އެމްޑީޕީގެ ބަޔާން ނެރުނީ ޕާޓީގެ ގައުމީ މަޖިލީހުގެ ލަފަޔާއި އެކު!

13 Oct 2019 | 20:02

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން އާންމުކުރި ރިޕޯޓަކާއި ގުޅިގެން އެމްޑީޕީން މިއަދު އާންމުކުރި ބަޔާނަކީ އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ލަފަޔާއި އެކު ނެރުނު ބަޔާނެއްކަމަށް ބުނެފިއެވެ.

އެމްޑީޕީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެމްޑީޕީގެ ނޫސް ބަޔާނުގައި ޕާޓީން ދެކޭގޮތް ހާމަކޮށްފައި އެވަނީ ގައުމީ މަޖިލީހުގެ 57މެންބަރުންގެ ނުރަސްމީ ބައްދަލުވުމެއްގައި ކުރެވުނު މަޝްވަރާތަކަކަށް ފަހުގައި ކަމަށެވެ.

އެގޮތުން މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕާސަން، ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ބައިވެެރިވެ ވަޑައިގެންނެވިކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެމްޑީއެންގެ މައްސަލައާއި ގުޅިގެން އެމްޑީީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެއްކަމަށާއި އެޕާޓީއަކީ އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއިދު ކުރާނެ ޕާޓީއެއްނޫންކަމަށެވެ.

ނަމަވެސް އެމްޑީޕީން ބުނީ އެޕާޓީން ގަބޫލުކުރާ އެންމެ މުހިއްމު އެއް އުޞޫލަކީ، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދިނުންކަމަށެވެ.

އަދި ހަމަ ކޮންމެ މީހަކާމެދުވެސް ޤާނޫނުގައިވާ ގޮތުގެ މަތީން ޢަމަލު ކުރެވުމާއި ޤާނޫނުގެ ބޭރުން އަދި ކަންކަން ހިންގުމަށް ކަނޑައަޅާފައިވާ އިޖުރާޢާތުތަކުގެ ބޭރުން ކަންކަން ކުރުމުގެ ފުރުޞަތު ހަމަ އެއްވެސް ފަރާތަކަށް ނުދިނުންކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement