08 Oct 2019 | 15:58
އައްޑޫ ފްލެޓުތައް ލިބުނު މީހުންގެ މެދުގައި މިރޭ ގުރު ނަގަނީ

އައްޑޫ ސިޓީއިން ދޫކުރާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންނަށް ލިބޭ ފްލެޓް ނަންބަރު ކަނޑައެޅުމަށްޓަކައި މިއަދާ މާދަމާ ގުރުއަތުލުން ބާއްވަން ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކޮށްފައިވާ 264 ފްލެޓާއި، ހުޅުދޫގައި އިމާރާތްކޮށްފައިވާ 48 ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބުނު ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ލިބޭ ފްލެޓް ނަންބަރު ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން އޮންނާނީ މިރޭ އަދި މާދަމާ ރޭގައެެވެ.

އެގޮތުން ހިތަދޫ ފްލެޓްތައް ލިބުނު މީހުންގެ މެދުގައި ނަގާ ގުރުއަތުލުން އޮންނާނީ މިރޭ 20:30ގައި ނޫރާނީ ސްކޫލްގައެވެ. އަދި ހުޅުދޫ ފްލެޓު ލިބުނު މީހުންގެ މެދުގައި ނަގާ ގުރުއަތުލުން އޮންނާނީ މާދަމާ ރޭ 10:00ގައި ހުޅުދޫ ސްކޫލްގައެވެ.

އައްޑޫ ސިޓީ ހިތަދޫގަޔާއި ހުޅުދޫގައި އިމާރާތް ކުރި ފްލެޓުތައް އަޅާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކުރިއަށް ގެންދަން ރާވާފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ ސިޓީގައި 1،500 ހައުސިން ޔުނިޓު އަޅަން ވަނީ ނިންމައިފައެވެ. މިމަޝްރޫޢުގެ ދަށުން އައްޑޫގައި އަޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތައް ބަހާލެވިފައިވާ ގޮތުން ހިތަދޫގައި 712، މަރަދޫގައި 164، މަރަދޫފޭދޫގައި 81، ފޭދޫގައި 247، ހުޅުދޫގައި 165 އަދި މީދޫގައި 131 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ފްލެޓުތަކަށް އެދުމުގެ ފުރުސަތު މީގެ ދެމަސްކުރިން ހުޅުވައިލިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Jun 2026
ފުރަތަމަ މެޗުންވެސް، ރޮނާލްޑޯގެ ސަޕޯޓަރުންނަށް މާޔޫސްކަން
މިމެޗްގައި ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ޕޯޗުގަލް އަށްވެސް އެޓީމްގެ އަސްލު ކުޅުން ނުދެއްކުނެވެ
17 Jun 2026
ކަނޑުއަޑީގެ ހޮހަޅައިގައި ބަޔަކު މަރުވި ހާދިސާ: ރައީސް، ސިފައިންނާ ފުލުހުންގެ އަގު ވަޒަންކުރައްވައިފި
ވ. އަތޮޅުގައި ކުރިއަށް ގެންދިޔަ ހާއްސަ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒަންކުރައްވައިފި އެވެ.
17 Jun 2026
ރާއްޖެއެކޭ އެއްގޮތަށް ލަންކާއަށްވެސް މިދުވަސްވަރު ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަދުވެއްޖެ
އަވައްޓެރި ސްރީލަންކާއަށް މިހިނގާ ޖޫންމަހުގެ އެކަކުން 14 ވަނަ ދުވަހުގެ ނިޔަލަށް 54،465 ފަތުރުވެރިން ޒިޔާރަތްކުރިއިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 55،353 ގައެވެ.
17 Jun 2026
ރ. އަތޮޅުގައި ފަސް ބާވަތެއްގެ ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް
މި ޖޫން މަހުގެ 25 އިން 27 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ފަސް ބާވަތެއްގެ ކެންސަރަށް ސްކްރީން ކުރާނެއެވެ. އެއީ އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރުގެ އިތުރުން ބޮޑު ގޮހޮރާއި ފުރަގަސްފަރާތުގެ ކެންސަރެވެ.
17 Jun 2026
ގުނަވަން ބަދަލުކުރާ ބިލް އަނބުރާ ފޮނުވާލި ސަބަބު
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލެއްވީ، ގުނަވަން ނުދެވޭ މީހުންގެ ތެރެއިން ބަންދުމީހުންނާއި، ގައިދީން އުނި ކުރުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
17 Jun 2026
އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު އިޔާދަވާން ފަށާނެ
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ދުވެލި މިއަހަރު މަޑުޖެހުނު ނަމަވެސް، އަންނަ 2027 ވަނަ އަހަރުން ފެށިގެން އިގުތިސާދު އިޔާދަވާން ފަށާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފިއެވެ.
17 Jun 2026
ޕީސީބީގެ ރައީސް ނިޒާރަށް ރުހުން ހޯދުމަށް މަޖިލީހަށް
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާރަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ ވަނީ އިއްވާފައެވެ.
17 Jun 2026
އިއާދަކުރަނިވި ހަކަތައިގެ އިސްލާހީ މަސައްކަތްތަކުން ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރެވާނެ
ސަބްސިޑީގެ ނިޒާމާ ގުޅޭގޮތުން އައި.އެމް.އެފް އިން ލަފާދީފައިވަނީ، މިހާރު ހުރި ނިޒާމުތައް މުރާޖައާކޮށް، އެހީތެރިކަން އެންމެ ބޭނުންވާ ނާޒުކު އާއިލާތަކަށް އަމާޒުކޮށްގެން ސަބްސިޑީ ދޭނެ ހަރުދަނާ އުސޫލެއް ގާއިމުކުރުމަށެވެ. އަދި މިފަދަ އިސްލާހީ ފިޔަވަޅުތައް އަޅާއިރު، އާންމު ރައްޔިތުންނަށް، ޚާއްޞަކޮށް ދަށް އާމްދަނީ ލިބޭ ފަރާތްތަކަށް ލިބޭނެ ގެއްލުންތަކުން ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.