28 Oct 2018 | 05:07
އާސަރުކާރުގައި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ތައްޔާރު - ދުންޔާ މައުމޫން

އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުގައި ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިހެން ވިދާޅުވެފައިވަނީ "އަވަސް ހުކުރަށް" ދެއްވި ބަސްދީގަތުމެއްގައެވެ.

"ދެންވެސް ރައީސުލް ޖުމްހޫރިއްޔާ ނިންމަވައިފިއްޔާ އަޅުގަނޑުގެ ލަޔަފާ އިރުޝާދު ބޭނުންފުޅު ކަމުގައި ވިއްޔާ ނުވަތަ އެބޭނުން ފުޅުވާ ދާއިރާއަކުން އަޅުގަނޑު މިހުރީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރައްވަން ތައްޔާރަށް" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ އިތުރަށް ވިދާޅުވިގޮތުގައި އޭނާ ވަނީ ކުރީގެ ތިން ރައީސުންނާއެކު މައްސަކަތް ކުރައްވާފައި ކަމަށާއި އދ ގެ މަޤާމުތަކުގައި މަސައްކަތް ކުރައްވާފައިވާ ފަރާތެއްކަން ފާހަގަކުރެއްވިއެވެ. އަދި އެކަމަނާއަކީ ތައުލީމީ ގޮތުން އެންމެ ރަނގަޅު ޔުނިވާސިޓީތަކުން ތައުލީމް ހާސިލް ކުރަން ފުރުސަތު ލިބިފައިވާ ފަރާތެއްކަން ވެސް ފާހަގަކުރައްވާފައިވެއެވެ.

"ތަޖުރިބާއަށް ބެލިޔަސް، ތައުލީމަށް ބެލިޔަސް އަޅުގަނޑަށް އިރާދަފުޅު ކުރެއްވީތީވެ ވަރަށް ރަނގަޅު އޮޕޮޗުނިޓީތަކެއް ލިބިފަ މިއޮތީ" ދުންޔާ ވިދާޅުވިއެވެ.

މި އިންޓަވިއުގައި ވަނީ އެކަމަނާ ރައީސް ޔާމީންގެ ހާރިޖީ ވަރީޒެއްގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްތަކާއި ކާމިޔާބިތައް ހިއްސާ ކުރައްވާފައެވެ.

ދުންޔާ ހާރިޖީ ދާއިރާގައި ހުންނެވީ ރާއްޖެއަށް އެންމެ ގޮންޖެހުން ގިނަ ދުވަސް ކޮޅުގައި ކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އިބްރާހިމް މުހައްމަދު ސަރުކާރުގެ ވަޒީރުންގެ މަޖްލިސް އިއުލާން މިހާތަނަށް ކުރައްވާފައި ނުވި ނަމަވެސް ހާރިޖީ ވަޒީރުކަމަށް އައުން އެންމެ ގާތީ ރައީސް ނަޝީދު ސަރުކާރުގެ ވެސް ހާޒިޖީ ވަޒީރުކަން ކުރެއްވި ކެރަފާ ނަސީމް އެވެ.

މިހާތަނަށް މީޑިއާތަކުގައި ވާޒީރުކަމުގެ ޝައުގު އެންމެ ބޮޑަށް ފާޅުކޮށްފައިވަނީ ހ. ތިމާވެށީ، އަބްދުﷲ ޖާބިރުކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Jun 2026
ސައުދީ އަރަބިއްޔާއިން އުމަރުގެފާނުގެ ނަންފުޅު ހިމެނޭ ތާރީޚީ ލިޔުންތަކެއް ފެނިއްޖެ
ސައުދީ އަރަބިއްޔާގެ މަދީނާ ޕްރޮވިންސުން، އިސްލާމީ އުންމަތުގެ ދެވަނަ ޚަލީފާ އުމަރު ބިން އަލްޚައްޠާބުގެ ނަންފުޅު ހިމެނޭ ތާރީޚީ ލިޔުންތަކެއް ފެނިއްޖެއެވެ.
11 Jun 2026
ފުލުހުންގެ ލޯންޗުގައި ޑިޔުޓީ ކުރަން ހުރި އޮފިސަރަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
ރޭ ދަންވަރު ފުލުހުންގެ ލޯންޗުގައި ޑިޔުޓީކުރަން ހުރި އޮފިސަރަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
11 Jun 2026
އެމެރިކާއިން އެތެރެވިޔަނުދީ ފޮނުވާލި ރެފްރީއަށް ސޯމާލިއާއިން ހޫނު މަރުޙަބާއެއް
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންސާފުކުރުމަށް އެމެރިކާއަށް ދިޔުމުން، އެ ގައުމަށް އެތެރެވިޔަނުދީ އަނބުރާ ފޮނުވާލި ސޯމާލިއާގެ މަޝްހޫރު ރެފްރީ އުމަރު އަރުތާނަށް ސޯމާލިއާގެ ވެރިރަށް މޮގަދިޝޫއިން ބަތަލެއްގެ ދަރަޖައިގައި ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
11 Jun 2026
ޑައިމަންޑް ޖުބްލީ މުބާރާތް ޕާކިސްތާނުން ކާމިޔާބުކޮށްފި
މުބާރާތުގެ މުހިންމު ވަނަތައް ހޯދާފައިވަނީ ޕާކިސްތާނުންނެވެ. އެގޮތުން މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ގެންދިޔައީ ޕާކިސްތާނުންނެވެ. އެއީ ޖާން މުޙައްމަދެވެ.
11 Jun 2026
ވިސާގެ މައްސަލަތަކުގައި އިންފަންޓީނޯ އެދުނީ ހަމަޖެހިލައިގެންތިބެން
2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެމެރިކާއަށް އެތެރެވުމުގައި ދިމާވާ ވިސާގެ މައްސަލަތަކުގައު އެމެރިކާގެ ނިންމުންތަކަށް އިހްތިރާމް ކުރުމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެދިއްޖެއެވެ.
11 Jun 2026
މިނިސްޓަރު އިރުތިޝާމް، ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގެންފި
މިއީ މި މަހުގެ 11 އިން 12 އަށް ޗައިނާގެ ކުންމިން ގައި ބޭއްވުމަށް ހަމަޖެހިފައިވާ، ހަތް ވަނަ ޗައިނާ – ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ ސައުތު އޭޝިއާ އެކްސްޕޯ ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
11 Jun 2026
އަށް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތަކީ ހަޝިޝް އޮއިލް އެވެ. އަދި މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 8490 ގްރާމް ނުވަތަ 8.4 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
10 Jun 2026
ރައީސްގެ ޓީމަކީ އާޖެންޓީނާ، ދެވަނަ ޓީމަކީ އިނގިރޭސިވިލާތް
"އަޅުގަނޑު މިއީ ވަރަށް ކުޑައިރުއްސުރެ އާޖެންޓީނާގެ ސަޕޯޓަރެއް،" ރައީސް ވިދާޅުވި އެވެ.