ޢުމަރުގެފާނުގެ ނަންފުޅު ލިޔެފައިވާ ގަލެއް- ފޮަޓޯ/ ސައުދީ ހެރިޓޭޖް ކޮމިޝަން
ދުނިޔެ
11 Jun 2026 | 09:07
ސައުދީ އަރަބިއްޔާއިން އުމަރުގެފާނުގެ ނަންފުޅު ހިމެނޭ ތާރީޚީ ލިޔުންތަކެއް ފެނިއްޖެ

ސައުދީ އަރަބިއްޔާގެ މަދީނާ ޕްރޮވިންސުން، އިސްލާމީ އުންމަތުގެ ދެވަނަ ޚަލީފާ އުމަރު ބިން އަލްޚައްޠާބުގެ ނަންފުޅު ހިމެނޭ ތާރީޚީ ލިޔުންތަކެއް ފެނިއްޖެއެވެ.

ސައުދީ ހެރިޓޭޖް ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މި ލިޔުންތައް ފެނިފައިވަނީ މަދީނާ ޕްރޮވިންސްގެ އަލް މަހްދު ގަވަރުނަރޭޓުގައި ކުރިއަށްގެންދިޔަ ސާވޭގެ ފުރަތަމަ އަދި ދެވަނަ ފޭސްގެ ތެރެއިންނެވެ. މި ސާވޭގައި ޖުމްލަ 1,774 އާސާރީ ހޯދުމެއް ވަނީ ފެނިފައެވެ.

ސާވޭ ޓީމުތަކުން ވަނީ މި ސަރަހައްދުން ކުރިން ނޭނގި އޮތް 173 އާސާރީ ސަރަހައްދެއް ޑޮކިއުމަންޓް ކޮށްފައެވެ. މިއީ އެ ސަރަހައްދުގެ ތާރީޚީ އަދި ސަގާފީ މުއްސަނދިކަން ހާމަކޮށްދޭ ވަރަށް މުހިންމު ހޯދުމެއް ކަމަށް ކޮމިޝަނުން ފާހަގަކުރެއެވެ.

މި ހޯދުންތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ އުމަރުގެފާނުގެ ނަންފުޅު ހިމެނޭ ހިލައިގެ ކުރެހުމެވެ. އެގޮތުން އެ ހިލައިގައި އެންގްރޭވް ކޮށްފައިވާ  ޢިބާރާތުގައިވަނީ "الله އަކީ ދުނިޔެއާއި އާޚިރަތުގައި ޢުމަރު ބިން އަލްޚައްޠާބުގެ އެހީތެރިޔާއެވެ“ މިފަދައިންނެވެ. 

ހެރިޓޭޖް ކޮމިޝަން ބުނެފައިވާ ގޮތުން މި ހޯދުމަކީ އިސްލާމީ ކުރީގެ ތާރީޚާ ގުޅޭގޮތުން ފެނުނު ވަރަށް މުހިންމު ހެއްކެކެވެ.

އަދި މި ލިޔުން ލިޔެވިފައިވަނީ އިސްލާމީ ޢަރަބި ސްކްރިޕްޓްގެ ތެރެއިން އެންމެ ދުވަސްވީ އެއް ވައްތަރު ކަމަށްވާ 'ޙިޖާޒީ' ސްކްރިޕްޓް އިންނެވެ.

ސަޢުދީގެ ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، މި ހޯދުމުގެ ސަބަބުން ޢުމަރު ބިން އަލްޚައްޠާބުގެ ދީނީ އަދި ތާރީޚީ ރަމްޒީ މުހިންމުކަން އިތުރަށް ހާމަވެ، އެކަމާ ގުޅޭ ތާރީޚީ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

މީގެ އިތުރުން، ހިލައިގައި ކަނޑާނަގައިގެން ލިޔެފައިވާ ގަދީމީ އަރަބި ޅެންތައް ވެސް ވަނީ ފެނިފައެވެ.

ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ހޯދުންތަކުގެ ތެރޭގައި ހިމެނެނީ:

1,259 ހިލައިގެ ކުރެހުން

461 އިސްލާމީ ލިޔުން

ޘަމޫދު ބަހުން ލިޔެފައިވާ 34 ލިޔުން

11 ހިލައިގެ ބިނާ

3 ”ގަޑުވަރާއި“ އާސާރީ ބިނާ

ދަތުރުވެރިން މަގު ހޯދުމަށް ބޭނުންކުރި 2 ނިޝާން

4 ވަޅު

މުސްލިމުންގެ ދެވަނަ ޚަލީފާ އުމަރު ބިން އަލްޚައްޠާބަކީ މީލާދީން 634 އިން 644 އަށް އިސްލާމީ އުންމަތުގެ ޚަލީފާކަން ކުރެއްވި، އިސްލާމީ ތާރީޚުގައި އެންމެ ނުފޫޒުގަދަ އަދި މަޝްހޫރު އެއް ޝަޚުޞިއްޔަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