31 Oct 2019 | 16:01
އާރާ 1

މެންދަމުގެ ހަމަހިމޭން ވަގުތެވެ. ޖައްވުގެ ފިނިކަމުގެ ތެރެއަށް އާރާ ނުކުމެލީ އެނދުގައި އޮވެ ފުރޮޅި ފުރޮޅި އެއްގޮތަކަށްވެސް ނިދި ނައިސްގެންނެވެ. އުޑުގައިވާ ތަރިތަކަށް ބަލަން އާރާ ހުރީ އޭނާގެ ގޭގެ ދެވަނަ ބުރީގެ ބެލްކަނީގައެވެ. އާރާ ތަރިތަކަށް ބަލަން ހުރެ ލަވައެއް ކިޔާލަ ކިޔާލާ ހުއްޓެވެ. އުމުރުން 18 އަހަރުގެ އާރާ އަކީ ލޫޅާފަތި ހަށިގަނޑެއް ލިބިގެންވާ ފުރިހަމަ ކުއްޖެކެވެ. އޭނާގެ ކަޅުކުލަ ގަދަ، ދިގު، ފަން އިސްތަށިގަނޑު ވައިގެ ތެރެއަށް ވިހުރޭން ދޫކޮށްލައިގެން ބެލްކަނީގައި އަތް އަޅައިގެން ލަވަކިޔަމުންދާ މަންޒަރަކީ ހަމަ ޔަގީނުންވެސް މީހަކު ބަލާ ފޫހިނުވާނެ މަންޒަރެކެވެ. އެއީ އާރާގެ އާދައެކެވެ. ހިއްގައިމު އަޑެއް ލިބިފައިވާ އާރާގެ ކަމަކަށް އޮންނަނީ އެކަނި ވެއްޖެނަމަ ލަވަކިޔުމެވެ. އުޑުގައި ތަރިތަށް ފިޔަޖަހަޖަހާ ހުރި އިރު، ގޭތެރޭގައިވާ ގަސްތަކުގެ ތެރެއިން މަޑުވައި ރޯޅި ޖެހެއެވެ. އެތަނުގައި އާރާ އަށް ހުރެވުނީ ކިހާއިރަކުކަން ހުދު އާރާއަށްވެސް ނޭނގެއެވެ.

ބެލްކަނީގައި ހުރެ ފިނިވެގެން ގޭތެރެއަށް ވަންނަން އާރާ ހިނގައިގަތް ތަނާ ބެލްކަނިއާ ދާދި ކައިރިން ހައްދާފައި ހުރި އަނބުގަހުގެ އިފިގަނޑެއްގައި އިން ދޫންޏެއް ލޮލުގައި އަޅައިގަތެވެ. އާރާ އަށް ހުއްޓި އެ ދޫންޏަށް ބަލާލެވުނެވެ. ފަނޑުއަލީގެ ތެރެއިން އެ ދޫނި އެއީ ކޮންކަހަލަ ދޫންޏެއްކަން ބުނަން އާރާއަކަށް ނޭނގުނެވެ. ނަމަވެސް އެ ދޫނީ ހުރީ އާރާއަށް ބަލަންކަން އާރާއަށް އިހްސާސްވިއެވެ. 

"އަހަރެން ލަވަކިޔާ އަޑު އަހަންތަ ދޫނި ތިހުރީ؟" ސަމާސާ ރާގަކަށް އެހެން ބުނެލަމުން އާރާ ގޭތެރެއަށް ވަނެވެ. އާރާ ގޭތެރެއަށް ވަނުމުން ދޫނި އުދުހިގެން ގޮސްގެއްލިއްޖެއެވެ. އާރާ ކޮޓަރިއަށް ވަދެ ގަޑި ބަލާލިއިރު އަދި ގަޑިން މެންދަމު 3 ޖެހީއެވެ. އާރާ އެނދަށްއަަރާ އޮށޯވެ ލޯމަރާލިއެވެ.

