07 Oct 2019 | 16:47
ދީނަށް ފުރައްސާރަކުރި މައްސަލަ ހުށަހެޅުމުން އެމްޑީޕީގެ ގިނަ މެމްބަރުން ވަގަށް ގޮވީ ކުރީގެ ރައީސް ޔާމީނަށް

ބޯގަންވިލާ ޝަހިންދާ އިސްމާއީލްގެ ޖަމްއިއްޔާ މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވާކް ނަމަކަށްކިޔާ ރެޖިސްޓަރޑް ޖަމްއިއްޔާއަކުން ކީރިތި ގުރުއާން ދޮގުކޮށް ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އަދި ރާއްޖޭގެ ދީނީ ދަންނަބޭކަލުން ހައްދުފަހަނައަޅާފައިވާ ބަޔެއްކަމަށް ސިފަކޮށް ނެރުނު ރިޕޯޓްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެމްބަރަކު މިއަދު ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅައި ބަހުސްފެށުމާއެކު އެމްޑީޕީއަށް ނިސްބަތްވި ގިނަ މެމްބަރުން އެމައްސަލަ ދޫކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު އެމީހުންގެ ހިތުތެރޭގައި އުފެދިފައިވާ ނަފްރަތާއި ރުޅިވެރިކަމުގެ ޝުއޫރުތައް ތަޅުމަށް ބަންޑުންކޮށްލައިފިއެވެ.

މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވެއްދީ އަމިއްލަ މެމްބަރެއްކަމުގައިވާ ނޮޅިވަރަމްދާއިރާގެ މެމްބަރ މުހައްމަދު ނަޝީދެވެ. މިމައްސަލާގައި ޕީޕީއެމް-ޕީއެންސީގެ މެމްބަރުން ފާޑުކިޔާފައިވަނީ މިވަރުގެ މައްސަލައެއް އުފެދިގެންގޮސް އަދި މި ރިޕޯޓް އުފެއްދި ފަރާތްތަކުން ގަދަބަސްބުނެ ގޮންޖަހަމުންދިޔައިރު ސަރުކާރުން އަޅާނުލައި އެޖަމްއިއްޔާއާމެދު ފިޔަވަޅު އެޅުމަށް ނުކުޅެދިފައިވާކަމަށް ބުނެއެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށްވެސް ފާޑުކިޔެވެ. އެއީ މިފަދަ ފަސާދަވެރި ރިޕޯޓެއްނެރެ މުޖްތަމައުގެތެރޭގައި އެހާބޮޑު މައްސަލައަކަށްވެގެންދިޔައިރުވެސް ރައީސުލްޖުމްހޫރިއްޔާ ހަނުހުންނަވާފައިވާތީއެވެ.

މިމައްސަލާގައި ބަހުސްކުރެއްވި އެމްޑީޕީއަށް ނިސްބަތްވި ބައެއްމެމްބަރުންވެސް މިރިޕޯޓް ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިރިޕޯޓްނެރުނު ޖަމްއިއްޔާ އުވާލަންޖެހޭކަމަށް ވާހަކަފުޅު ދެއްކެވިއެވެ. އެހެންނަމަވެސް އެމްޑީޕީގެ މެމްބަރުންގެތެރެއިން މިރިޕޯޓްކުށްވެރިކުރުމުގެ ބަދަލުގައި ބައެއް މެމްބަރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަގަށްގޮވައި އެމަނިކުފާނަކީ މާބޮޑަށް ދީނަށް ފުރައްސާރަކޮށްފައިވާ މީހެއްކަމަށް ސިފަކުރިއެވެ.

އެމެމްބަރުންނަށް ޝަހިންދާ އިސްމާއީލު ނެރުނު ރިޕޯޓް އެއީ މާބޮޑުކަމެއްކަމަށް ނުވިއެވެ. މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ވާހަކަތައްދިރާސާކޮށްލުމުން ފެނިގެންދިޔަ މަންޒަރަކީ ދެމަގަކުން ވާހަކަދެއްކި މެމްބަރުންނަކީ އެމްޑީޕީގެތެރޭގައި އުފެދިފައިވާކަމަށް ބުނެވޭ ދެފެކްޝަނަކަށް ނިސްބަތްވާ ބައެއްކަމެވެ.

އެއް ފެކްޝަނަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރައްވައި އެމަނިކުފާނުގެ ސަރުކާރު ދިފާއުކުރެއްވި ފެކްޝަނެވެ. އަނެއް ފެކްޝަނަކީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެ އެމަނިކުފާނުގެ ފިލޯސަފީއަށް ތާއީދު ކުރައްވާ މެމްބަރުންގެ ފެކްޝަނެވެ.

މިއަދުގެ ޖަލްސާއިން އެމަންޒަރު ވަރަށް ބޮޑަށް ފާހަގަވެގެންދިޔައެވެ. އެމްޑީޕީގެ މާފަންނު މެދުދާއިރާގެ މެމްބަރު ވިދާޅުވީ ކީރިތި ރަސޫލާއާއި އަދި ﷲގެ ވަހީގެ ބަސްފުޅަށް ފުރައްސާރަކުރި ރިޕޯޓްގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ގެނެސްގެންވެސް ނުވާނެކަމަށެވެ. އޭނާގެ ނަޒަރުގައި ސަރުކާރުން މިމައްސަލަ ބަލަމުންދާކަމަށް ބުނެފައިވުމުން މިއީ މަޖިލީހުގެ ވަގުތު ބޭކާރުކޮށްލުމެކެވެ.

ޝަހިންދާ އިސްމާއީލުގެ ލާދީނީ ރިޕޯޓްކުށްވެރިކުރުމުގެ ބަދަލުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަގަށްގޮވައި ދީނުންބޭރުވެފައިވާކަމަށް ދޭހަވާފަދަ ދަރަޖައަކަށް މިމެމްބަރުން ބަހުސްގެންދިޔުމުން މިފިތުނަވެރި ރިޕޯޓް ނެރުނު ފަރާތަށް ލިބިގެންދާނީ އިތުރުހިއްވަރެކެވެ.

ހަރުއަޑުން އިސްލާމުންނޭ ގޮވިޔަސް ﷲ ތައާލާގެ ވަހީގެ ބަސްފުޅުތަކަށާއި ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމްއަށް ފުރައްސާކުރި މައްސަލައަށްވުރެ އަބްދުﷲ ޔާމީނަށް ވަގަށް ގޮވުން އައުލާކަންބޮޑުކަމަށް ދެކުނީމާ އެފެނިގެންދިޔައީ ވަރަށް ހުތުރު މަންޒަރެކެވެ. އެހެން ހެދީމާ ލާދީނީ ފިކުރަށް ތާއީދުކުރާ ބައެކޭ ބުނުމުގެ ޖާގަ އޮންނާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.