މަންޓާގެ ސީޕްލޭނާއި އެކު އުދުހެން ތައްޔާރުވަމާ!

09 Oct 2019 | 20:11

ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދާާއިރާގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުން އަންނަ މަންޓާ އެއާއިން ސީޕްލޭނެއް ރާއްޖެއަށް ގެނެސްފިއެވެ.

މިއަދު އެ އެއާލައިނުން ރާއްޖެއަށް ގެނެސްފައިވަނީ ޑީއެޗްސީ-6 ޓްވިން އޮޓާ މަރުކާގެ މަތިންދާބޯޓެކެވެ. މިވައްތަރުގެ ޖުމްލަ ދިހަ ބޯޓު ގެނައުމަށް ނިންމާފައިވާކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ.

މަންޓާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެ އެއާލައިންގެ ސީޕްލޭން ދަތުރުތައް ފެއްޓުމާއި އެކު ރާއްޖޭގެ ސީޕްލޭންގެ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. މި ސީ ޕްލޭންތަކުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ހުންނާނެކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ.

މަންޓާ އެއާގެ ސީޕްލޭންތައް ދަތުރުކުރާނީ ޝެޑިއުލްކޮށެވެ. މި ފްލައިޓްތަކުން ދަތުރުކުރައްވަން ބޭނުންވާ ކަސްޓަމަރުންނަށް ކުރިން ޓިކެޓް ބުކްކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މަންޓާއިން މިހާރުވެސް ދަނީ ދަރަވަންދޫއާއި ކުޑަހުވަދޫއަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އެ ދަތުރުތަކަށް އާންމުންގެ ބޮޑެތި ތަރުހީބެއް ދަނީ ލިބެމުންނެވެ.

Advertisement

ކޮމެންޓް