އާރާ ލޯހުޅުވާލީ އަޑެއް އިވިގެންނެވެ. އާރާ އެނދުން ފައިބައިގެން ގޮސް ކޮޓަރީ ކުޑަދޮރުން ބޭރު ބަލާލިއެވެ. ގޭގެ ގޯތިތެރޭގައިވާ ގަސްތަކުގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. އެއްވެސް އެއްޗެއް އަދި މީހެއް ވެސް ފެންނާކަށް ނެތެވެ. އަޑުއައީ ކޮންތާކުންކަން އާރާއަށް ހަމައެއްގޮތަކަށްވެސް ނޭންގުނެވެ. އިރުކޮޅަކު ބަލަންހުރެފައި ކުޑަދޮރުކައިރިން ދުރަށް ދާންވެގެން އެނބުރިލިތަނާ އަނެއްކާވެސް އެއަޑު އިވުނެވެ. އާރާ ވަރަށް އަވަހަށް އަޑުއައި ދިމާއަށް ބަލާލިއެވެ. އާރާގެ ހިތަށް ހީވީ ފިނިފެން އެއްޗެއް ބަންޑުންކޮށްލި ހެންނެވެ. ހުރިހާ ގަސްތަކުގެ ބުޑުހުރީ ފެހިކުލައިގެ އައްޔަކުން ދިއްލިފައެވެ. އާރާ ލޯ އުނގުޅާލާފައި އަނެއްކާވެސް ބަލާލިއެވެ. ނަމަވެސް މިފަހަރު އެކަހަލަ އެއްވެސް ކަމެއް ނެތެވެ. އާރާ ގަބޫލު ކުރީ އާރާ ބިރުގަނެފައި ހުރިވަރުން ފެނުނުގޮތެއް ކަމުގައެވެ. އިރުކޮޅަކު ބަލަން ހުރެފައި އެއްވެސް އާދަޔާ ޙިލާފު ކަމެއް ނުފެނުމުން އާރާ ގޮސް އެނދުގައި އޮށޯވެލިއެވެ.

އާރާ އަށް ހޭވެރިކަންވީ އާރާގެ މަންމަ ހުސްނާ އައިސް ދޮރުގައި ޓަކިދިން އަޑަށެވެ. ފަތިސްނަމާދު ކުރުމަށް އާރާގެ މަންމަ ބުންޏެވެ. އާރާ އެދުން ނުތެދުވެ އޮވެ ހޭލާ އޮތް ވާހަކަ މަންމަ ގާތު ބުނެލިއެވެ. އިރުކޮޅަކު ރޭގައި ފެނުނު މަންޒަރާ ދޭތެރޭ އާރާއަށް ވިސްނަން އޮވެވުނުވެ. ނަމަވެސް އެއީ ވެދާނެ ކަމެއް ކަމަށް އޭނާގެ ހިތެއް ގަބޫލެއް ނުކުރިއެވެ. ހިޔާލުގެ ތެރެއަށް ގެއްލިފައި އޮވެވުނީ ކިހާއިރެއް ވަންދެން ކަމެއް އާރާއަށް ވެސް ނޭންގުނެވެ. ކުޑަދޮރުން ކޮޓަރިތެރެއަށް އަލި ފާއްދާލުމުން އާރާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އަވަހަށް ތެދުވެގަޑި ބަލާލި އިރު އިރުއަރަން ވަރަށް ވަގުތު ކުޑަތަންވެއްޖެއެވެ. އަވަސްކޮށްލައިގެން ފާހަނައިން ނުކުމެ ނަމާދުކޮށްލިއެވެ.

ނަމާދުކޮށް އަވަދިވެގެން އާރާ ތިރިއަށް ގޮސް މަންމަ އަށް އެހީވުމަށް އަވަސްވެގަތެވެ. އާދައިގެ މަތިން އިލޮށިފަތި ހިފައިގެން އާރާ ގޭގެ ގޯތިތެރެއަށް ނުކުމެ ކުނިކަހަން ފެއްޓިއެވެ. އާރާ ކުނިކަހަމުން ގޮސް ގޭގައި ހައްދާފަހުރި ގަސްތަކާ ދިމާއަށް ދިޔައެވެ. ކުނިކަހަން އޮތްއިރު އާރާއަށް އާރަގެ ފަހަތުގައި މީހަކު ހުރިހެން ހީވިއެވެ. އާރާ ފަހަތަށް އެނބުރިލަމުން "މަންމާ ބިލަމަގު ކޮޅެއް ބިނދެދެން…ވީ..." އާރާގެ ބަސް ހުއްޓުނެވެ.

