Advertisement

"އަޅުގަނޑުގެ ލިޔެފައި އޮތް ސްޕީޗު އެބައޮތް. އެހެންވީމަ، އެ އޮތްގޮތަށް ބާއްވާފައި އަޅުގަނޑު ކުރިއަށް މިދަނީ."

08 Oct 2019 | 22:35

ދުނިޔޭގެ ގައުމުތަކުގެ ވެރިން ހާއްސަ ރަސްމިއްޔާތުތަކުގައި ވާހަކަ ދައްކަވާއިރު، ލިޔެފައިވވާ ތަގުރީރެއް ބެއްލެވުމަކީ ވަަރަށް އާންމު ކަމެކެވެ. މުހިންމު ގިނަ ވާހަކަތަކެއް ދައްކަވަން އުޅުއްވާއިރު، އެ ދައްކަވާ ވާހަކަ އަކުން މުހިންމު އެއްޗެއް ދޫވެގެން ނުދާނީވެސް އޭރުންތާއެވެ. އެހެންނަމަވެސް ބައެއް ވެރިން ގަނޑު ބެއްލެވުމެއް ނެތި އަމިއްލަފުޅަށްވެސް ވާހަކަ ދައްކަވައެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިހާތަަނަށް ބޭއްވި ރަސްމިއްޔާތުތަކުގައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ ލިޔުއްވާފައިވާ ތަގުރީރުތައް ބައްލަވައިގެންނެވެ.

އެހެންނަަމަވެސް 2019 ވަނަ އަހަރުން ފެށިގެން، 2023 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން ކުރަން ރާވާފައިވާ ކަންކަން ހިމެނޭ އެކްޝަން ޕްލޭން އިފްތިތާހް ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދެއްކެވީ ލިޔެފައިވާ ތަގުރީރު ބެއްލެވުމެއް ނެތިއެެވެ. އެކަން ހުދު އެމަނިކުފާނުވެސް ރޭ ވަނީ ފާހަގަ ކުރައްވައިފައެވެ.

"އަޅުގަނޑުގެ ލިޔެފައި އޮތް ސްޕީޗު އެބައޮތް. އެހެންވީމަ، އެ އޮތްގޮތަށް ބާއްވާފައި އަޅުގަނޑު ކުރިއަށް މިދަނީ." ރޭ ބޭއްވި ރަަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު އެހެން ވިދާޅުވުމާއެކު ޖަލްސާއަށް ހާޒިރުވެ ތިއްބެވި ބޭފުޅުން އެމަނިކުފާނަށް ތަރުހީބުގެ ހޫނު އަތްތިލަބަޑިއެއް ދިނެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ލިޔެފައިވާ ސްޕީޗް ބެއްލެވުމެއް ނެތި ވާހަކަ ދެއްކެވި ނަމަވެސް، އެމަނިކުފާނު ހިއްސާ ކުރެއްވީ މުހިންމު ވާހަކަތަކެކެވެ. އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ސަރުކާރުގެ އިދާރާތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވިއެވެ.

ރައީސް ސޯލިހުއަށް ގަނޑު ބައްލަވައިގެން ނޫން ގޮތަކަށް ތަގުރީރު ކުރައްވަން އެނގިވަޑައިނުގަންނަވާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މީގެ ކުރިން އެމަނިކުފާނަށް ފާޑު ކިޔާފައިވެއެވެ. ރޭގެ ރަސްމިއްޔާތުގައި އެފަދަ ފަރާތްތަކަށް ރައީސް ސޯލިހު މިވަނީ ޖަވާބު ދެއްވާފައެވެ.

Advertisement

ކޮމެންޓް

Advertisement