13 Oct 2019 | 12:01
ދޮންކޭލުގެ އެހީގައި މޫނު ރީތިކޮށްލެވިދާނެ ގޮތެއް!

ދޮންކޭލަކީ ވަރަށް ގިނަ ވިޓަމިން އެކުލެވިގެންވާ މޭވާއެކެވެ. އަދި މިއީ ދިވެހީންގެ މެދުގައި މަގުބޫލު މޭވާއެއްވެސް މެއެެވެ. ގިނަ މީހުން ދޮންކެޔޮ ބޭނުން ކުރަނީ ފޮނި ކާއެއްޗެހި ތައްޔާރު ކުރުމަށާއި، ފަނި ގިރުމަށެވެ.

ދޮންކެޔޮ ބޭނުންކޮށްގެން ރީތިވާ ސާމާނުވެސް އުފައްދައެވެ. މި މޭވާ ބޭނުންކޮށްގެން މޫނުގެ ހަން ޒުވާން ކުރުމަށްޓަކައި، މާސްކެއް ތައްޔާރު ކޮށްލެވިދާނެކަން އެނގޭހެއްޔެވެ؟ މިއީ އުނދަގޫ ކަމެއް ނޫނެވެ.

ދޮންވެފައިވާ ދޮންކެޔޮ ވަކެއް ބޭނުން ކޮށްގެން ޕޭސްޓެއް ތައްޔާރު ކޮށްލާށެވެ. އިތުރު އެއްވެސް އެއްޗެއް މި ޕޭސްޓަށް ބޭނުމެއް ނުވެއެވެ. ދެން ތައްޔާރު ކުރި ޕޭސްޓް މޫނުގައި ހޭކުމަށްފަހު، 15 ނުވަތަ 20 މިނެޓްވަންދެން ބަހައްޓާށެވެ. މިއީ މޫނުގެ ހަން އަލިކޮށްދީ، އޮމާން ކޮށްދޭނެ ކަމެކެވެ.

ދޮންކޭލުން ހަމަށް ލިބޭ ފައިދާތަކަށް ބަލާއިރު، އޭގައި އެކުލެވިގެންވާ ވިޓަމިން އޭގެ ސަބަބުން، ހަމުގައި ހުންނަ ލަކުނުތައް ފިލުވުމަށް އެހީތެރިވެދެއެވެ. އަދި ދޮންކޭލުގައިވާ ވިޓަމިން ބީގެ ސަބަބުން، ހަމުގައި ރޫ ޖެހުން ދުރު ކޮށްދީ، ހަން ތެތް ކޮށްދެއެވެ. ދޮންކޭލުގައި ވިޓަމިން އީވެސް އެކުލެވިގެންވެއެވެ.

ވިޓަމިން އީގެ ސަބަބުން އިރުގެ ނުރައްކާތެރި ދޯދިތަކުން ހަން ސަލާމަތް ކޮށްދެއެވެ. އެހެންކަމުން މާ ބޮޑު ބުރައަކާއި ނުލާ، ދޮންކެޔޮ ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވޭ ފޭސް މާސްކް ބޭނުން ކުރުމަކީ މިފައިދާތައް މޫނުގެ ހަމަށް ލިބިގެންދާނެ ކަމެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Jun 2026
އާޝޫރާ ދުވަހުގެ ހާދިސާ
ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަވާބާ ބެހޭގޮތުން ޚުޠުބާގައި ބުނީ، އެ ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނެ ކަމެއް ކަމަށް ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ކަމަށެވެ. އަދި ރޯދަހިފުމުގައި ޔަހޫދީންނާ ޚިލާފުވުމުގެ ގޮތުން، ޢާޝޫރާ ދުވަހުގެ ކުރިން ދުވަހެއް (9 ވަނަ ދުވަސް) ނުވަތަ ފަހުން ދުވަހެއް (11 ވަނަ ދުވަސް) ހިމަނައިގެން ރޯދަހިފުމަށް އިރުޝާދު ދިނެވެ.
19 Jun 2026
ވަގަށް ވޭޕް ކާޓްރިޖް އެތެރެކުރަން އުޅުނީ ފަޒުނާގެ އާއިލީ ކުންފުނީގެ ނަމުގައި
ކަސްޓަމްސްއިން މި މަހުގެ 17 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް 5,600 ވޭޕް ކާޓްރިޖަކީ ކުރީގެ ފަސްޓް ލޭޑީ ފަޒުނާ އަހްމަދުގެ އާއިލީ ކުންފުންޏެއް ކަމަށްވާ ޕޭން-އޯޝަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެތެރެކުރި ޝިޕްމަންޓެއްގެ ތެރެއިން ފެނުނު ތަކެތިކަން ހާމަވެއްޖެއެވެ.
19 Jun 2026
ޕީއެންސީ ބައިބައި ކުރަން ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއް ނެތް: އަބްދުއްރަޙީމް
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ބައިބައި ކުރުމުގެ މަގްސަދުގައި ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުالله، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
19 Jun 2026
އީރާން-އެމެރިކާ ސުލްޙައިގެ އެއްބަސްވުން އާއްމުކޮށްފި
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް މެދުވެރިއެއްގެ ދައުރު އަދާކުރެއްވި މި އެއްބަސްވުމުގައި އެމެރިކާއާއި އީރާނުގެ ރައީސުން އިލެކްޓްރޯނިކްކޮށް ސޮއިކުރައްވާފައިވަނީ އިއްޔެއެވެ.
19 Jun 2026
ބޮސްނިއާ ބަލިކޮށް ސްވިޒަރލޭންޑުން، ނޮކްއައުޓް ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި
މެޗްގެ ބޮޑުބައި މާބޮޑު ފޯރިއެއްނެތި ކުރިއަށްދަނިކޮށް މެޗްގެ އޮއިވަރު ބަދަލުވީ، ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އުމުރުން 20 އަހަރުގެ ޖޯހަން މަންޒަމްބީ ކުޅެން ނިކުމެ ޖެހު ލަނޑާއެކުގައެވެ.
18 Jun 2026
ފުށިދިއްގަރުފަޅު ކަނޑުއޮޅިތެރެއިން އެއްޗެހިތަކެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ
މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ މި ސަރަހައްދުން އިރުމައްޗަށްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ބުންޏެވެ.
18 Jun 2026
އަބުރުވެރިކަމަކީ އެންމެންގެ ހައްގެއް، އެކަން ކަށަވަރުކުރަން ގުޅިގެން މަސައްކަތް ކުރަންޖެހޭ: ފަސްޓްލޭޑީ
އެކަމަނާ އެކަމަށް ގޮވާލެއްވީ، 13 ވަނަ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީގެ ބައެއްގެ ގޮތުގައި މިއަދު ބޭއްވި، 8 ވަނަ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
18 Jun 2026
މި މަސް ނިމުމުގެ ކުރިން ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުއި ދެނީ
ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބޭންކުން ވިއްކާ ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.