅާފައެވެ.

"އަބުރުގެ ގާނޫނު މާދަމާ ހުށަހަޅާނެ. ދެން އޮންނަ ފުރަތަމަ ޖަލްސާއެއްގައި އެ ވެސް ބާތިލު ވެގެން ދާނެ،" އިބޫ ވިދާޅުވި އެވެ.

އަބުރުގެ ގާނޫނަކީ މީހުންގެ އަބުރު ރައްކާތެރި ކުރުމަށްޓަކައި ރައީސް ޔާމީން ގެ ސަރުކާރުން ފާސް ކޮށްފައިވާ ގާނޫނެކެވެ. އަދި މި ގާނޫނު ގެ ދަށުން މިހާތަނަށް ގިނަ މީޑިއާ ތަކެއް ވަނީ ޖޫރިމަނާކޮށްފައެވެ. މީގެ ތެރޭގިނައީ ޕީޕީއެމް އަދި ރައީސް ޔާމީން ގެ އަބުރު ފުޅަށް އެރި މައްސަލަތައްކަން ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް އަމިއްލަ ފަރާތަކަށް ވެސް މި ޤާނޫނުގެ ދަށުން ބާރު ލިބޭކަން ފާހަގަކޮށްލަން ޖެހެއެވެ.

ބައެއް ފަރާތްތަކުން މި ގާނޫނު އުވާނުލައި އިސްލާހު ކުރުމަށް ވަނީ ގޮވާލާފައެވެ. އޭގެތެރޭގައި ދީނީ އިލްމުވެރިން ހިމެނި ވަޑައިގަންނަވައެވެ.

Advertisement

ކޮމެންޓް