މާބިންހުރާގެ މައްސަލައިގައި އަދީބަށް ކުރާ ދައުވާ އަނބުރާ ގެންގޮސްފި

07 Nov 2019 | 16:36

ޅ.މާބިންހުރާާގެ އެކުއިޒިޝަން ކޯސްޓަށް ޚިޔާނާތްތެރިވެފައިވާކަމަށްބުނެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުުފުލި ދައުވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފިއެވެ.

ސުޕްރީމް ކޯޓުން ބުނީ މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް އިސްތިއުނާފުކޮށް ދައުލަތުގެ ފަރާތުން އުފުލި ދައުވާ އަނބުރާ ގެންދިއުމަށް ޕީޖީ އޮފީހުން އަންގާފައިވާތީ، އެ މައްސަލަ ކުރިއަށް ގެންދާާނެތަނެއް ނެތްކަމަށެވެ. އަދި އެ މައްސަލައިގެ ދައުވާ ފޯމްވެސް ބާތިލްކޮށްފައިވާނެކަމަށް ކޯޓުން ވަނީ ބުނެފައެވެ.

މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާކަން މިމަހުގެ 30ވަނަ ދުވަހު އޮތް އަޑުއެހުމެއްގައި ޕީޖީން ވަނީ ބުނެފައެވެ.

މާބިންހުރާގެ މައްސަލައިގައި އަދީބަށް ދައުވާ ނުކުރުމަށް ދައުލަތުން ނިންމާފައިވަނީ ޖިނާއީ ތަހުގީގަށް އެއްބާރުލުން ދިނުމަށް އަދީބާއި ދައުލަތާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

މި އެއްބަސްވުމުގެ ދަށުން މާބިންހުރާގެ މައްސަލައިގައި ދައުވާ ނުކުރުމުގެ ބަދަލެއްގެ ގޮތުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުންދޭނެއެވެ. 

Advertisement

ކޮމެންޓް

Advertisement