އިނގުރައިދޫ ސަޕޯޓަރުން އަންގަނީ ބުރާސްފަތި ދުވަހުގެރޭ ދަނޑު ފުރާލާނެކަމަށް !

02 Oct 2019 | 13:01

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެމްޕިއަންޝިޕްގައި ރ.އިނގުރައިދޫގެ ޓީމާއި ބ.އޭދަފުށީގެ ޓީމް ފޯރިގަދަ މެޗަކަށް ތައްޔާރުވެއްޖެއެވެ.

ފުޓްސަލްގެ މައިދާނުގައި ރަން ވަނަތަކެއް ހޯދާފައިވާ މި ދެ ޓީމު ބައްދަލުކުރާ މެޗު ގިނަބަޔަކު ސިފަކުރަމުންދަނީ ޗެމްޕިއަނުންގެ ގަދަ ހިފުމެއްގެ ގޮތުގައެވެ.

މިއީ އެ މުބާރާތުގެ ޒޯން ދޭއްގެ މެޗެކެވެ. މި މެޗު އޮންނާނީ ތިނެއް އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހުގެ ރޭ 21:15ގައި ހުޅުމާލޭ ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތުގައި ދެޓީމުންވެސް މިހާތަަނަށް ވަނީ ފޯރިގަދަ ކުޅުމެއް ދައްކާފައެވެ. މި މެޗު ބަލާލުމަށްޓަކައި އިނގުރައިދޫ ޓީމުގެ ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ދިއުމަށް އެޓީމުން ވަނީ އެދިފައެެވެ.

އަދި އެ ސަޕޯޓަރުން މިހާތަނަށް ދައްކަމުންދިޔަ ހިތްވަރަށްވެސް އެފަަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

Advertisement

ކޮމެންޓް