01 Oct 2019 | 16:21
ޖަޒީރާ ރާއްޖެ ގުޅުވާލަދިން ދިރާގަށް 31 އަހަރު

ޖަޒީރާ ރަށްތަކެއްގެ މައްޗައް އެކުލެވޭ މި ދިވެހިރާއްޖެ މުއާސަލާތީ ގުޅުމުން ގުޅުވައިލި ދިވެހިރާއްޖޭގެ ގުޅުމަށް 31 އަހަރުވީއެވެ.

އެކްތިރީސް އަހަރުގެ ދިވެހި ޒުވާނުންގެ ހަނދާނުގެ ފީތާތަކުގައި ހަމަ ޔަޤީނުންވެސް ފޯނު ބޫތް، ފޯނު ކާޑު، ޕޭޖަރ، ރަށު ފޯނުގެ ހަނދާން ނައްތައެއް ނުލެވޭނެއެވެ. މިއީ ދިރާގުގެ ހިދުމަތުގެ ދިގު ތާރީހުގައި މުއާސަލާތީ ގުޅުން ކުރިއަރަމުން އައި ކުރިއެރުންތަކުގެ ރަމްޒެވެ.

ދިރާގު ތާރީހުގެ ތެރެއިން.

1988 : ރަސްމީ ގޮތުން ދިރާގު ޤާއިމް ކުރެވުނީ 1 އޮކްޓޯބަރ 1988 ގައެވެ.

1989 : މާލޭގައި ކޭބަލް އަޕްގްރޭޑް ކުރެވުން.

1991 : ޕޭޖިންގގެ ޚިދުމަތް ތަޢާރަފް ކުރެވުން.

1996 : އެންމެ ފުރަތަމަ ފަހަރަށް ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް ތަޢާރަފް ކުރެވުނެވެ. "ނެޓް ލިންކް" ގެ ނަމުގައެވެ. އެހެންނަމަވެސް ފަހުން މިނަން ދިވެހިނެޓް ގެ ނަމަށް ބަދަލް ކުރެވުނެވެ.

1997 : "ދީމޮބައިލް" ގެ ނަމުގައި ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މޯބައިލް ފޯންގެ ޚިދުމަތް ދެވެން ފެށުނެވެ.

1999 : މޯބައިލް ފޯންގެ ޚިދުމަތު ޖީ.އެސް.އެމް އަށް ބަދަލް ކުރެވުނެވެ.

2005 : 23 ޖޫން 2005، ގައި ދިރާގު ލޯގޯ އާއޮ ކުލަ ބަދަލުކުރިއެވެ.

2005 ވަނައަހަރު ދިރާގުން އެކަނި ދެމުންދިޔަ މުއާސަލާތީ ހިދުމަތް ދިނުމަށް އިތުރު ކުންފުންޏެއް ރާއްޖެއައުމުން ދިރާގުން މުޅި ރާއްޖެގުޅުވާލާފައިވާ ގުޅުން އިތުުރަށް ބަދަހިކުރަންފެށުނެވެ.

ބައިނަލް އަޤުވާމީ ކުންފުނިތަކާ އެއްފެންވަރަށް ރާއްޖޭގައި އިންޓަނެޓް، މޯބައިލް ފޯންގެ ހިދުމަތް ފުޅާވެގެންދިޔައެވެ. އެކަހެރި ރަށްތަކަށް އިންޓަނެޓް ލިބި، މޯބައިލް ޑާޓާ މެދުވެރިކޮށް ވީޑިއޯ ކޯލް ދުނިޔޭގެ ކޮންމެ ތާކަށް ގުޅާލެވުނީއެވެ.

ޖަޒީރާރަށްތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި ތިމާވެއްޓާއި ރަށްޓެހި އެތަކެއް ކަންތައްތަކެއް އިޖާޖުކޮށް، ޕްލާސްޓިކް ފޯނު ކާޑުން ކަރުދާހަށް ބަދަލުކުރެވި މުޅި ރާއްޖޭގައި ޕްލާސްޓިކް ކޮތަޅާދެކޮޅަށް ކެމްޕެއިންވެސް ދިރާގުން ވަނީ ފާށާފައެވެ.

މާދާމާގެ ކާމިޔާބީއަށް ދިރާގުގެ ހިދުމަތަކީ ކިޔަވާ ކުދިންނާއި، އޮފީސްތަކަށް މުހިންމު ދައުރެއް އަދާކުރަމުންދާ ބައިވެރިއެކެވެ.

ދިރާގުގެ ޤައުމީ ހިދުމަތައް މަރުހަބާ އާއި ކާމިޔާބީއަށް އެދެމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.