ޓެކްސް ކޮމިޝަނަރގެ މަގާމަށް ދެ ނަމެއް ފޮނުވައިފި

14 Oct 2019 | 13:01

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރުމަށް ދެފަރާތެއްގެ ނަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވައިފިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މީހަކު ހޯދުމަށް މިދިޔަ މަހު އިއުލާނުކުރީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހަކާ އެކު އެވެ. މި އިސްލާހު ތަސްދީގުކުރުމާއި އެކު 30ދުވަހުގެ ތެރޭގައި އެމަގާމާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މީހަކު އައްޔަންކުރަން ޖެހެއެވެ.

ނަމަވެސް މި 30 ދުވަހުގެ މުހުލަތުވަނީ މިދިޔަ އާދިއްތަ ދުވަހު ފަހަަނަ އަޅާފައެވެ. އެހެންކަމުން އެމަގާމު މިވަގުތު އޮތީ ގާނޫނީ ހުސްކަމެއްގައެވެ.

ފާާހަގަކޮށްލެވޭ ގޮތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވާފައި ވަނީ ފަތުހުﷲޖަމީލް އާއި އިސްމާއިލް ނާޝިދުގެ ނަން އެކަންޏެވެ. މި ނަންތައް ތަރުތީބުކޮށްފައިވަނީ ފަތުހުﷲއަށް އިސްކަން ދީގެންނެވެ.

ފަތުހުﷲ އަކީ މީރާގެ ޑިރެކްޓަރ ޖެނެރަލްކަން މީގެ ކުރިން އަދާކުރައްވާފައިވާ ފަރާތެކެވެ. ނާޝިދު ހުންނެވީ ކަސްޓަމްސްގެ އެސިސްޓަންޓް ކޮމިޝަނަރގެ މަގާމުގައެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް

Advertisement