ނުނިމޭ...

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.
25 Sep 2026
ބްރިޖުމަތިން ފުންމާލި މީހާ އެޑްމިޓްކޮށްފައި އޮއްވާ ހައްޔަރުކޮށްފި
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ބްރިޖުމަތިން މީހަކު ފުންމާލި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އެ ރޭ ދަންވަރު 00:44 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
25 Sep 2026
"ކޫލް" ބެލެނިވެރިއަކަށް ވުމަކީ ދަރިފުޅުގެ މުސްތަޤުބަލަށް އޮތް ހުރަހެއްތަ
ކޮންމެ މައެއް އަދި ބަފަޔަކީވެސް އެމީހުންގެ ދަރިންނާ އެކު ގާތް، އިތުބާރު ހިފޭ ގުޅުމެއް ބާއްވަން ބޭނުންވާނެ ބައެކެވެ. މި ޒަމާނުގައި ގިނަ ބެލެނިވެރިން މަސައްކަތް ކުރަނީ ދަރިންނަށް "ކޫލް" ނުވަތަ މާބޮޑަށް ދޫދޭ ރަހުމަތްތެރިއަކަށް ވާށެވެ. މިގޮތަށް ކަންތައް ކުރަނީ ހަރުކަށި އުސޫލުތައް ގެންގުޅުމުން ދަރިން ދުރުވެދާނެ ކަމަށް ނުވަތަ "ނޫނެކޭ" ބުނުމަކީ ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށް ހީކުރެވޭތީއެވެ. ނަމަވެސް، ކުޑަކުދިންގެ ނަފްސާނީ ކުރިއެރުމާ ބެހޭ އިލްމުވެރިން (ޑިވެލޮޕްމެންޓަލް ސައިކޮލޮޖިސްޓުން) ވިދާޅުވާ ގޮތުގައި، ދަރިންނަށް ލޯތްބާއި އޯގާތެރިކަމާ އެކު، ދިރިއުޅުމުގެ އިންތަކާއި، ހައްދުތަކެއް (ބައުންޑަރީތަކެއް) ވެސް ބޭނުންވެއެވެ.
25 Sep 2026
ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެކި ރަށްރަށުގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމީ ޢަޤީދާގެ މުހިންމުކަން" މި މައުޟޫޢުގެ މައްޗަށެވެ. ޚުތުބާގައި ފާހަގަކުރި ގޮތުގައި މާތް الله އަޅަކަށް ދެއްވާނެ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި އެއީ މުސްލިމެއްގެ ހުރިހައި ޢިބާދާތާއި ހެޔޮ ޢަމަލުތަކުގެ އިތުރުން، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ އަސާސެވެ.
25 Sep 2026
ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ސަމާލު ނެރެފި
މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ އިން ފެށިގެން ދ އަތޮޅަށެވެ.
25 Sep 2026
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ޙައްލަކީ ފަހަތަށް ޖެހުމެއް ނޫން
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ހައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، އެއީ ވިލުންތެރިކަން އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
25 Sep 2026
ޑީއާރް ކޮންގޯގެ ކޯރަކަށް ބޯޓެއް ބަންޑުން ޖަހާލައި 41 މީހުން މަރުވެއްޖެ
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރްސީ) ގެ ޓެންގަނިކާ ކޯރަށް ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން މަދުވެގެން 41 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މިހާތަނަށް 49 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
25 Sep 2026
ނަތަންޔާހޫ ތަޤުރީރު ފެށުމުން ޔޫއޭއީގެ ވަފުދު މަޑުކުރި
އދ. ގެ ޢާންމު މަޖިލީހުގައި އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމާއެކު، ދުނިޔޭގެ 70 އަށްވުރެ ގިނަ ޤައުމެއްގެ ވަފުދުތަކުން ހޯލު ދޫކޮށް ނުކުމެ އިހުތިޖާޖުކުރި ނަމަވެސް، މި ދަނޑިވަޅުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވަފުދު ހޯލުން ނުނިކުމެ މަޑުކުރިކަން ހާމަވެއްޖެއެވެ.